ކަޔާނޯގެ "ބޮން": ނަޝީދު ރޮއްވާލައިފި

ޓްރެފިކް ޖޭމް ބޭންޑް: ލީޑް ވޯކަލިސްޓު ކަޔާނޯ ބުނަނީ ނަޝީދުގެ ދިފާއުގައި ޓްރިބިއުޓެއް ނެރުމަކީ "ވާޖިބެއް" ކަމަށް -- ފޮޓޯ: ޓްރެފިކް ޖޭމް

ޓްރެފިކް ޖޭމް ބޭންޑް: ލީޑް ވޯކަލިސްޓު ކަޔާނޯ ބުނަނީ ނަޝީދުގެ ދިފާއުގައި ޓްރިބިއުޓެއް ނެރުމަކީ "ވާޖިބެއް" ކަމަށް -- ފޮޓޯ: ޓްރެފިކް ޖޭމް

"އަޅުގަނޑު ބަސް ހުއްޓިފައި އިނދެވޭނީ މަދު ފަހަރަކު. އެހެނަސް މިވަގުތު މި އިނީ އަސަރުން ރޮވިފަ، އުފަލުން ހެވިފަ، މަންޒަރު ފެނިފަ، ހީބިހި ނަގައިފަ،"

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލި, މަޖީދީ މަގުގެ މެދުގައި ޓްރެފިކް ޖޭމުން ނެރުނު ޓްރިބިއުޓް، "ބޮން" ފެނިވަޑައިގަތުމުން އެމަނިކުފާނުގެ ޖަޒުބާތުތައް ބަންޑުންކޮށްލެއްވީ އެވެ.

މެއި ހައެއްގެ ހަމަލާގެ ބިރުވެރި މަންޒަރާއި އެ ވަގުތުކޮޅު ލަވައިގައި ސިފަކޮށްދިންލެއް ހިތްގައިމު ކަމުން ކުރި އަސަރުން އެމަނިކުފާނަށް ހުއްޓުން އެރީ އެވެ. ހިތްދަތިކަމާއި އުފާވެރިކަމުގެ ތެރެއިން އިހްސާސްތަކުގެ ކުޑަ މިންވަރެއް ދޫކޮށްލެއްވީ ޓްރެފިކް ޖޭމުން ދިން ޓްރިބިއުޓަށް ތައުރީފް ކުރައްވަމުންނެވެ.

Advertisement

ކެނެރީގެއިން ހިންގަވާފައި ކާރުކޮޅާ ހިސާބަށް އާދެވެންދެން ބަލަން ހުރެފައި ރިމޯޓަށް ފިއްތާލައިގެން ބޮން ގޮއްވާލި ވަގުތުކޮޅުގެ އެއްވެސް ވާހަކައެއް މިހާތަނަށް އެމަނިކުފާނު ނުދައްކަވަ އެވެ.

އެކަމަކު ނަޝީދުގެ ފޫހިވުމެއް ނެތް ސިޔާސީ މަސައްކަތްތަކާއި އެކަމުގެ ތެރޭގައި ކުރިމަތިވެވަޑައިގަތް ނުރައްކާތެރި ހާލަތްތަކާއި ދޫދެއްވުމެއް ނެތި ކުރިއަށް ވަޑައިގަންނަވަނިކޮށް، ޓެރަރިސްޓުންތަކެއްގެ ރޭވުންތަކުގައި އެމަނިކުފާނު އަތުލައިގަތް ގޮތް އެ ލަވައިގައި ގެނެސްދީފައިވެ އެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދަށް އަމާޒުކުރި ހަމަލާ ސިފަކޮށްދޭން، މަޝްހޫރު ރޮކް ބޭންޑް، ޓްރެފިކް ޖޭމްގެ ލަވަ "ބޮން" ނެރެދެއްވީ ނަޝީދުގެ މަންމާފުޅު އާބިދާ މުހައްމަދެވެ. މި ގައުމުގައި ފަހުގެ ތާރީހުގައި ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓު ހަމަލާ ގުޅޭ އެ ލަވަ ރިލީޒްކޮށްފައި ވަނީ ބޮން ގޮއްވާލީ ނީލޯފަރު ހިނގުމާ މަޖީދީމަގާ ގުޅޭ ކަންމަތީގަ އެވެ.

ޓްރެފިކް ޖޭމްގެ ލީޑް ވޯކަލިސްޓް މުހައްމަދު ރަޝީދު (ކަޔާނޯ) ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ނަޝީދަކީ މިޔުޒިކް ފަންނާނުންގެ ހައްގުގައި ވަކާލާތު ކުރައްވާ ބޭފުޅެއް ކަމުން ޓްރިބިއުޓް ލަވައެއް ނެރުން "ވާޖިބު" ކަމަށް ފެނުނީ ކަމަށެވެ.

"މިޔުޒިކާއި އާޓް ނެތިކޮށްލުމަށް ބަޔަކު އުޅޭ އުޅުމާ ދެކޮޅު ހަދައި މިޔުޒިޝަނުން ދިފާއުކޮށްދިނުމުގެ އުއްމީދު ދެނީ އަންނި [ނަޝީދު]. އަންނި މަރާލުމަށް ބޮން ގޮއްވާލީމާ އަހަރަމެންގެ ވާޖިބެއް ކަމަށް ދެކެން، އަހަރަމެންގެ ފަންނުން ޓްރިބިޔޫޓެއް ކޮށްލުމަކީ،" ކަޔާނޯ ޓުވިޓާގައި ލިޔެފައިވެ އެވެ.

ޓްރެފިކް ޖޭމްގެ ފަރާތުން އަންނަނީ ކުރިއްސުރެ ވެސް ސިޔާސީ އަދި އިޖްތިމާއީ މައްސަަލަތަކާ ގުޅޭ ގޮތުން ލަވަ އުފައްދަމުންނެވެ. އެގޮތުން "ޕާޓީ ސިސްޓަމް"، "ބަގާވާތް"، "ތިލަފަތަށް ވޯޓެއް" އަދި "ކުރިއަށް ކުރިއަށް" އަކީ އެ ބޭންޑުގެ ބައެއް ފާހަގަކޮށްލެވޭ ލަވަތެކެކެވެ. އަދި "މާފުށި ސްކޫލް" އަކީ ވެސް މަޝްހޫރުކަން ހޯދި ފާހަގަކޮށްލެވޭ ލަވައެކެވެ.

ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލާފައި ވަނީ ގެކޮޅުން ނިކުމެވަޑައިގެން ކާރުކޮޅަށް ހަމައަށް ވަޑައިގެންނެވި ތަނުންނެވެ. ބޮން ގޮއްވާލާފައި ވަނީ އެ ހަރުކޮށްފައި އިން ސައިކަލާ ނަޝީދު އެންމެ ކައިރިވި ވަގުތު ބެލުމަށްފަހު ރިމޯޓެއް ބޭނުންކޮށްގެނެވެ.

ބޮން ގޮވުމާއެކު، އެއަށް އަޅާފައި ހުރި ބެއަރިން ބޯޅައިގެ 10 ފުށް ނަޝީދުގެ ހަށިކޮޅު ފޫއަޅުވާލި އެވެ. އަދި ބޮން ހަރުކޮށްފައި އިން ވޭވް ސައިކަލުގެ ޕްލާސްޓިކް ކޮޅެއް ވެސް އެމަނިކުފާނުގެ ހަށިގަނޑަށް ވަނެވެ. ނަޝީދުގެ ފުރާނަ ސަލާމަތްވީ މެދުނުކެނޑި 16 ގަޑިއިރު ވަންދެން އެމަނިކުފާނުގެ ހަށިކޮޅުގައި އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން ކުރެއްވި ސާޖަރީތަކަކަށްފަހު އެވެ.

ބޮމުގެ ބައިތައް ނަޝީދުގެ ފުއްޕާމޭ، ބޯ، ބަނޑު، އަތް، އަދި ފަޔަށް ވެސް އަމާޒުވެފައި ހުރިއިރު އެމަނިކުފާނުގެ ހިތާ އެންމެ ސެންޓިމީޓަރެއް ދުރުން ވެސް ބެއަރިން ބޯޅައެއް ހަށިގަނޑަށް ވަދެފައިވެ އެވެ.

އެމަނިކުފާނު މިވަގުތު ހުންނެވީ ޖަރުމަނަށް ބޭސް ފަރުވާއަށް ވަޑައިގެންނެވުމަށްފަހު، ފަސޭހަވަންދެން އިނގިރޭސި ވިލާތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox