ހޮޓެލް ޖެންގެ މާސްޓާޝެފުންނާ އެކު ކުޑަކުދިންނަށް ހާއްސަ ކައްކާ ކްލާސްތަކެއް

ހޮޓެލް ޖެން އިން ބޭއްވި "ލިޓްލް ޝެފްސް އިން ދަ މޭކިން" ކްލާސްތައް: މީގެ ކްލާސްތަކެއް ކޮންމެ ކުއާޓާއެއްގައި ގަވާއިދުން ބާއްވަން ވަނީ ހަމަޖެހިފައި. -- ފޮޓޯ: ހޮޓެލް ޖެން

ހޮޓެލް ޖެން އިން ބޭއްވި "ލިޓްލް ޝެފްސް އިން ދަ މޭކިން" ކްލާސްތައް: މީގެ ކްލާސްތަކެއް ކޮންމެ ކުއާޓާއެއްގައި ގަވާއިދުން ބާއްވަން ވަނީ ހަމަޖެހިފައި. -- ފޮޓޯ: ހޮޓެލް ޖެން

ހޮޓެލް ޖެންގެ އެންމެ ފުންނާބު އުސް ޝެފުންނާއެކު ކުޑަކުދިންނަށް ހާއްސަކޮށްގެން "ލިޓްލް ޝެފްސް އިން ދަ މޭކިން" ގެ ނަމުގައި ކައްކާ ކްލާސްތަކެއް ތައާރަފުކޮށްފި އެވެ.

މި ކްލާސްތަކުގެ އެންމެ ފުރަތަމަ ސެޝަން ބޭއްވީ މިމަހުގެ ފުރަތަމަ ހަފުތާ ބަންދުގެ ތެރޭގަ އެވެ. މި ކްލާހުގައި ބައިވެރިވި ކުދިންނަށް ލިބުނު ފުރުސަތުގައި އެކުދިން ވަނީ ޖެންގެ ޗެފް ޑި ކުޒީން ޕްރަބޫ ވިޖަޔަން އާއި އޭނާގެ ޓީމާ އެކު ޕިއްޒާ ތައްޔާރުކުރާނެ ގޮތް ދަސްކޮށްފަ އެވެ.

ލިޓްލް ޝެފްސް އިން ދަ މޭކިން ކްލާހުގައި ޖެންގެ ޝެފް ޑި ކުޒީން ވިޔަޖަން ޕިއްޒާ އަޅާނެ ގޮތް ކިޔައިދެނީ. -- ފޮޓޯ: ހޮޓެލް ޖެން
ލިޓްލް ޝެފްސް އިން ދަ މޭކިން ކްލާހުގައި ޖެންގެ ޝެފް ޑި ކުޒީން ވިޔަޖަން ޕިއްޒާ އަޅާނެ ގޮތް ކިޔައިދެނީ. -- ފޮޓޯ: ހޮޓެލް ޖެން

ލިޓްލް ޝެފްސް އިން ދަ މޭކިން ކްލާހުގައި ޖެންގެ ޝެފް ޑި ކުޒީން ވިޔަޖަން ޕިއްޒާ އަޅާނެ ގޮތް ކިޔައިދެނީ. -- ފޮޓޯ: ހޮޓެލް ޖެން

މި ކްލާހުގައި ވަނީ ޕިއްޒާގެ ފުއްގަނޑު ހަދަން ބޭނުންވާ ތަކެއްޗާއި، އަޅާނެ މިންވަރާއި، ފުއްގަނޑު މޮޑޭނެ ގޮތް ދަސްކޮށްދީފަ އެވެ. އަދި އެ ކުއްޖަކު ހިޔާރުކުރާ ޕިއްޒާ ޓޮޕިންސް އަޅައިގެން ޕިއްޒާ ތައްޔާރުކުރަން ފުރުސަތު ދިނެވެ.

ޖެންއިން ބުނީ ބެލެނިވެރިންނާ އެކީ ކުރިއަށް ގެންދާ މި ކްލާސްތަކަކީ ރައްކާތެރި މާހައުލެއްގައި ކައްކަން ދަސްކޮށްދޭން ފެށި ސީއެސްއާރް ހަރަކާތެއް ކަމަށެވެ. އަދި ވިސްނުމަކީ ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެސް ކޮންމެ ކުއާޓާއެއްގައި މިފަދަ އެހެން ކްލާސްތަކެއް ކުރިޔަށް ގެެންދިއުން ކަމަށް ބުންޏެވެ.

ޝެފް ވިޔަޖަން ވެސް ބުނީ މިއީ ފެށުމެއް ކަމަށާއި މި ތަޖުރިބާގެ ކާމިޔާބީއާއެކީ ކުރިޔަށް އޮތް ދުވަސްތަކުގައި ކުޑަކުދިންނަށް ހާއްސަ ކައްކާ ކްލާސްތަކެއް ބާއްވާނެ ކަމަށެވެ.

ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ދިމާކޮށް ބޭއްވި މި ހަރަކާތަކީ އެ ދުވަހުގެ ޝިޔާރު "ޓްރާންސްފޯމިން ފުޑް ސިސްޓަމްސް، ޔޫތް އިނޮވޭޝަން" އާ ގުޅުވައިގެން ބޭއްވި ހަރަކާތެއް ކަމަށް ޖެންއިން ބުނެ އެވެ.

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox