އެފްއޭއެމްގެ މީޑިއާ ޕާޓްނަރަކަށް "އަދަދު" ހަމަޖައްސައިފި

Aug 23, 2021, 5:38 AM
އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި "އަދަދު" ގެ ސީއީއޯ ފިޔާޒް އެއްބަސްވުން ދައްކާލައްވަނީ.

އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި "އަދަދު" ގެ ސީއީއޯ ފިޔާޒް އެއްބަސްވުން ދައްކާލައްވަނީ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މީޑިއާ ޕާޓްނަރަކަށް "އަދަދު" ހަމަޖައްސައިފި އެވެ.

ރޭ އެފްއޭއެމް ހައުސްގައި އޮތް ރަސްމިއްޔާތެއްގައި، ޕާޓްނާޝިޕް އެއްބަސްވުމުގައި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ބައްސާމް އަދީލް ޖަލީލެވެ. "އަދަދު" ގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ ހުސެއިން ފިޔާޒް މޫސާ އެވެ.

ބައްސާމް ވިދާޅުވީ "އަދަދު" ފެށި ފަހުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެ މީޑިއާ ފެނިގެން ދަނީ ވަރަށް ހަރަކާތްތެރިކޮށް އަދި ފުޓްބޯޅައަށް ބޮޑު ސަމާލުކަންދޭ މީޑިއާއެއްގެ ގޮތުގައި ކަމަށެވެ.

"ފުޓްބޯޅަ އާއި ފުޓްބޯޅަ ކޮމިއުނިޓީ އަށް "އަދަދު" ގެ ފަރާތުން ވަރަށް ރަނގަޅު ކަވަރޭޖެއް ދޭކަން ފާހަގަކުރަން،" ބައްސާމް ވިދާޅުވި އެވެ.

"އަދަދު" ގެ މެނޭޖިން އެޑިޓަރު މުހައްމަދު ހަމްދޫން ވިދާޅުވީ ފުޓްބޯޅައަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބަލާ ކުޅިވަރު ކަމަށްވާތީ އެ ކުޅިވަރާ ގުޅޭ ހަބަރުތައް ވީހާ ވެސް ތާޒާކޮށް ތަފްސީލުކޮށް ގެނެސްދޭން "އަދަދު" އިން ބޮޑު ސަމާލުކަމެއްދޭ ކަމަށެވެ.

"ފުޓްބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫން. ފުޓްބޯޅައިން އާމްދަނީ ހޯދާ އެތައް ކުޅުންތެރިން އެބަތިބި. އަހަރަކު މިލިއަނުން ހަރަދުކުރާ ކްލަބްތައް އެބައޮތް. ދެކުނު އޭޝިއާގެ ދެ ވަނަ އަށް އެންމެ ވަރުގަދަ، ބޮޑު ލީގު ސިސްޓަމް އޮތީ ރާއްޖޭގައި. މިއީ ބޮޑު އިންޑަސްޓްރީއެއް. އެހެންވެ ފުޓްބޯޅައިގެ ކަވަރޭޖް އޭގެ ޒާތުގައި ބޮޑުވާނެ،" ހަމްދޫން ވިދާޅުވި އެވެ.

"އެކަމަކު މި އެއްބަސްވުން ހެދިޔަސް އެހެން ކުޅިވަރުތަކަށްދޭ ސަމާލުކަން ވަކި ކުޑައެއް ނުވާނެ."

"އަދަދު" ގެ ސްޕޯޓްސް ޑިޕާޓްމަންޓުގެ އެސޯސިއޭޓް އެޑިޓަރަކީ، ރާއްޖޭގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ އިނާމް ތިން ފަހަރު ހޯދާފައިވާ އައްޒާމް އަލިފުޅެވެ.

މި އެއްބަސްވުމުގެ ދަށުން އެފްއޭއެމުން ރާވާ ހިންގާ އެކި ފުޓްބޯޅަ މުބާރާތްތަކާ ބެހޭ ފުރިހަމަ މައުލޫމާތާއި އެ އެސޯސިއޭޝަނުގެ މަސައްކަތްތަކާއި ރާވާ ހިންގާ އެކި އިވެންޓްތަކާއި ޕްރޮގްރާމްތަކާ ބެހޭގޮތުން "އަދަދު" އިން ވީޑިއޯ ޝޯތައް ކުރިއަށްގެންދާނެ އެވެ. މީގެ އިތުރުން ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް އެފްއޭއެމުން ކުރާ ހުރިހާ މަސައްކަތެއްގައި އިސް ބައިވެރިއެއްގެ ގޮތުގައި "އަދަދު" ބައިވެރިވާނެ އެވެ.

ތަޖުރިބާކާރު ނޫސްވެރިންގެ ޓީމަކާ އެކު "އަދަދު" ފެށީ މިދިޔަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox