ވަގު ބުކިންގެ މައްސަލައިގައި އިންޑިއާ ކަންބޮޑުވެ، ހުއްޓުވައިދޭން އެދިއްޖެ

ދެކުނު އޭޝިއާ ސަރަހައްދުން ރާއްޖެ އައި ފަތުރުވެރިންތަކެއް ވެލާނާ އެއާޕޯޓުގައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދެކުނު އޭޝިއާ ސަރަހައްދުން ރާއްޖެ އައި ފަތުރުވެރިންތަކެއް ވެލާނާ އެއާޕޯޓުގައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ވަގު ބުކިން ހައްދައިގެން ޓޫރިސްޓުން ގެނެސް މަގުމަތިކުރާ މައްސަލަ ހުއްޓުވައިދޭން އިންޑިއާ ސަރުކާރުން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުގައި އެދިއްޖެ އެވެ.

ފަހަކަށް އައިސް އޮޅުވާލައިގެން ރާއްޖެއަށް ފަތުރުވެރިން އެތެރެކުރަމުންދާ މައްސަލަ ބޮޑުވެފައިވާއިރު، އެކަމުގެ އެންމެ ބޮޑު ޝިކާރައަކަށްވެފައިވަނީ އިންޑިއާގެ ޓޫރިސްޓުންނެވެ.

ރާއްޖެއަކީ މިހާރު މެދުއިރުމައްޗާއި ޔޫރަޕަށް ދަތުރު ކުރާ އިންޑިއާ މީހުން ޓްރާންސިޓްވުމާއި ކަރަންޓީން ވުމަށް މަގުބޫލު މަންޒިލެކެވެ. ހުޅުމާލޭ ގޮނޑުދޮށް ވެސް ފުރިފައި އެވަނީ އިންޑިއާގެ ޓޫރިސްޓުންނާ އެކު އެވެ.

ރާއްޖެ އެތެރެވުމުގެ ކުރިން ޓޫރިސްޓުން ތިބޭނެ ތަނެއް އިމިގްރޭޝަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހެ އެވެ. އެހެން ހުށަހަޅާއިރު މަދު ރޫމް ހުންނަ ގެސްޓް ހައުސްތަކުގެ ނަމުގައި ދުވާލެއްގެ މައްޗަށް އެތައް ބައިވަރު މީހުން ރާއްޖެ އެތެރެވާތީ އެފަދަ ތަންތަނަށް ގުޅައި ޗެކް ކުރަން އިމިގްރޭޝަނުން މިވަނީ ފަށައިފަ އެވެ.

އެގޮތަށް ޗެކް ކުރާއިރު އެނގެނީ ހޮޓާތަކާއި ގެސްޓް ހައުސްތަކުގެ ނަމުގައި ފޭކް ބުކިން ހަދައިގެން އެތައް ބަޔަކު އެތެރެވާ ކަމެވެ.

އޭގެ އިތުރުން ވަގު ބުކިން ހައްދައިގެން ޓޫރިސްޓުން ގެނެސް މަގުމަތި ކުރާ މައްސަލަ ވެސް ބޮޑެވެ. އެކަމުގައި އިސްކޮށް ބިދޭސީން ހަރަކާތްތެރިވެ އެވެ.

އެގޮތުން، އޮޅުވާލައިގެން ޓްރެފިކް ކުރި 180 އަށް ވުރެ ގިނަ ބިދޭސީން ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދީ ހޯމަ އަނބުރާ ފޮނުވާލާފައިވާއިރު، އޭގެ ކުރިން ރޭ ރާއްޖެ އައި ބަޔަކަށް ފަސް ތަރީގެ ހޮޓަލެއް ކަމަށް ބުނެ ބުކިން ހައްދާފައި އޮތީ ފަޅު ގެއެއްގެ ނަމުގަ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ ޑެޕިޔުޓީ ހައިކޮމިޝަނަރު ރޯހިތު ރަތިޝް މިއަދު "އަދަދު"އަށް ވިދާޅުވީ އެ މައްސަލައިގައި ރާއްޖޭގެ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން އެދެފިން މުސްތަގުބަލުގައި މިކަން ތަކުރާރުނުވުމަށް ފޭކް ބުކިން ހައްދައިދޭ އޭޖަންޓުންނަށް ފިޔަވަޅުއަޅައި އެކަން ހުއްޓުވައި ދިނުމަށް،" ރޯހިތު ވިދާޅުވި އެވެ.

އޭގެ އިތުރުން، މި މައްސަލަ އިތުރުވަމުންދާކަން އިންޑިއާގެ ކަމާގުޅޭ އިދާރާތަކުގެ ސަމާލުކަމަށް ވެސް މިހާރު ގެނެސްފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓޫރިސްޓުން ތިބޭނެ ތަނެއް ނެތިގެން ޑިމާންޑް ބޮޑުވެފައިވާއިރު މީހުން ދިރިއުޅޭ ގެތަކުގައި ޓޫރިސްޓުން ބަހައްޓާ މައްސަލަ ވެސް މިފަހުން ވަނީ ފެންމަތިވެފަ އެވެ.

އެއާއެކު ހެލްތް ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިންސްޕެކްޝަންތަކެއް ވެސް ފަށާފައިވާއިރު، ދެކުނު އޭޝިއާ ގައުމުތަކުން ޓްރާންސިޓް ކަރަންޓީނު މަންޒިލެއްގެ ގޮތުގައި ރާއްޖެ އަންނަ ޓޫރިސްޓުން މީހުން ދިރިއުޅޭ ގޭގޭގައި ބޭތިއްބުން ހުއްޓުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox