އަފްގާނިސްތާނުގައި ތިބި އެމެރިކާ މީހުން އެއާޕޯޓަށް ނުދިޔުމަށް އަންގައިފި

ކާބުލް އެއާޕޯޓަށް މީހުން ޖަމާވެފައި. އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓަނީ އެމެރިކާ ސިފައިން.-- ފޮޓޯ: އޭއެފްޕީ

ކާބުލް އެއާޕޯޓަށް މީހުން ޖަމާވެފައި. އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓަނީ އެމެރިކާ ސިފައިން.-- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (އޯގަސްޓު 22) - ކާބުލް އެއާޕޯޓުގެ ގޭޓުތައް ކައިރީގައި "ސަލާމަތަށް ނުރައްކާވެދާނެ" ކަމަށް ބުނެ، އަފްގާނިސްތާނުގައި ތިބި އެމެރިކާ ރައްޔިތުން އެއާޕޯޓަށް ނުދިޔުމަށް އަންގައިފި އެވެ.

މީގެ ހަފްތާއެއް ކުރިން ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަމަށް އައުމުން ގައުމު ދޫކޮށް ދާން ބޭނުންވާ އެތައް ހާސް ބަޔަކު ވަނީ ހާމިދު ކަރްޒާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖަމާވެފަ އެވެ.

އެއާޕޯޓަށް ވަދެވޭތޯ ގޭޓުތައް ކައިރިއަށް ގިނަ ބަޔަކު ޖަމާވެފައި ވާއިރު، ތާލިބާން ހަނގުރާމަވެރިން އެ މީހުންނަށް އަނިޔާކޮށް، ފުރައްސާރަ ކުރާ ކަމަށް ވަނީ ހަބަރު ފެތުރިފަ އެވެ.

"އެމެރިކާ ރައްޔިތުންގެ ކިބައިން އަޅުގަނޑުމެން އެދެނީ އެއާޕޯޓަށް ދަތުރު ނުކުރުމަށް. އެމެރިކާ ސަރުކާރުގެ އޮފިޝަލަކު އިރުޝާދު ނުދެއްވަނީސް އެއާޕޯޓުގެ ގޭޓުތައް ކައިރިއަށް ނުދިޔުމަށް،" ކާބުލްގައި ހުންނަ އެމެރިކާ އެމްބަސީން ނެރުނު އެލާޓުގައި ވެ އެވެ.

"ސަލާމަތަށް ނުރައްކާވެދާނެ" ކަމަށް ބުނި ނަމަވެސް އެކަމުގެ ތަފްސީލް އެމްބަސީން ހާމައެއް ނުކުރެ އެވެ. ނަމަވެސް ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވީ އިސްލާމިކް ސްޓޭޓް (އައިއެސް) ގްރޫޕް ހިމެނޭހެން، އަފްގާނިސްތާނުގައި ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއް ތާލިބާނުން ހިންގަމުންދާ ކަމަށެވެ.

"މިއަދު ހެނދުނު ރައީސް [ޖޯ ބައިޑެން] ވަނީ ގައުމީ ސަލާމަތާ ގުޅޭ ޓީމާ ބައްދަލުކުރައްވާފައި... މަޝްވަރާ ކުރެއްވީ އަފްގާނިސްތާނުގެ ސަލާމަތީ ހާލަތާއި އައިއެސް-ކޭ ފަދަ ގްރޫޕުތަކުގެ ޓެރަރިޒަމާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކާ ގުޅޭ ގޮތުން،" އޮފިޝަލް ވިދާޅުވި އެވެ.

އަފްގާނިސްތާނުގެ އައިއެސް ގްރޫޕް މަޝްހޫރުވެފައި ވަނީ އައިއެސް-ކޭ ނުވަތަ އިސްލާމިކް ސްޓޭޓް އިން ހޮރަސާންގެ ގޮތުގަ އެވެ. އެ ގްރޫޕުން ދަނީ އަފްގާނިސްތާނުގެ ރަށްފުށުގެ ހިސާބުތަކުގައި ދޭތެރެ ދޭތެރެއިން ހަމަލާތައް ދެމުންނެވެ.

ބައިޑެން ކުރިން ވިދާޅުވީ އަފްގާނިސްތާނުގައި ތިބި 15،000 އެއްހާ އެމެރިކާ މީހުން ގައުމަށް ގެންދަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން އެންމެ މަދުވެގެން އަފްގާނިސްތާނުގެ 50،000 މީހުން ވެސް އެމެރިކާ އަށް ގެންދަން ބޭނުންވާ ކަމަށް ބައިޑެން ވިދާޅުވި އެވެ.

ޕެންޓަގަންގެ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވީ އޯގަސްޓު މަސް ނިމުމުގެ ކުރިން މީހުން އަނބުރާ ގެންދިޔުމުގެ އޮޕަރޭޝަން ނިންމާލަން މަސައްކަތް ކުރާ ކަމަށެވެ.

މޭޖާ ޖެނެރަލް ހޭންކް ޓެއިލާ ވިދާޅުވީ އޯގަސްޓު 14 ވަނަ ދުވަހު އޮޕަރޭޝަން ފެށި ފަހުން މިހާތަނަށް 17،000 މީހުން އަފްގާނިސްތާނުން ފުރުވާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 2،500 އެމެރިކާ ރައްޔިތުން ހިމެނެ އެވެ. އެ އެންމެން ވެސް އެމެރިކާ އަށް ދިޔުމުގެ ކުރިން މަޑުކުރަނީ ގަތަރު ނުވަތަ ކުވެއިތުގަ އެވެ.

އެއާޕޯޓުގެ ގޭޓުތަކާ ހަމައަށް ނުދެވި ތިބި އެމެރިކާގެ 150 ރައްޔިތުން ސަލާމަތް ކުރަން މިދިޔަ ހުކުރު ދުވަހު އަސްކަރީ ހެލިކޮޕްޓަރުތައް މަސައްކަތް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox