މަހުލޫފުގެ ކެންޑިޑެސީ ބާތިލްކުރީ ރަނގަޅަށް: ޝަކުވާ ކޮމިޓީ

Aug 24, 2021, 5:06 PM
މަހުލޫފުގެ ކެންޑިޑެސީ ބާތިލްކުރީ ރަނގަޅަށް: ޝަކުވާ ކޮމިޓީ

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށް ކުރިމަތިލައްވާފައިވާ، ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފުގެ ކެންޑިޑޭސީ ބާތިލްކުރަން ޕާޓީން ނިންމި ނިންމުން ރަނގަޅު ކަމަށް ޝަކުވާ ބަލާ ކޮމިޓީން ނިންމައިފި އެވެ.

މެދު އުތުރު ޕްރޮވިންސަށް ކުރިމަތިލެއްވި މަހުލޫފުގެ ނަން ކެންޑިޑޭޓުންގެ ލިސްޓުން އުނިކުރީ ބޮޑެތި ކުށްތަކުގައި ތުހުމަތުވާ މީހުންނަށް، އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ފާސްކުރުމާ ގުޅިގެންނެވެ. މަހުލޫފްގެ މައްޗަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއްގައި ދައުވާ ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފަ އެވެ. އެ މައްސަލާގައި މަހުލޫފު ހުންނެވީ ވެސް ސަސްޕެންޑްކޮށްފަ އެވެ.

ކޮމިޓީން ބުނެފައިވާ ގޮތުގައި ގައުމީ މަޖިލީހަށް ކޮންމެ އިންތިހާބީ ދާއިރާއަކުން ދާއިރާގެ ރައީސުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރު ހިންގުމުގައި ޕާޓީ އޮންނަ ހާލަތުގައި ވަޒީރުންގެ މަޖިލީހުގައި ތިއްބަވާ ވަޒީރުންގެ ތެރެއިން ޕާޓީއަށް ނިސްބަތްވާ ވަޒީރުން ހިމެނޭ ކަމަށެވެ.

އެހެންކަމުން، ރައީސް އައްޔަންކުރައްވާ މަގާމެއްގައި ހުންނަވާ މީހަކީ ގާނޫނު އަސާސީގައި ބަޔާންކުރާ ޝަރުތު ފުރިހަމަވާ މީހެއް ކަމަށް ވީ ނަމަވެސް ގައުމީ މަޖިލީހަށް އިންތިހާބުވާ ފަރާތްތަކަކީ މަގާމުގެ ހައިސިއްޔަތުން ގައުމީ މަޖިލީހަށް އައްޔަނުކުރާ މެމްބަރުންނަށް ނުވާތީ، ޕާޓީގެ އިންތިހާބުގައި ވާދަކުރުމަށް ވަކި ޝަރުތުތަކެއް ކަނޑައެޅުމަކީ ގާނޫނު ދަންނަ ހަމައެއް ކަމަށެވެ. އެހެންކަމުން އެ އުސޫލަށް އަމަލުކުރުމަކީ ތަފާތުކުރުމެއްވާ ކަމެއް ކަމަށް ބެލެވޭނެ ގާނޫނީ ހަމައެއް އޮތް ކަމަށް ނުފެންނަ ކަމަށް ކޮމިޓީން ބުނެފައިވެ އެވެ.

މީގެ އިތުރުން، އޭޕްރިލް 24 ގައި ގައުމީ ހިންގާ ކޮމިޓީގެ ގަރާރުގައިވާ ގޮތުގެ މަތިން، ދާއިރާތަކުގެ އިންތިހާބުގައި ކުރިމަތިލުމުގެ ހަތަރު ވަނަ ޝަރުތުގައިވާ ގޮތުން، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅުމަށް އެދި އޭސީސީ އިން އެއްވެސް އިދާރާއަކަށް ފޮނުވާފައިވާ ފަރާތެއް ނަމަ، އެ ފަރާތެއްގައި އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމަނުވާނެ ކަމަށް ކަނޑައަޅާފައިވާކަން ކޮމިޓީން ފާހަގަކޮށްފައިވެ އެވެ.

އެގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި މަހުލޫފުގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށާއި އެހެންވެ، އިންތިހާބުގައި ވާދަކުރުމަށް މަހުލޫފުގެ ޝަރުތުހަމަނުވާ ކަމަށް ޕާޓީން ނިންމީ ގައުމީ ހިންގާ ކޮމިޓީގެ ނިންމުމާ އެއްގޮތަށް ކަމަށް ކޮމިޓީން ބުނެފައިވެ އެވެ.

އިންތިހާބުން ފުރުސަތު ނުދޭ މައްސަލަ މަހުލޫފު ވަނީ މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފި އެވެ. މަހްލޫފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅީ އިންތިހާބަށް ވަގުތުކުޑަތަންވަމުން އައިއިރު ވެސް އެމްޑީޕީން އޭނާ އަށް ޖަވާބެއް ނުދޭތީ އެވެ. އޭނާ ވަނީ އެ މައްސަލަ އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ވެސް ހުށަހަޅުއްވައިފަ އެވެ.

މަހުލޫފު ވިދާޅުވަނީ އެމްޑީޕީގެ އިންތިހާބުތަކާބެހޭ ގަވާއިދުގެ ބަލާއިރު އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންގެ ފުރިހަމަވާންޖެހޭ ޝަރުތުތައް އިންތިހާބެއް ބާއްވާކަން އެންގުމަށް ކުރާ އިއުލާނުގައި ހިމަނަންޖެެހޭ ކަމަށެވެ. ނަމަވެސް، އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކުރިމަތުލުމުގެ ފުރުސަތު ހުޅުވާލިކަން އެންގުމަށް ނެރުނު އިއުލާނުގައި ހިމަނާފައިނުވާ ޝަރުތުތަކެއް އިންތިހާބަށް އިއުލާންކުރި ފަހުން ނެރުނު އިއުލާނުގައި ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވެ އެވެ.

"މިއި ކަނޑައެޅިގެން އެމްޑީޕީގެ އިންތިހާބުތަކާބެހޭ ގަވާއިދުގެ 11 ވަނަ މާއްދާއާ ހިލާފަށް ކޮށްފައިވާ ކަމެއް،" މަހުލޫފް ސިޓީގައި ވިދާޅުވެފައިވެ އެވެ.

މަހުލޫފުގެ މައްޗަށް ކުރާ ދައުވާގެ ތަހުގީގުގައި، އެސްއޯއެފް ކުންފުނީގެ ސްރީ ލަންކާ އެކައުންޓެންޓުގެ ބަޔާން، ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ނެގީ އުސޫލާ ހިލާފަށް ކަމަށް، ފޮރިން މިނިސްޓްރީއާ ހަވާލާދެއްވައި ރިޔާސީ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވައިފަ އެވެ. އެހެންވެ އެ މައްސަލައިގައި ދެން ވާނެ ގޮތެއް ނޭގެ އެވެ.

އެ މައްސަލައިގައި ދައުވާކޮށްދޭން އޭސީސީން، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި އޮންނަތާ ދުވަސްތަކެއްވީ އިރު ވެސް ގޮތެއް ނުނިންމާތީ މަހުލޫފު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ މަހުލޫފަށް ދައުވާ ކުރެވޭނީ ހިތްހަމަޖެހޭ މިންވަރަށް ހެކި ލިބިގެން ކަމަށާއި ފުލުހުންނާ އެކު މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ. އެކަމަކު އިތުރު ހެކިތަކެއް ހޯދުމުގެ މަސައްކަތް ނުކުރާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެހެންވިޔަސް ޕްރޮސިކިއުޓާ ޖެނަރަލްގެ އެދުމުގެ މަތިން ތަހުގީގުގައި ކުރިން ވެސް ހޯދާފައިހުރި ބައެއް ހެކިތަކާ ގުޅޭ ބައެއް ކަންކަން އިތުރަށް ސާފުކޮށްދޭން އެދިފައިވާތީ އެކަން ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މަހުލޫފުގެ އިތުރުން، މާލޭ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާ، ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ވެސް ފުރުސަތު ގެއްލުނެވެ. އެކަމަކު އެ މައްސަލަ މުރާޖައާކުރުމަށް ފަހު އެމްޑީޕީން ނިންމީ އޭނާ އަށް ފުރުސަތު ދޭށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox