އެމްޑީޕީ ސެކްރެޓޭރިއޭޓުގައި ބޮޑު ބަދަލު އޮފީސް ގާއިމުކޮށްފި

"ބޮޑު ބަދަލު" ގެ ނަމުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި އިގުތިސޯދަށް ބަދަލުތަކެއް ގެނައުމަށް ފައްޔާޒާއި ނަޝީދު ހިޔާލު ކަރުދާހެއް ހުށަހެޅުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: އަދަދު ފައިލް

"ބޮޑު ބަދަލު" ގެ ނަމުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި އިގުތިސޯދަށް ބަދަލުތަކެއް ގެނައުމަށް ފައްޔާޒާއި ނަޝީދު ހިޔާލު ކަރުދާހެއް ހުށަހެޅުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: އަދަދު ފައިލް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ ސެކްރެޓޭރިއަޓުގައި "ބޮޑު ބަދަލު" އޮފީސް ގާއިމުކޮށް، އެ އޮފީހުގެ ޑައިރެކްޓާ ޖެނެރަލްގެ މަގާމަށް ހަސަން ލަތީފް މިއަދު އައްޔަނުކޮށްފި އެވެ. 

ބޮޑު ބަދަލަކީ ދިވެހިރާއްޖޭގެ ވެރިކަން ކުރާ ބީދައަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވުމުގެ ކުރިން އެމަނިކުފާނާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހުށަހެޅުއްވި ނިޒާމީ އިސްލާހުތަކެކެވެ. 

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ނަޝީދު ކުރެއްވި ކެމްޕޭނުގައި ޕާޓީގެ މެންބަރުންގެ ތާއިދު ހޯދުމަށް ހުށަހެޅުއްވީ އެ ބަދަލުތަކެވެ. އެ ބަދަލުތައް ރާއްޖެއަށް ގެނެވޭނީ އެމްޑީޕީ މެދުވެރިކޮށް ކަމަށް އޭރު ނަޝީދު ވިދާޅުވި އެވެ. އެ އިންތިހާބުގައި ނަޝީދު ކާމިޔާބު ކުރެއްވީ 69 ޕަސަންޓުގެ ވޯޓުންނެވެ.

ޗެއާޕާސަންގެ މަގާމަށް ނަޝީދު އިންތިހާބުވެވަޑައިގެން ބޭއްވި ފުރަތަމަ ގައުމީ މަޖިލީހުގެ ޖަލްސާގައި ބޮޑު ބަދަލުގެ ނަމުގައި އޮފީހެއް ޕާޓީގައި ގާއިމުކުރުމަށް ހުށަހެޅުއްވި އެވެ. އެ ހުށަހެޅުން ފާސްވީ ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. 

ނަޝީދާއި ފައްޔާޒްގެ ފަރާތުން ހުށަހެޅި އެންމެ ބޮޑު ބަދަލަކީ ސަރުކާރާއި ދައުލަތުގެ ވެރިޔަކު އިންތިހާބު ކުރާ ގޮތަށް ނިޒާމު ބަދަލު ކުރުމެވެ. އެބޭފުޅުން ވިދާޅުވީ އެއީ ރިޔާސީ އަދި ބަރުލަމާނީ ނިޒާމެއް ވެސް ނޫން ކަމަށާއި އެއީ ރާއްޖެއަށް ފައްކާކޮށްފައިވާ  މުޅިން އާ ގޮތްތަކެއް ކަމަށެވެ. 

ބޮޑު ބަދަލުގެ ފޮނި ތަސްވީރާއެކު ނަޝީދު އެނބުރި އެމްޑީޕީގެ ހުންގާނަށް

މިހާތަނަށް ގުނި ވޯޓުގެ ނަތީޖާތައް ދައްކާ ގޮތުން މި އިންތިހާބުގައި ނަޝީދު 70 ޕަސެންޓާ ގާތް ކުރާ އަދަދެއްގެ ވޯޓު ހޯއްދަވާނެ އެވެ. މިއީ، އެމްޑީޕީ އިން ވަކިވެވަޑައިގަތުމުން ދަށްވި މަގުބޫލުކަން އަނބުރާ ނަޝީދަށް ލިބިވަޑައިގެންފިކަމުގެ ވަރުގަދަ ހެއްކެކެވެ.

"އަޅުގަނޑުމެން ބޭނުން ނަމެއް މިއަށް ދޭންވީ، މީގެ މައިގަނޑު ވާހަކައަކީ ސަރުކާރު ހިންގާ މީހާ ދައުލަތާ އަދި އެހާ ބޮޑަށް ނުބެހި ސަރުކާރުގެ ކަންތަކާ އުޅުން،" ނަޝީދު ކުރިން ވިދާޅުވި އެވެ.  

އެޕްރީލް 19، ގައި ބޭއްވި އެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ ރާއްޖެއަށް އެންމެ ރަނގަޅުވާނީ މިވެނި ނިޒާމެއް ކަމަށް ތަޖުރިބާގެ އަލީގައި ދެންނެވެން ނެތް ކަމަށެވެ. 

"އަޅުގަނޑުމެން ގަބޫލު ކުރަނީ ވަކި ނިޒާމެއް އެއީކީ މިހާރު އަޅުގަނޑުމެން ދިވެހިރާއްޖޭގައި ތަޖުރިބާކުރެވުނު އިރުގައި ދިވެހިރާއްޖެއަށް އެންމެ ސޫޓަބަލްއެއް ނޫނޭ،" އޭނާ ކުރިން ވިދާޅުވި އެވެ. 

ފައްޔާޒް ވިދާޅުވީ އެބޭފުޅުން ހުށަހަޅުއްވާ ބަދަލުތަކުގައި ސަރުކާރު ހިންގާ މީހާ ވާނީ ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިހާބުވާ މީހަކަށް ކަމަށެވެ. އަދި ދައުލަތުގެ ވެރިޔާ އިންތިހާބު ކުރާނީ މަޖިލީހާއި ރަށު ކައުންސިލަރުން ނަގާ ވޯޓަކުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ. 

ފައްޔާޒް އާއި ނަޝީދުގެ ހުށަހެޅުއްވުމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މިނިވަން ކޮމިޝަންތަކުގެ މެންބަރުން ވަކި ކުރަން ރައްޔިތުންގެ ރުހުން ހޯދަންޖެހޭ ގޮތަށް ބަދަލު ކުރުމެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އަތޮޅުތައް ތަމްސީލު ކުރެވޭނެ ގޮތެއް ހަދައި، މަޖިލިސް މެންބަރުން ރިކޯލް ކުރެވޭނެ މަގު ފަހި ކުރުން ވެސް އެ ބަދަލުތަކުގެ ތެރޭގައި ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox