ތާލިބާނުންގެ އިންޒާރު: އަންނަ ހަފްތާގައި ސިފައިން ނުގޮސްފި ނަމަ ފިޔަވަޅު އަޅާނަން

ތާލިބާން ހަނގުރާމަވެރިންތަކެއް.

ތާލިބާން ހަނގުރާމަވެރިންތަކެއް.

ކާބުލް، އަފްގާނިސްތާން (އޯގަސްޓު 24) - އަންނަ ހަފްތާ އަށް ފަހު އެމެރިކާ ސިފައިން އަފްގާނިސްތާނުގައި މަޑުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ތާލިބާނުން ދީފި އެވެ.

އޯގަސްޓު 15 ވަނަ ދުވަހު ތާލިބާނުން ވެރިކަމަށް އައުމުން އެތައް ހާސް ބަޔަކު ވަނީ އަފްގާނިސްތާނުން ފުރުމަށް ކާބުލް އެއާޕޯޓަށް ޖަމާވެފަ އެވެ. އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމަށް ކަނޑައެޅި ސުންގަޑި ކަމުގައިވާ އޯގަސްޓު 31 ގެ ކުރިން އެ އެންމެން ފުރުވާލެވޭނެ ކަމަކަށް ނުބެލެވެ އެވެ.

އެހެންވެ އެމެރިކާ އާއި ގުޅިފައިވާ އެހެން ގައުމުތަކުން އަންނަނީ ސުންގަޑި ދިގުދަންމާލުމުގެ ވާހަކަ ދައްކަމުންނެވެ. ގައުމުތަކުން ބުނީ ބޭނުމަކީ އަފްގާނިސްތާން ދޫކޮށް ދާން ބޭނުންވާ އެންމެންނަށް އެ ފުރުސަތު ދިނުން ކަމަށެވެ.

ސުންގަޑީގެ ކުރިން އަފްގާނިސްތާނުގައި ތިބި އެމެރިކާގެ ހުރިހާ ރައްޔިތުން އަނބުރާ ގައުމަށް ގެންދެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް އެމެރިކާ ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް ކޮންމެ ދުވަހަކު ފުރުވާލަމުންދާ މީހުންގެ ތެރޭގައި ގިނައީ އަފްގާން ރައްޔިތުން ކަމަށް ބުންޏެވެ.

ތާލިބާނުންގެ ތަރުޖަމާނު ސުހައިލް ޝަހީން ސްކައި ނިއުސް އަށް ބުނީ އެއްބަސްވެފައިވާ ސުންގަޑީގެ ފަހުން ބޭރުގެ އެއްވެސް ފައުޖަކުން އަފްގާނިސްތާނުގައި މަޑު ކުރުމަކީ "ގައުމު އަޅުވެތިކޮށްފައި އޮތް އޮތުން ދިގުދެންމުން" ކަމަށެވެ.

އަފްގާނިސްތާނުގެ އާ ސަރުކާރު އެކުލަވާލުމުގެ މަޝްވަރާތަކުގައި ތާލިބާނުން މިހާރު އުޅެމުން ދާއިރު، އެމެރިކާ ސިފައިން އަފްގާން ފަސްގަނޑުން ފޭބުމުގެ ކުރިން ސަރުކާރާ ގުޅޭ އެއްވެސް އެއްޗެއް ހާމަނުކުރާނެ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

އިނގިރޭސި ޑިފެންސް ސެކެޓްރީ ބެން ވޮލެސް ވިދާޅުވީ މިއަދު އޮންނަ ޖީ7 ގައުމުތަކުގެ ވާޗުއަލް ބައްދަލުވުމުގައި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ބައިވެރިވެވަޑައިގެން، ސުންގަޑި ދިގުދެންމުމަށް ހުށަހަޅުއްވާނެ ކަމަށެވެ.

ޖަރުމަނުން ވެސް ބުނީ އޯގަސްޓު 31 އަށް ފަހު ވެސް އަފްގާނިސްތާން ދޫކޮށް ދާން ބޭނުންވާ މީހުންނަށް ކާބުލް އެއާޕޯޓު ހުޅުވާލާފައި ބޭއްވުމަށް އެހެން ގައުމުތަކާއި ތާލިބާނުންނާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. ފްރާންސުން ބުނީ މިހާރު ކުރިއަށްދާ އޮޕަރޭޝަންތައް ނިންމުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

ފާއިތުވި 12 ގަޑިއިރު ތެރޭގައި އެމެރިކާ އިން ވަނީ 10،900 މީހުން ފުރުވާލާފަ އެވެ. އެއާއެކު އޯގަސްޓު 14 ވަނަ ދުވަހުން ފެށިގެން އެމެރިކާ ފްލައިޓުތަކުގައި ފުރި އަދަދު ވަނީ 48،000 އަށް އަރާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox