ކޮވިޑުގެ ހާލަތު ގޯސްވެފައިވާ ހިމަންދޫގައި އެމްބިއުލަންސެއް ނެތް!

ހިމަންދޫގައި ބަލި މީހަކު ރަށު ޕިކަޕެއްގައި ހެލްތް ސެންޓަރަށް ގެންދަނީ: އެ ރަށުގެ ކޮވިޑް ހާލަތުވެސް މިވަގުތު ވަރަށް ގޯސް ކަމަށް މަރުކަޒުން ބުނޭ-- ފޮޓޯ: ހުސެން އަރުސަލާން/ ފޭސްބުކް

ހިމަންދޫގައި ބަލި މީހަކު ރަށު ޕިކަޕެއްގައި ހެލްތް ސެންޓަރަށް ގެންދަނީ: އެ ރަށުގެ ކޮވިޑް ހާލަތުވެސް މިވަގުތު ވަރަށް ގޯސް ކަމަށް މަރުކަޒުން ބުނޭ-- ފޮޓޯ: ހުސެން އަރުސަލާން/ ފޭސްބުކް

އއ. ހިމަންދޫގައި ބަލިމީހުން އުފުލަން ބޭނުން ކުރާ އެމްބިއުލަންސް ހަލާކުވެފައި އޮންނަތާ ދެ އަހަރުވެފައިވާ ކަމަށާއި ބަލި މީހުން އުފުލަން ބޭނުން ކުރަނީ ރައްޔިތުންގެ ރަށު ޕިކަޕުތައް ކަމަށް އެ ރަށު ހެލްތު ސެންޓަރުން މިއަދު ބުނެފި އެވެ.

ގާތްގަނޑަކަށް 700 މީހުން ދިރިއުޅޭ އެ ރަށުގައި ކޮވިޑް ހާލަތު ގޯސްވެ 270 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެތެރެއިން ދެ މީހަކު ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބަދަލުކޮށްފަ އެވެ. އެ ރަށުގެ ޖުމްލަ 54ގެ ވަނީ ކަރަންޓީންގަ އެވެ.

މި ހާލަތުގައި ހިމަންދޫ އޮތް އިރު، އެ ރަށުގައި ބަލި މީހުން އުފުލަން ރަށު ޕިކަޕު ބޭނުން ކުރާ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.

Advertisement

ހިމަންދޫ ހެލްތު ސެންޓަރުގެ މެނޭޖަރު އަބްދުﷲ ޝަރީފް "އަދަދު" އަށް ވިދާޅުވީ އެމްބިއުލަންސް މައްސަލަޖެހި ބޭނުން ނުކުރެވޭތާ ދެ އަހަރަ ށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އަދި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލިޔެކިޔުންތައް ފޮނުވާ، ބައްދަލުވުންތައް ވެސް ބޭއްވިފަ ވަނީ. މިނިސްޓަރާ ވެސް ހިއްސާ ކޮށްފަ ވަނީ. މި ހުކުރު ނޫނީ ހޮނިހިރުގަ ލިބޭނެ ކަމަށް ބުނީ. އެކަމަކު އަދި ހަބަރެއް ނުވޭ، " ޝަރީފް ވިދާޅުވި އެވެ.

"މިދިޔަ ދެ އަހަރު އެމްބިއުލަންސްގެ ބަދަލުގައި ބޭނުންކުރީ އަމިއްލަ މީހުންގެ ބަގީ. އެކި ފަހަރު އެކި މީހުންގެ ބަގީ ބޭނުން ކުރަނީ. އެއީ ހިލޭ ސާބަހަށް."

އެމްބިއުލަންސްގެ ދަތިކަން ހިމަންދުއަށް ކުރިމަތި ވެފައި ވާއިރު، މިއީ މުޅި ރާއްޖެއަށް ވެސް ކުރިމަތިވެފައިވާ މައްސަލައެކެވެ. ބައެއް ރަށްރަށުގައި އެމްބިއުލާންސް ނެތިގެން ގާޑިޔަލުގައި ވެސް ބަލި މީހުން އުފުލާފައިވެ އެވެ.

އޭގެތެރޭގައި ގދ. ނަޑެއްލާ ހިމެނެ އެވެ. އެ ރަށުގެ އެމްބިއުލަންސް ނެތިގެން ފޮނުވި އެމްބިއުލަންސް ވެސް ހަލާކުވެ ބޭނުމެއް ނުކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox