ކަރުދާހުގައި ފޭވަރިޓަކީ އޭޓީކޭ، މާޒިޔާ އަށް ފުރުސަތު އެބައޮތް: ވިޑަކޮވިޗް

މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި މިރޭ ކުޅޭ މެޗަށް ނުކުންނައިރު، ކަރުދާހުގައި މެޗުން މޮޅުވާނެ ކަމަށް ބަލައި ފޭވަރިޓެއްގެ ގޮތުގައި ލިޔެފައި އޮންނާނީ އޭޓީކޭ މޯހަން ބާގަންގެ ނަން ކަމަށާއި އެކަމަކު މާޒިޔާ އަށް ވެސް ފުރުސަތު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.

ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުން އޭޓީކޭ ވަނީ ބެންގަލޫރު އަތުން 2-0 އިން މޮޅުވެފަ އެވެ. މާޒިޔާ ވަނީ އެ ނަތީޖާ އިން ބަޝުންދަރާ ކިންގްސް އަތުން ބަލިވެފަ އެވެ. ގްރޫޕް ސްޓޭޖުގެ އެއް ވަނަ ހޯދައިގެން ނޫން ގޮތަކަށް އަނެއް ބުރުން ފުރުސަތު ލިބެން ނެތްއިރު، އެ ޖާގަ ހޯދަން ބޭނުންނަމަ މާޒިޔާ މިރޭގެ މެޗުން މޮޅުވުން މަޖުބޫރެވެ.

މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިޑަކޮވިޗް ބުނީ މި މެޗުގައި ކުރަން ޖެހޭ ކަންތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. މާޒިޔާގެ ފޯކަސް އަކީ އޮތް ފުރުސަތެއްގެ ބޭނުންހިފައި މޮޅުވުން ކަމަށާއި މެޗަށް ނުކުންނައިރު، ޕްރެޝަރު އޮތީ އޭޓީކޭ ކަމަށް ވިޑަކޮވިޗް ވަނީ ބުނެފަ އެވެ. އޭގެ ސަބަބުތައް ވެސް އޭނާ ވަނީ ކިޔައިދީފަ އެވެ.

"އެ މީހުން (އޭޓީކޭ) ކުޅެނީ ވަރަށް ވަރުގަދަ ލީގެއްގައި. އެ މީހުންގެ ބަޖެޓަށް ވެސް އެބަޖެހޭ ބަލާލަން. އެ މީހުންގެ ބިދޭސީ ކުޅުންތެރިން ވެސް އެއީ ތަފާތު ލީގެއްގެ ކުޅުންތެރިން. އެހެންވެ އަހަރެން އެ މީހުންނަށް ޕްރެޝަރު އޮތް ކަމަށް. އަދި އެ މީހުންނަކީ ފޭވަރިޓް ކަމަށް ވެސް މި ބުނަނީ،" ރާއްޖެ އާއި ފިލިޕީންސްގެ ލީގު ޗެމްޕިއަންކަން ހޯދާފައިވާ ވިޑަކޮވިޗް ބުންޏެވެ.

ކަރުދާހުގައި ފޭވަރިޓަކީ އޭޓީކޭ. ދަނޑުމަތީގައި އެކަން ތަފާތުވާނެ - ވިޑަކޮވިޗް

މާޒިޔާ އިން އޭއެފްސީ ކަޕަށް ނުކުތްއިރު އަމާޒު ހިފާފައި އޮތީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމަށެވެ. އެކަމަކު ފުރަތަމަ މެޗުން ބަޝުންދަރާ އަތުން ބަލިވުމުން މާޒިޔާ އަށް މިހާރު އަމިއްލަ ބާރުގައި އަނެއް ބުރުގެ ޖާގަ ނުހޯދޭނެ އެވެ. މާޒިޔާ އަށް ޖެހޭނީ ބާކީ ދެ މެޗުން (އޭޓީކޭ އާއި ބެންގަލޫރު އަތުން) މޮޅުވެ، ގްރޫޕްގެ އެހެން މެޗުތަކުން ނުކުންނަ ނަތީޖާތަކަށް ބަލާށެވެ.

ފުރަތަމަ މެޗުން ބަލިވުމުން މާޒިޔާގެ މެނޭޖްމަންޓްގެ ޕްރެޝަރެއް އެބައޮތޯ ސުވާލުކުރުމުން ވިޑަކޮވިޗް ބުނީ އެ ފަދަ ޕްރެޝަރެއް ނެތް ކަމަށާއި މި މުބާރާތަށް ކުރިމަތިލިއިރު، ހާލަތު އޮތްގޮތް ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށެވެ.

"އެންމެ ފަހުން މެއި މަހު ތިން ވަނަ ދުވަހު ހެން އަހަންނަށް ހީވަނީ އަހަރެމެން (ރާއްޖޭގެ ލީގުގައި) ވާދަވެރި މެޗެއް ކުޅުނީ. އޭގެ މާނަ އަކީ މި މެޗުތައް (އޭއެފްސީ ކަޕް) މި ކުޅެނީ ތިން މަސް ފަހުންނޭ. ވާދަވެރި މެޗުތަކެއް ނުކުޅެވުނަސް އަހަރެެން ސައުދީ އަރަބިއްޔާ އަށް ދިޔައީ މެޗުތަކެއް ކުޅެން. އެއީ ރާއްޖޭގައި ވާދަވެރި މެޗުތަކެއް ކުޅެން ނުލިބޭއިރު، ތިން ވަނަ ޑިވިޝަނުގެ ޓީމުތަކާ ކުޅެގެން މިކަމެއް ނުވާނެތީ،" ވިޑަކޮވިޗް ބުންޏެވެ.

"މި ހުރިހާ ވާހަކައެއް މި ދައްކަނީ ބަހަނާއެއް ދައްކާކަށެއް ނޫން. އަހަރެމެން ދެން މެޗުތަކުގައި ފައިޓްކުރާނަން،"

މާޒިޔާ އިން މެއި މަހު އެންމެ ފަހުން ރަސްމީ މެޗެއް ކުޅުނުއިރު، އޭއެފްސީ ކަޕްގެ ކުރިން އެންމެ ފަހުން އޭޓީކޭ މެޗެއް ކުޅުނީ މާޗް މަހުގަ އެވެ. ވިޑަކޮވިޗް ބުނީ އެ ވިސްނުމުގައި ދެ ޓީމުގެ ހާލަތު މިނެކިރާނަމަ ގޯސްކޮށް އޮތީ އޭޓީކޭ އަށް ކަމަށެވެ. އެކަމަކު، އެއީ ހުރިހާ ކަމެއް ކަމަށް ދެކިގެން މިރޭގެ މެޗަށް ތައްޔާރުނުވެވޭނެ ކަމަށް ވިޑަކޮވިޗް ވަނީ ބުނެފަ އެވެ.

ވިޑަކޮވިޗްގެ ކޯޗުކަމުގައި މާޒިޔާ އިން ނުކުތް 11 މެޗުގެ ތެރެއިން ފުރަތަަމަ ފަހަރަށް ބަލިވި މެޗަކީ އެންމެ ފަހުން ބަޝުންދަރާއާ ބައްދަލުކުރި މެޗުގަ އެވެ. ވިޑަކޮވިޗް ވަނީ އެ މެޗަށް ފަހު މާޒިޔާ ކުޅުންތެރިންނާ ވާހަކަ ދައްކައި ރަނގަޅުކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ. އަދި ފުރަތަމަ މެޗަކީ މާޒީ ކަމަށް ހަދައި މިރޭ އޭޓީކޭ އަތުން މޮޅެއް ހޯދަން ކުޅެވުނު އެންމެ މޮޅަށް އޭޓީކޭއާ ދެކޮޅަށް ކުޅެން ކުޅުންތެރިންނަށް އިރުޝާދުދިނެވެ.

"އަހަރެމެން މި މެޗުން މޮޅުވާން ބޭނުމީ އޮތް ކުޑަ އުއްމީދެއްގައި ވެސް ކުރިއަށް ދާން. އޭރުން ފަހު މެޗަށް ދާއިރު ވެސް އަހަރެމެންނަށް ކަމެއް ހާސިލްކުރެވޭނެ ކަމުގެ އުއްމީދެއް އޮންނާނީ. އަހަރެމެންނަށް އެނގޭ އެ މީހުން (އޭޓީކޭ) ބަލިކުރަން ފުރުސަތެއް އެބައޮތްކަން. އެކަމަކު، އަހަރެމެން ކުޅެން ޖެހޭނީ ވަރަށް ފުރިހަމަ މެޗެއް،" ސާބިއާ ގައުމީ ޓީމުގެ އެސިސްޓަންޓަކަށް ކުރިން މަސައްކަތްކުރި ވިޑަކޮވިޗް ބުންޏެވެ.

މާޒިޔާ އިން ވަނީ މީގެ ކުރިން 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި މޯހަން ބަގާން އަތުން ދެ ފަހަރު މޮޅުވެފަ އެވެ. އެއީ ކަލްކަތާގައި 1-0 އާއި މާލޭގައި 5-2 އިންނެވެ. އޭރު އެ ޓީމު އޮތީ މޯހަން ބަގާން ނަމުގަ އެވެ. އެކަމަކު، ފަހުން އެ ޓީމު ވަނީ އެތުލެޓިކޯ ޑި ކޮލްކަތާއާ އެއްކޮށްލުމަށް ފަހު އޭޓީކޭ މޯހަން ބަގާންގެ ނަމަށް ރީބްރޭންޑްކޮށް އިންޑިއަން ސުޕަ ލީގު (އައިއެސްއެލް)ގައި ވާދަކުރަން ފަށައިފަ އެވެ.

ގަލޮޅު ދަނޑުގައި އޭޓީކޭ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox