މެޝިނުން އެއްޗެހި ތިޔަ ދޮންނަނީ ރަނގަޅަށްތަ؟

މެޝިނުން އެއްޗެހި ތިޔަ ދޮންނަނީ ރަނގަޅަށްތަ؟

ޒަމާނީ އޮޓޯ މެޝިންތަކާއެކު އަހަރެމެންގެ ދިރިއުޅުން ބޮޑުތަނުން ފަސޭހަކޮށްދީފި އެވެ. ކުރީގައި ނަމަ ދޮވެ ނިމުމުން އަތުން ފެންތައް ފެލައި، އަންނައުނުތައް ވަކިން ހިއްކާ ބަޔަށް އަޅައި އަނެއްކާވެސް އެތައް އިރުތަކެއް ވަންދެން މަޑުކުރަންޖެހެ އެވެ. ނަމަވެސް މިއަދު އެންމެ ދެތިން ފިތަށް އޮބާލައިން ބޭނުންވާ ސްޕީޑެއްގައި، ބޭނުން ޓެމްޕަރޭޗަރެއްގައި ދޮވެލެވެ އެވެ.

އާންމު ގޮތެއްގައި މެޝިނުން އެއްޗެހި ދޮވެލާއިރު ވިސްނާލަން ޖެހެނީ މައިގަނޑު ތިން ކަމަކާމެދުގަ އެވެ. އެއީ ފެން ހުންނަންޖެހޭ މިންވަރު، ޓެމްޕަރޭޗަރު އަދި ދޮންނަން ބޭނުންވާ ސައިކަލް އެވެ.

ފެން ހުންނަން ޖެހޭ މިންވަރު

މެޝިނެއް އަލަށް ގަނެގެން ބޭނުންކުރާއިރު އޭގެ ހުރިހާ ތަފްސީލެއް މެޝިނުގެ މެނުއަލްގައި ހިމެނިފައިވާނެ އެވެ. ނަމަވެސް ގިނަ ފަހަރަށް މެނުއަލް ފެންނާނީ މެޝިން އަލަށް ބޭނުންކުރާ ދުވަހު އެކަންޏެވެ. މެޝިނުގައި ފެން ހުންނަންވީ މިންވަރު އިހުތިޔާރުކުރުމުގައި ބަލަންޖެހޭނީ އެ ދޮންނަ އެއްޗެހީގެ މިންވަރަށެވެ. މިސާލަކަށް، މެޝިނުގެ ކެޕޭސިޓީގެ ހަތަރު ބައި ކުޅަ އެއްބަޔަށް ވާވަަރަށް އެއްޗެހި ދޮންނަނަމަ އެއީ "ސްމޯލް ލޯޑް" އެކެވެ. ދެބައިކުޅަ އެއްބަޔަށްވާ ވަރަށް އެއްޗެހި އަޅާނަމަ އެއީ މީޑިއަމް ނުވަތަ މެދުމިންވަރަށް ވާއިރު އެއަށްވުރެ ގިނަވުމުން މި ބެލެވެނީ އެއީ ލާޖް ލޯޑެއް ކަމަށެވެ. އަދި މެޝިނުގެ ފުލް ކެޕޭސިޓީ ބޭނުން ކުރެވޭނަމަ އެއީ ސުޕާ ލާޖް އެވެ.

Advertisement

އެންމެ ރަނގަޅު ޓެމްޕަރޭޗަރު

ގިނަ ފަހަރަށް އިހުތިޔާރު ކުރެވޭ ޓެމްޕަރޭޗަރުގެ ސަބަބުން ހެދުންތައް ބޮޑުވެ، ކުޑަވެ އަދި ކުލަ ފޭދުމުގެ މައްސަލަތައް ދިމާވެ އެވެ. ރެޑީމޭޑް އަންނައުނުތަކުގައި އެތަކެތި ދޮންނަންވީ ޓެމްޕަރޭޗަރު ބަޔާންކޮށްފައި ވިޔަސް ލޭބަލަށް ބަލައިލެވެނީ މަދު ފަހަރަކު އެވެ. ހެދުންތައް ހަލާކު ނުވެ ފަސޭހައިން ދޮވުމަށް އޮތް އެންމެ ބޮޑު އުކުޅަކީ އެއް ވައްތަރު ކުލަތަކުގެ އެއްޗެހި އެއްކޮށް ދޮވުމެެވެ.

ދެން އެންމެ ގިނައިން އަޑުއިވޭ އެއް ވާހަކައަކީ އެއްޗެހި ބޮޑަށް ދޮވެވޭނީ ހޫނު ފެނުގައި ކަމެވެ. އެހެން ނަމަވެސް ކަމުގެ މާހިރުން މިިކަމަކަށް މުޅީން ތާއީދެއް ނުކުރެ އެވެ. ސަބަބަކީ މިފަހުގެ ގިނަ މެޓީރިއަލްތަކަކީ ހޫނު ފެނުގައި ދޮވެފިނަމަ ނިކަން ފަސޭހައިން ހަލާކުވާ ބާވަތްތަކަށް ވުމެވެ.

ފިނި ފެން: ފިނި ފެނަކީ ދޮވުމުގެ ހަރަދަށް ބަލާނަމަ އެންމެ އަގުހެޔޮ ގޮތެވެ. އަދި ކުލަ ގަދަ ނުވަތަ އަނދިރި ކުލަތަކުގެ އެއްޗެހި ދޮވުމަށް އެންމެ އެކަށީގެންވަނީ ފިނި ފެނުގައެވެ. ހަމައެޔާއެކު "ލައިޓްލީ ސޮއިލްޑް" ހެދުންތައް ހާއްސަ ގޮތެއްގައި އޮފީސް ހެދުންފަދަ ތަކެތިވެސް ދޮންނަން އެންމެ ރަނގަޅީ ފިނި ފެނުގަ އެވެ. އަދި ޑެލިކޭޓް ހެދުންތައް ކަމުގައިވާ ކުޑަކުދިންގެ ހެދުންތައްވެސް ބޮޑަށް ރަނގަޅީ ފިނި ފެނުގައި ދޮވުމެވެ.

ހޫނު ފެން: ހޫނު ފެނުގައި ދޮވުމަށް އެންމެ ރަނގަޅީ ވައިޓް ކޮޓަން ފެބްރިކްސްއާއި، އަންޑާ ގާމެންޓްސްއާއި އިސްޓާކީނު ފަދަ ތަކެއްޗެވެ. އަދި ވަރަށް ބޮޑަށް ދާވެފައި ހުންނަ ތަކެއްޗާއި ބެޑްޝީޓްވެސް ހޫނު ފެނުގައި ދޮވުން އެދެވިގެންވެ އެވެ. ހޫނު ފެނުގައި ދޮވުމުން އެއްޗެހީގެ ކުލަ ފޭދުމުގެ ފުރުސަތު ބޮޑުވާނެކަން އަބަދުވެސް ހަނދާންކުރަންވާނެ އެވެ.

ހަމައެޔާޢެކު އަންނައުނު ދޮވުމުގައި 'ރިންސް' މޯޑު ބޭނުންކުރާނަމަ ހޫނު ފެނުގެ އެއްވެސް ބޭނުމެއް ނެތެވެ. ބާރު ބޮޑުވާނީ ހަމައެކަނި ތިމާގެ ޖީބަށެވެ.

ދޮންނަންވީ މޯޑް

މިއީ އެންމެ މުހިންމު ސުވާލެވެ. މެޝިނުން ދޮވުމަށް އެކި މޯޑްތައް ހުއްޓަސް، ވާނީ އެއްކަމެކޭ ހިތާ އަބަދު އެއްގޮތަކަށް ދޮންނަ މީހުން ގިނަ އެވެ. މިއީ އޮޅުމެކެވެ. ގިނަ ދުވަހު ހެދުންތައް ހަލާކުނުވެ ބޭނުންކުރަން ބޭނުންނަމަ އެ ހެދުމެއްގެ ބާވަތަށް ހާއްސަ މޯޑެއްގައި ދޮވުން މުހިންމެވެ.

ޑެލިކޭޓް: މިއީ ފަސޭހައިން ހަލާކުވެދާނެ ފަދަ މެޓީރިއަލްތައް ދޮވުމަށް ހާއްސަ މެތަޑެކެވެ. މިގޮތުން ލޭސް، ސިލްކް ފަދަ ބާވަތްތަކާއި ތުއްތުކުދިންގެ ހެދުންތައް ދޮވުމުގައި ޑެލިކޭޓް އިހުތިޔާރުކުރުން ރަނގަޅެވެ. ޑެލިކޭޓްގައި އެއްޗެހި ދޮވެވޭނީ މަޑު ސްޕީޑެއްގައެވެ. އަދި އެހާ ގިނައިރެއް އެއްޗެހި ދޮވުމަށް ހޭދައެއް ނުވާނެ އެވެ. އޭގެ ސަބަބުން ހެދުންތައް ސްޓްރެޗްވުމާއި ވީދައިގެން ދިއުމުން ސަލާމަތްކޮށްދެ އެވެ.

ރެޕިޑް ވޮޝް/ސްޕީޑް ވޮޝް: މިއީ ވޮޝް ސައިކަލް ކުޑަ އަދި ބާރު ސްޕީޑުގައި އެއްޗެހި ހިއްކާލަދޭ މޯޑެކެވެ. ގިނަ ފަހަރަށް ރެޕިޑް ވޮޝްގެ ބޭނުން ޖެހޭނީ ކޮންމެހެން ލާން ބޭނުންވާ ވަކި އެއްޗެއް އެކަނި ދޮންނަން ޖެހިއްޖެނަމަ އަވަހަށް އެކަން ކޮށްލުމަށެވެ. ޑެލިކޭޓް ބާވަތްތަކާއި، ޖީންސް ފަދަ ތަކެތި ދޮވުމަށް މިއީ އެންމެ އެކަށީގެންވާ ގޮތެއް ނޫނެވެ.

މީގެ އިތުރުންވެސް އެކި މެޝިންތަކުގައި އެކި ބާވަތްތަކުގެ ދޮވުމަށް ތަފާތު ނަންތައް ދެވިފައިވެ އެވެ. ބައެއް މެޝިނުތަކުގައި ކުލަ އެއްޗިއްސަށް ހާއްސަކޮށް 'ކަލާޑް' އަދި ބެޑްޝީޓް ފަދަ ތަކެއްޗަށް ބެޑިންގްސް ފަދަ ނަންތައް ވެސް ދެވިފައިވެ އެވެ. މިއިން ކޮންމެ މޯޑެއްގައިވެސް ދޮވުމުގެ ސްޕީޑާއި ވަގުތާއި އަދި ސްޕިން ސްޕީޑް ހުންނާނީ ތަފާތުކޮށެވެ. އެހެންކަމުން ވަގުތު ނެގިޔަސް، އަންނައުނުތަކުގެ ކުލަ ނުގެއްލި، ކަސްނުވެ ގިނަ ދުވަސްތަކެއް ވާންދެން ބޭނުންކުރުމުގެ ފުރުސަތު ބޮޑުވާނެ އެވެ.

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox