އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއްގައި އަފްގާން އަންހެނަކު ވިހައިފި

ދަތުރު މަތީގައި ވިހެއި އަންހެން މީހާ ފްލައިޓުން ބާލުވަނީ. -- ފޮޓޯ: އޭއެފްޕީ

ދަތުރު މަތީގައި ވިހެއި އަންހެން މީހާ ފްލައިޓުން ބާލުވަނީ. -- ފޮޓޯ: އޭއެފްޕީ

ބާލިން، ޖަރުމަނު (އޯގަސްޓު 22) - އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއްގައި އަފްގާނިސްތާނުގެ އަންހެނަކު ވިހައިފި އެވެ.

އެމެރިކާގެ އެއާ ފޯސް އިން އާދީއްތަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ ޖަރުމަނަށް ޖެއްސިތާ ކުޑަ އިރުކޮޅެއް ފަހުން ވިހާފައި ވަނީ އަންހެން ކުއްޖެއް ކަމަށެވެ.

އެ އަންހެން މީހާ އަކީ ތާލިބާނުންގެ ވެރިކަމެއްގައި އަފްގާނިސްތާނުގައި އުޅެން ބޭނުން ނުވާތީ ގައުމު ދޫކޮށް އިވެކުއޭޝަން ފްލައިޓެއްގައި ފުރި މީހެކެވެ.

އޭނާ ވިހަން ރިއްސަން ފެށީ މެދުއިރުމަތީގެ ސްޓޭޖިން ބޭސްއެއްގައި މަޑު ކުރުމަށް ފަހު ފްލައިޓު ފުރި ފަހުންނެވެ. އާއްމުކޮށް ފްލައިޓުތައް މަޑު ކުރަނީ ގަތަރު ނުވަތަ ކުވެއިތުގަ އެވެ.

އެމެރިކާގެ އެއާ މޮބިލިޓީ ކޮމާންޑުން ކުރި ޓްވީޓެއްގައި ބުނީ ވިހަން ރިއްސަން ފަށައި، މައްސަލަތަކާ ދިމާވާން ފެށުމުން، ފްލައިޓު ދުއްވަމުން ދިޔަ އެލްޓިޓިއުޑް ތިރި ކުރަން ބޯޓުގެ ކޮމާންޑަރު ނިންމި ކަމަށެވެ.

އެ ނިންމުމުގެ ސަބަބުން ބޯޓު ތެރޭގައި އެއާ ޕްރެޝާ އިތުރުވެ، އަންހެން މީހާ އަށް ނޭވާލާން ފަސޭހަވި ކަމަށާއި އޭނާގެ ފުރާނަ ސަލާމަތްވީ އެ ނިންމުމުގެ ސަބަބުން ކަމަށް ބުނެފައި ވެ އެވެ.

ޖަރުމަނުގެ ރަމްސްޓެއިން ބޭސްއަށް ފްލައިޓު ޖެއްސުމާ އެކު އެމެރިކާގެ ސިފައިންގެ ސިއްހީ އޮފިޝަލުން ވަނީ އަންހެން މީހާ ރައްކާތެރިކަމާއެކު ވިހަން އެހީވެ ދީފަ އެވެ. އޭނާ ވިހާފައި ވަނީ ފްލައިޓުގެ ކާގޯ ރައްކާކޮށްފައި ހުރި ބައިގަ އެވެ.

"މަންމަ އާއި ދަރިފުޅު ފޮނުވާލާފައި ވަނީ ކައިރީގައި ހުރި މެޑިކަލް ފެސިލިޓީއަކަށް. ދެ މީހުންގެ ހާލު ވެސް ރަނގަޅު،" ޓްވީޓުގައި ބުންޏެވެ.

އެމެރިކާ ސިފައިން އާއްމު ކުރި ވީޑިއޯ އާއި ފޮޓޯ އިން އަންހެން މީހާ ސްޓްރެޗަރެއްގައި ގެންދާ މަންޒަރު ފެނެ އެވެ.

ތާލިބާނުން ވެރިކަމަށް އައުމާއެކު އެ ގައުމުގެ އެތައް ހާސް ބަޔަކު ވަނީ ކާބުލް އެއާޕޯޓު ކައިރިއަށް ޖަމާވެފަ އެވެ. އެމެރިކާގެ އެހީއާއެކު މިހާތަނަށް 17،000 މީހުން ފުރުވާލާފައި ވާއިރު އޭގެ ތެރޭގައި 2،500 އެމެރިކާ ރައްޔިތުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox