އެމްޑީޕީގެ އިންތިހާބުގައި އަކްރަމްއަށް ވާދަކުރެވޭނެ ކަމަށް ނިންމައިފި

އަކްރަމް: އޭނާއަށް އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް އެމްޑީޕީން ވަނީ ނިންމާފައި

އަކްރަމް: އޭނާއަށް އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް އެމްޑީޕީން ވަނީ ނިންމާފައި

ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންއަށް ދޭން އެމްޑީޕީން ނިންމައިފި އެވެ.

އަކްރަމް ވާދަ ކުރައްވަނީ ގައުމީ މަޖިލީހުގައި މިހާރު ވެސް ތަމްސީލު ކުރައްވާ މާލޭ ދާއިރާގެ ރައީސް ކަމުގެ މަގާމަށެވެ. އޭނާއާ ވާދަ ކުރައްވަނީ މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށް މިދިޔަ އެޕްރީލް 24 ގައި ހުޅުވާލުމުން ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމިޓީގެ ނިންމުމާ އެއްގޮތަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާންމުކުރީ އަކްރަމްގެ ނަން އުނިކޮށްފަ އެވެ.

Advertisement

އިންތިހާބުގައި މާލެ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ އަކްރަމްގެ ނަން ކެންޑިޑޭޓުންގެ ލިސްޓުން އުނިކުރިއިރު، ބޮޑެތި ކުށްތަކުގައި ތުހުމަތުވާ މީހުންނަށް، އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން އޮތީ ފާސްކޮށްފަ އެވެ.

އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް ވެސް އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެ އެވެ.

ނަމަވެސް، އޭނާއަށް ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީން ނިންމި ނިންމުން ސައްހަ ނޫން ކަމަށް ވިދާޅުވެ، ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ނިންމުން ރިވިއު ކުރަން ހުށަހެޅި އެވެ. މައްސަލަ ރިވިއު ކުރުމަށްފަހު، ނިންމާފައިވަނީ އަކްރަމްއަށް ވާދަ ނުކުރެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށްކަން އެ ޕާޓީގެ އޮފިޝަލަކު ކަށަވަރުކޮށްދިނެވެ.

އެކަމަކު، މިކަމާ ގުޅިގެން އެމްޑީޕީގެ ރަސްމީ ބަހެއް ޗެއާޕާސަން ހަސަން ލަތީފު ފޯނަށް ޖަވާބު ނުދެއްވާތީ ލިބޭ ގޮތެއް ނުވި އެވެ.

އެމްޑީޕީގެ ނިންމުން ރިވިއުކުރުމަށް އަކްރަމް އެދުނު ސިޓީގައި އޭނާ ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން 2018 ވަނަ އަހަރު އޭސީސީން ނެރުނު ލިސްޓެއްގައި އޭނާގެ ނަން އޮތް ނަމަވެސް، އެކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމުން އޭނާއާ ގުޅޭ ހިޔާނާތުގެ އެއްވެސް މައްސަލައެއް ބަލަމުންނުދާ ކަމަށް އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ ސިޓީގައި އަކްރަމް ވިދާޅުވި ގޮތުގައި ޕާޓީގެ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ޝަރުތުތައް އިންތިހާބާ ދިމާކޮށް ބަދަލުކުރުމަކީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލެއް ނޫން ކަމަށެވެ.

"އަދި ޕާޓީގެ އަސާސީ ގަވައިދުގައި ނުހިމެނޭ ޝަރުތުތަކެއް ޕާޓީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމަކުން ނިންމާ ނިންމުމަކުން އިތުރުކުރެވޭނެކަމަކަށް ވެސް ނުދެކެން،" އެކަން ކުރެވޭނީ އަސާސީ ގަވައިދު ބަދަލުކޮށްގެން ކަން ފާހަގަކުރައްވަމުން އަކްރަމް ވިދާޅުވި އެވެ.

އަކްރަމް އިތުރަށް ވިދާޅުވީ އުސޫލާ ހިލާފަށް ވިޔަސް ހިންގާ ކޮމިޓީން ކަނޑައެޅި ޝަރުތުތަކުގެ ތެރެއަށް ވެސް އޭނާއަށް ވާދަކުރުމުގެ ފުރުސަތު ގެއްލުވާލުން ނުފެތޭ ކަމަށެވެ.

ސަބަބެއްގެ ގޮތުން ވިދާޅުވީ އޭސީސީގެ ރިޕޯޓެއްގައި އޭނާގެ މައްޗަށް ފިޔަވަޅެއް އަޅައި ދިނުމަށް އެދިފައިނުވާއިރު، އަދި ތަހުގީގެއްގައި ސުވާލެއްވެސް ކޮށްފައިނުވާއިރު، އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަނުވާކަމަށް ނިންމުމަކީ ސައްހަ ނިންމުމެއް ނޫން ކަމަށެވެ.

އަކްރަމްގެ އިތުރުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ވެސް ވަނީ އިންތިހާބުގައި ވާދަނުކުރެވޭނެކަން އަންގައިފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ވަޒީރުކަމުން މިހާރު ވެސް ސަސްޕެންޑުކޮށްފައި ހުންނެވި މަހްލޫފް ވާދަކުރައްވަނީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސަށެވެ.

މަހްލޫފް ވެސް ވަނީ އެއީ ސައްހަ ނޫން ނިންމުމެއް ކަމަށް ވިދާޅުވެ ނިންމުން ރިވިއު ކުރުމަށް ހުށަހަޅުއްވާފަ އެވެ.

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ފާސްކޮށްފައިވާ ގަރާރުގައިވާ ފަދަ ތުހުމަތެއް ކުރެވޭކަން ޕާޓީއަށް ނޭނގި ވަނިކޮށް، ގައުމީ މަޖިލީހަށް އެ މީހަކު އިންތިހާބު ފަހުން އެކަން އެނގޭ ހިސާބުން ވެސް އެ މެމްބަރަކު ވަކިކުރަން އޮތީ ނިންމައިފަ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ސަރުކާރު ކުންފުނިތަކުގެ ބައެއް އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ވާދަ ކުރައްވަ އެވެ. ރައީސް ސޯލިހާއި ޕާޓީގެ ރައީސް ނަޝީދާއި ދެމެދު ހިޔާލު ތަފާތުވުން އުފެދި އެކަން ބޮޑުވެފައިވާތީ މި އިންތިހާބުގެ ވާދަވެރިކަން ބޮޑުވާނެ ކަަމަށް ލަފާކުރެވެ އެވެ.

މި އިންތިހާބުގައި ދާއިރާތަކާއި ޕްރޮވިންސްތަކާއި ސިޓީތަކުގެ ރައީސާއި ނައިބު ރައީސުންނާ އެކު ޖުމްލަ 455 މެމްބަރުން ހޮވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox