ޕްރެޝަރު މެޗުތަކުގައި ލިބޭ ފުރުސަތުގެ ބޭނުންހިފަންޖެހޭ: އިރޭ

Aug 20, 2021, 9:23 AM
މާޒިޔާގެ މެޗެއްގެ ތެރެއިން އިރޭ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

މާޒިޔާގެ މެޗެއްގެ ތެރެއިން އިރޭ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

މި ފަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގައި މި ވަގުތު ކުޅެން ޖެހޭ ކޮންމެ މެޗަކީ ވެސް ޕްރެޝަރު މެޗެއް ކަމަށާއި އެ މެޗުތަކުގައި ލިބޭ ކޮންމެ ފުރުސަތެއްގެ ވެސް ބޭނުންހިފަން ޖެހޭނެ ކަމަށް މާޒިޔާގެ ވައިސް ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) ބުނެފި އެވެ.

މާލޭގައި ކުރިއަށްދާ އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ މެޗުތަކުގެ ތެރެއިން މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި އަންގާރަ ދުވަހުގެރޭ ވަނީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަތުން 2-0 އިން ބަލިވެފަ އެވެ. އެ މެޗުގެ ފުރަތަމަ 10 ވަރަކަށް މިނިޓް ތެރޭ މާޒިޔާގެ އިބްރާހިމް އައިސަމް އާއި ކޮނޭލިއަސް ސްޓެވާޓް (ކޯނޭ)ގެ އިތުރުން ނާއިޒު ހަސަން (ދާދު) އަށް ގޯލެއް ޖަހަން ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އޭގެއިން ފުރުސަތެއް ގޯލަކަށް ހަދައިލެވުނުނަމަ މާޒިޔާ އަށް އެ މެޗުގައި ކުރިއަށްދާން ފަސޭހަވާނެ އެވެ.

އޭއެފްސީ ކަޕްގައި މާޒިޔާ ކުޅޭ ދެ ވަނަ މެޗުގައި މާޒިޔާ އިން މާދަމާރޭ ކުޅޭނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށެވެ. އެ މެޗަށް ނުކުތުމުގެ ކުރިން ގަލޮޅު ދަނޑުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިރޭ ބުނީ ފުރަތަމަ ލީޑެއް ލިބުމަކީ މެޗުގައި ކުޅެން ފަސޭހަވާނެ ކަމެއް ކަމަށެވެ.

"މި ކަހަލަ (މެޗުތަކެއް) ޕްރެޝަރުގައި ކުޅޭއިރު ފުރަތަމަ ކޮޅުގައި ލިބޭ އެއްޗެއް ޖަހައިފިއްޔާ އެއީ މުޅި ޓީމަށް ވެސް ލިބޭ އެޑްވާންޓޭޖެއް. ވާގޮތަކީ އެއްޗެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި އެއްވަރު ކުރުމަށް ވުރެ ފުރަތަމަ ކޮޅުގައި ކުރީގައި އޮވެގެން އެ ލީޑު ހިފަހައްޓަން ވަރަށް ފަސޭހަވާނެ،" ގައުމީ ޓީމަށް ވެސް ކުޅޭ މިޑްފީލްޑަރު ބުންޏެވެ.

މާޒިޔާގެ އެއް ވަނަ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އަށް ލިބިފައިވާ އަނިޔާގެ ސަބަބުން ބަޝުންދަރާއާ ދެކޮޅަށް އޭނަ ނުކުޅެ އެވެ. އޭނަގެ މަގާމުގައި ފަހަތަށް ކުޅުނީ އެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިރޭ އެވެ.

އިރޭ އަކީ އާންމު ގޮތެއްގައި މެދުތެރެއަށް ކުޅޭ ކުުޅުންތެރިއެކެވެ. އެކަމަކު ހާލަތުގެ ގޮތުން ބައެއް ފަހަރު ޑިފެންޑަރަކަށް ވެސް ކުޅެފައި އެބަހުއްޓެވެ. ބަޝުންދަރާ އިން މާޒިޔާ ކޮޅަށް ލީޑުނެގީ އިރޭ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މެޗުގެ 26 ވަނަ މިނިޓްގައި ހާފުގެ މެދެއްހާ ހިސާބުން މާޒިޔާގެ ފަހަތަށް ދިޔަ ބޯޅައެއް ސާފުކޮށްލަން އިރޭ ފޮނުވާލި ބޯޅައެއް ކީޕަރު މިރްޒޮހިދު ކުރިއަށް އަރައި ހުރި ވަގުތު މަތިން ބޯޅަ އޮއްސިގެން ވެއްޓުނީ ގޯލުގެ ތެެރެއަށެވެ.

ބަޝުންދަރާގެ އާޖެންޓީނާ ފޯވާޑް ބަސޭރާ (މ) އަތުން ބޯޅަ ހޯދަން އިރޭ (ވ) މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްސީ

އިރޭ ބުނީ ރަނގަޅަށް ކުޅެމުން ދަނިކޮށް އެ ގޯލު އެ ގޮތަށް އައުމުން އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް ސިކުނޑީގައި އެކަން ބަހައްޓައިގެން ކުރިއަށްދާން އުނދަގޫވާތީ ނިމިފިފައި އޮތް ކަމެއްގެ ވާހަކަ ދެން ދައްކަން ބޭނުންނުވާ ކަމަށެވެ.

"ފުޓްބޯޅަ ކުޅުންތެރިއަކު ކަމަށް ވެއްޖިއްޔާ އެ ކަހަލަ ކަންތައްތަކާ ފޭސްކުރަން (ކުރިމަތިލާން) ޖެހޭނެ. މިސާލަކަށް ޓީވީ ދޮށުގައި ބަލަން އިންނަ މީހެއް ނުކުރާނެ އެ ކަހަލަ ކަމެއް. ކުޅެން އަރައި ހުންނަ ޕްލޭޔަރަކު މިސްޓޭކެއް ހަދާނީ. މާ ބޮޑު ކަމެއް ނޫން އެއީ. ކުރިއަށް ދެން ވިސްނަނީ،"

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި އަނެއް ބުރަށް ދެވޭނީ ކޮންމެ ގްރޫޕަކުން ވެސް އެއް ޓީމަކަށެވެ. ފުރަތަމަ މެޗުން ބަލިވުމުން އަމިއްލަ ބާރުގައި އަނެއް ބުރަށް ދިއުމުގެ ފުރުސަތު މިހާރު މާޒިޔާ އަށް ނެތެވެ. އެކަމަކު، އޮތް ހަނި ފުރުސަތުގެ ބޭނުން ހިފައިގެން އަނެއް ބުރަށްދިއުމުގެ އަމާޒުގައި މަސައްކަތް ކުރާނަމަ ބޭނުންނަމަ މާދަމާރޭ މާޒިޔާ އިން އޭޓީކޭ މޯހަން ބަގާން ބަލިކުރުން މަޖުބޫރެވެ.

މާޒިޔާ އިން ވަނީ މީގެ ކުރިން 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި މޯހަން ބަގާން އަތުން ދެ ފަހަރު މޮޅުވެފަ އެވެ. އެއީ ކަލްކަތާގައި 1-0 އާއި މާލޭގައި 5-2 އިންނެވެ. އޭރު އެ ޓީމު އޮތީ މޯހަން ބަގާން ނަމުގަ އެވެ. އެކަމަކު، ފަހުން އެ ޓީމު ވަނީ އެތުލެޓިކޯ ޑި ކޮލްކަތާއާ އެއްކޮށްލުމަށް ފަހު އޭޓީކޭ މޯހަން ބަގާންގެ ނަމަށް ރީބްރޭންޑްކޮށް އިންޑިއަން ސުޕަ ލީގު (އައިއެސްއެލް)ގައި ވާދަކުރަން ފަށައިފަ އެވެ.

އޭޓީކޭ އިން މި ފަހަރު އޭއެފްސީ ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި އަންގާރަ ދުވަހު ހަވީރު ވަނީ 2-0 އިން ބެންގަލޫރު ބަލިކޮށްފަ އެވެ. މާޒިޔާ އާއި އޭޓީކޭ ކުޅޭ މެޗު ފަށާނީ މާދަމާރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox