ތާލިބާނުންގެ އިންޒާރެއް އެމެރިކާއަށް: ހުނަރުވެރިން ގައުމުން ބޭރުކުރުން ހުއްޓާލާ!

ތާލިބާން ހަނގުރާމަވެރިންތަކެއް.-- ފޮޓޯ: އޭއެފްޕީ

ތާލިބާން ހަނގުރާމަވެރިންތަކެއް.-- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (އޯގަސްޓު 24) - މަސައްކަތުގެ އެކި ދާއިރާތަކުން ހުނަރު ހުރި އަފްގާން ރައްޔިތުން ގައުމު ދޫކޮށް ދާން އެހީވުން އެމެރިކާ އިން ހުއްޓާލަން ޖެހޭ ކަމަށް ތާލިބާނުންގެ ތަރުޖަމާނަކު ބުނެފި އެވެ.

ތާލިބާނުން ތުހުމަތު ކުރި ގޮތުގައި އެމެރިކާ އިން ދަނީ އިންޖިނިއަރުން ފަދަ "އަފްގާން ތަޖުރިބާކާރުން" ފުރުވާލަމުންނެވެ.

"އެކަން ހުއްޓާލަން އަޅުގަނޑުމެން އެދެން،" ކާބުލްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ބުންޏެވެ.

ތާލިބާނުން ވެރިކަމަށް އައުމާއެކު ގައުމު ދޫކޮށް ދާން ބޭނުންވާ އެތައް ހާސް ބަޔަކު ވަނީ ކާބުލް އެއާޕޯޓަށް ޖަމާވެފަ އެވެ. އެމެރިކާ ސިފައިން އަފްގާން ފަސްގަނޑުން ފޭބުމަށް ކަނޑައެޅި ސުންގަޑި ކަމުގައި އޯގަސްޓު 31 ގެ ކުރިން އެ އެންމެން ފުރުވާލެވޭނެ ކަމަކަށް ނުބެލެވެ އެވެ.

ސުންގަޑި ދިގު ދަންމާލުމުގެ ވާހަކަ ހުޅަނގުގެ ގައުމުތަކުން ދައްކަން ފެށުމުން ތާލިބާނުން ވަނީ އެކަމާ ދެކޮޅަށް އިންޒާރު ދީފަ އެވެ.

"އެ މީހުން އަތުގައި ފްލައިޓު އެބަ ހުރި. އެ މީހުން އަތުގައި އެއާޕޯޓު އެ އޮތީ. ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ މީހުންގެ ރައްޔިތުންނާއި ކޮންޓްރެކްޓަރުން އަނބުރާ ގެންދެވެން ޖެހޭނެ،" މުޖާހިދު ބުންޏެވެ.

ސުންގަޑި ހަމަވުމުގެ ކުރިން އެމެރިކާ ސިފައިންނާއި ރައްޔިތުން ގައުމަށް ގެންދިޔުމުގެ އުއްމީދު ބޮޑު ކަމަށް ރައީސް ޖޯ ބައިޑެން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެމެރިކާ އިން ބޭނުން ވަނީ ގައުމު ދޫކޮށް ދާން ބޭނުންވާ އަފްގާން ހުރިހާ ރައްޔިތުންނަށް ވެސް އެ ފުރުސަތު ފަހިކޮށްދިނުމަށެވެ.

އެމެރިކާގެ ފްލައިޓުތަކުގައި މިހާތަނަށް 50،000 މީހުން އަފްގާނުން ފުރާފައި ވާއިރު، އޭގެ ތެރޭގައި ގިނައީ އަފްގާން ރައްޔިތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox