ޖެން ރޯދަވީއްލުމުގެ ރަހަތައް މިފަހަރު މެދުއިރުމަތިން

ޖެން އިފްތާރު ބަފޭ: މި އަހަރު ޖެން ހޮޓެލްގެ ރޯދަ ވީއްލާ މެނޫގައި މެދުއިރުމަތީގެ ކެއުންތަކުގެ އިތުރުން ދިވެހިންގެ ސުފުރާމަައްޗަށް ހާއްސަ ކެއުންތައް ހުރޭ -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ޖެން އިފްތާރު ބަފޭ: މި އަހަރު ޖެން ހޮޓެލްގެ ރޯދަ ވީއްލާ މެނޫގައި މެދުއިރުމަތީގެ ކެއުންތަކުގެ އިތުރުން ދިވެހިންގެ ސުފުރާމަައްޗަށް ހާއްސަ ކެއުންތައް ހުރޭ -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މެދުއިރުމަތީގެ ސުފުރާމަތިން ފެންނަ ކެއުންތަކަށް ހާއްސަކޮށްގެން ޖެން ހޮޓެލްގެ މި އަހަރުގެ އިފްތާރް މެނޫ ތައާރަފުކޮށްފި އެވެ.

މި އަހަރު ޖެންގެ ރޯދަ ވީއްލުމެއް ލިބެނީ ބޮލަކަށް 450 ރުފިޔާގެ ރޭޓުންނެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރު އަގުތައް ހެޔޮކުރީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ދިމާވެފައިވާ ދަތި ހާލަތުގެ ސަބަބުން ކަމަށް ޖެން ހޮޓަލުން ބުނެ އެވެ.

މެދުއިރުމަތީގެ ރަހަތަކުގެ އިތުރުން އާންމުކޮށް ރޯދަ ވީއްލާ ވަގުތު ދިވެހި ސުފުރާމަތިން ފެންނަ ކެއުންތަކާއި ދިވެހިންނަށް މަގުބޫލު އިންޓަނޭޝަނަލް ކެއުންތައް ވެސް ޖެންގެ މެނޫގައި މިފަހަރުގެ ހިމެނެ އެވެ.

Advertisement

ދުރާލާ ބުކިން ހައްދައިގެންނާއި ވޯކް-އިން ކަސްޓަމަރުންނަށް ވެސް އެ ހޮޓަލުން ހިދުމަތް ދޭނެ ކަމަށް އިފްތާރް ޖެންގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު ނީނާ މުހައްމަދު ވިދާޅުވި އެވެ.

އަދި މިއީ އަހަރަކަށް ފަހު ދެ އަހަރެއްހާ ދުވަހަށް ފަހު އާއިލާ އާއި އެކުވެރިންނާ އެކު ބޭރުން ރޯދަ ވީއްލަން ލިބޭ ފުރަތަމަ ފަހަރު ކަމަށް ވުމުން، ކެއުމުގެ ކަންކަން ވީހާ ބޮޑަކަށް ހާއްސަ ކުރެވޭތޯ މަސައްކަތްކޮށްފައި ވާނެ ކަަމަށް ވެސް ނީނާ ވިދާޅުވި އެވެ.

ޖެންގެ ރޯދަ ވީއްލުން އޮންނާނީ އެ ހޮޓެލުގެ ލައިމް ރެސްޓޯރަންޓުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox