ކޮލަމް: ދަމައިލި ފޮތިގަނޑުން ހަނދާނަށް ގެނުވި ހުތުރު މާޒީ!

ކޮލަމް: ދަމައިލި ފޮތިގަނޑުން ހަނދާނަށް ގެނުވި ހުތުރު މާޒީ!

މާޒީގެ މަންޒަރެކެވެ.... އެއީ ދެހާސް ސޯޅަ ވަނަ އަހަރުގެ ފަހުކޮޅެވެ. އިވުނީ ވިޔާނުދާ އަޑުތަކެކެވެ. ފެނުނީ އޭރު ވެރިކަމުގައި އޮތް ޕާޓީގެ ކޯޅުންގަނޑެވެ. ޕާޓީގެ ލަގަނު އަތުލަން ހޭވި ހަޑި އެވެ.

އޭގެ ފަސް އަހަރު ފަހެވެ. ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމަކަށް ވަރުވަރުން ނޫސްވެރިން ޖަމާވެ ތިއްބެވެ. ކުރިމަތީގައި ހުއްޓި ވަޑައިގެން ހުންނެވި މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އަމާޒުކުރަމުންދިޔައީ ވެރިކަން ކުރާ މައި ޕާޓީގެ ތެރޭގައި އޮތް ކޯޅުމުގެ ސުވާލުތަކެވެ. އެމަނިކުފާނުގެ އަޚު، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ކުރެވެމުންދާ ސިޔާސީ އަރައިރުމަށް ޖަވާބެއް ލިބޭތޯ އެވެ.

ވިސްނައިގެން ތިބެވުނީ މި ފަހަރު ވެސް އެދެވިގެންވާ ޖަވާބެއް ނުލިބޭނެ ކަމަށެވެ. ބެލެވުނީ އެމަނިކުފާނު ދެއްވާނީ، އާންމުކޮށް ޑިފެލްކެޓް ކުރައްވައި ވިދާޅުވާ ފަދަ ޑިޕްލޮމެޓިކް ޖަވާބެއް ކަމަށެވެ.

Advertisement

އެކަމަކު އެ ދުވަހު އޮއިވަރު ބަދަލުވެއްޖެ ކަމުގެ އިހުސާސް ކުރެވުނެވެ. ނަޝީދަށް ސީދާ ގޮންޖައްސަވައި ޒާތުގެ ޖަވާބެއް ނުދެއްވި ނަމަވެސް، ކުރެއްވީ މަލަމަތިން މަޑުމަޑުން ފެންނަމުންދާ ހަނގުރާމައަށް ރައީސް ސޯލިހު ވެސް ހަތިޔާރު ނަންގަވައިފި ކަމުގެ އިޝާރާތެކެވެ.

މި ފަހުން ނަޝީދު ދެއްކެވި ކޮންމެ ވާހަކައަކަށް ރައީސް ނުސީދާކޮށް ރައްދު ދެއްވަމުން ގެންދެވިއިރު، އެމަނިކުފާނު ވިދާޅުވި އެއް ޖުމްލަ ސިކުނޑީގައި މަޑުމަޑުން ކޮށައިލި އެވެ. ދެ ފަޅިވެފައިވާ ޕާޓީ އެއް ގަލަކަށް އަރުވަން މަސައްކަތް ކުރުމަކީ ޕާޓީގެ އެންމެ "އިސް ލީޑަރު" ގެ ހައިސިއްޔަތުން އެމަނިކުފާނު ކުރައްވަންޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވި ވިދާޅުވުމެވެ.

އެކަމަކު މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް އެބައޮތްކަމަށް ވިދާޅުވި ވާހަކަތަކާ އެކު، އެ ޖުމްލައަށް އޭރު މާބޮޑު ސަމާލުކަމެއް ނުދެވުނެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގެ ހަފްތާއެއް ފަހުން، އެ ޖުމްލައަކީ ރައީސް ނެންގެވި ވަރުގަދަ ހަތިޔާރެއްކަން ހާމަވީ ތ. ތިމަރަފުށީގެ ފަސްގަނޑުންނެވެ.

އެ ރަށުގެ އެމްޑީޕީ މެމްބަރުންނާ ރައީސް ބައްދަލުކުރެއްވީ އަންގާރަ ދުވަހުގެ ރެ އެވެ. ނިސްބަތުން މީސްކޮޅު މަދު ބައްދަލުވުމުގެ ފޮޓޯއެއް ފެނުނުއިރު، ލޮލުގައި އަޅައިގަތީ ރައީސް ސޯލިހު އިށީދެވަޑައިގެން އިންނެވި ގޮނޑީގެ ފަހަތުން ދަމާފައި ހުރި ރީނދޫ ފޮތިގަނޑުގަ އެވެ.

"ޕާޓީގެ އިސް ލީޑަރު މެމްބަރުންނާއި ބައްދަލުކުރުން."

އެމްޑީޕީގެ ލޯގޯ ޖަހާފައިވާ އެ ބެނާގައި އުސޫލެއްގެ ގޮތުން މައްސަލައެއް ނެތެވެ. އޭގައި ހަގީގަތާ ހިލާފު ވާހަކައެއް އޮވެގެންވެސް ނޫނެވެ.

އެ ފޮޓޯ ބަލައިލަން އުނދަގޫވީ އެ ފޮތިގަނޑުގައި އެހެން ޖަހަން ޖެހުނު ސަބަބާމެދު ފިކުރު ހިންގާލުމުންނެވެ. އެކަން ކުރީ އެހެން ޕާޓީއަކުން ނަމަ އެހާ އުނދަގޫ ނުވީސް ކަންނޭނގެ އެވެ.

އެކަމަކު އެއީ އެމްޑީޕީ އެވެ. ތާއަބަދު، ތަފާތުކަމަށް ވަކާލާތުކުރާ ޕާޓީ އެވެ. ސަބަބުތައް ވެސް އެބަހުއްޓެވެ. ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ލީޑަރުންނަށް އޮންނަ ލޯތްބާއި އިތުބާރު، ލަގަބަކަށް ނޫނީ މަގާމަކަށް ނުބަލާ ކަމެވެ. އެމްޑީޕީގެ ފައުޖުތައް ޕާޓީގެ ހަރަކާތްތަކަށް ޖަމާވަނީ ވަކި މީހަކަށް ބަލައިގެން ނޫން ކަމަށްވީމަ އެވެ.

އެކަމަކު ރައީސް ސޯލިހު އެކަން ކުރައްވަން ޖެހިވަޑައިގެންކަމީ އެތައް ވާހަކަ އެއް ބުނެދޭ ކަމެކެވެ. އެ ފޮތިގަނޑުން އެކަނި މިހާރު އެނބުރިފައިވާ ސިޔާސީ އޮވަރު ހުރި މިސްރާބު ވަރަށް ސާފުކޮށް ފެނެ އެވެ. އެމަނިކުފާނުގެ ކައިރިން ފެނުނު ފަޅުކަމަކީ އެކަމަށް ލިބުނު އިތުރު ބާރެކެވެ. އެ އަތޮޅަށް ނިސްބަތްވާ މަޖިލިސް މެމްބަރެއް އަރިހުގައި ނެތީމަ އެވެ. ޕާޓީގެ ލީޑާޝިޕްގެ އެހެން ބޭފުޅަކު ވެސް އެ ދަތުރުގައި ނުގެންދަވާތީ އެވެ.

"އިސް ލީޑަރު" ވީމާ އެހެން ބޭފުޅަކު އަރިހުގައި ހުންނަވަން ބޭނުންފުޅުނުވީ ކަމަށް ވެސް ވެދާނެ އެވެ. އެކަމުގައި މައްސަލައެއް ވެސް ހަގީގަތުގައި ނެތެވެ. އެ ހައްގު ރައީސް ސޯލިހަށް ވެސް އޮންނާނެ އެވެ. އެމަނިކުފާނު ވިދާޅުވި ފަދައިން ދެ ވަނަ ދައުރެއްގެ ފުރުސަތު ބަންދުނުވާތީ އެވެ.

އެކަމަކު މައްސަލައަކީ އެކަން ކުރައްވަން އިހުތިޔާރު ކުރެއްވި މަގެވެ. ލަގަބުގައި ހިއްޕަވައިގެން ސަޕޯޓް ހޯއްދަވަން ނުކުންނަވަން ޖެހިވަޑައިގެންނެވުމަކީ ހަމަ ޔަގީންނުންވެސް އެމްޑީޕީއާ ވަރަށް ބީރައްޓެހި ސިފަ އެކެވެ. އެމްޑީޕީގެ ރައީސުލްޖުމްހޫރިއްޔާއަކު، އެ ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވަން "އިސް ލީޑަރު" މި ލަގަބް ބޭނުންކުރަން ޖެހިވަޑައިގަތުމަކީ، އެ ޕާޓީގެ ފަލްސަފާއާ އިދިކޮޅު ކަމކެެވެ.

ކޮންމެއަކަސް، ހުރަހަކަށް ދަމައިލި އެ ފޮތިގަނޑުން، ހަނދާނަށް ގެނުވީ މީގެ ފަސް އަހަރު ކުރިން ފެނުނު ހުތުރު މާޒީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިސެންބަރު 2 ގެ ކުރިން މި ފުރުސަތުގެ ބޭނުން ހިފާށެވެ.

ރަސްމާލެ މަޝްރޫއަށް މަގުފަހިކުރާ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް" އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް މި ލިޔުމުގައި ގޮވާލާފައިވެއެވެ. ގައުމުގެ ބިމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ޑިސެންބަރު 2 ގެ ކުރިން ހުރިހާ ފަންތިއެއްގެ ރައްޔިތުންނާއި ތަޖުރިބާކާރުން މަޖިލީހުގެ ކޮމިޓީއަށް ހިޔާލު ފޮނުވުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ސިޓީބިޓީ: އިހުތިރާމާ ގުޅޭ ގޮތުން ރައީސް މުއިއްޒަށް ސުވާލެއް!

ރައީސް ޑރ. މުއިއްޒު "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހު ކުރެއްވި ނަމަވެސް، އެ މަޝްރޫއުގެ ތަފްސީލާއި އިހުތިރާމުގެ މާނަ ސާފުކޮށްދެއްވާފައި ނުވާތީ މި ލިޔުމުގައި ވަނީ ފާޑުކިޔާފައެވެ. އަދި މުޅި ގައުމަށް ނަސޭހަތް ދެއްވުމުގެ ކުރިން، ރައީސްގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ އަމަލުތަކާއި ބަސްމަގު ހުރި ގޮތުން އެ ބޭފުޅުންނަށް އިހުތިރާމް ކުރަން ދަސްކޮށްދެއްވާފައިވޭތޯ ލިޔުމުގައި ސުވާލު އުފައްދާފައިވެއެވެ.

ރިންގު ހުސްވަންދެން ދިހަ ބާރަފަހަރަށް ގުޅުމުގެ ދީނީ ހުކުމް

ތިމާގެ އެކުވެރިޔާގެ ހާލަތްތަކާއި އުޒުރުތަކެއް ހުރެދާނެކަމަށް ބެލުމެއް ނެތި އެކުވެރިޔާއަށް އުނދަގޫވާނެހެން ދިހަބާރަ ފަހަރަށް ރިންގު ހުސްވަންދެން ފޯނުކޮށްކޮށް ހުރުމަކީ އެކުވެރިޔާގެ ޑިޖިޓަލް ޕާރސަނަލް ސްޕޭސްއަށާއި ބައުންޑަރީއަށް އަރައިގަތުމެވެ. އެކަމަކީ ދީނީގޮތުން ކޮށްގެންވާނެ ކަމެއް ނޫނެވެ.

ތަދުވަނީތަ ހިތަށް؟ ތިއީ ދެން ކޮންކަމެއް؟

މި ލިޔުމަކީ ފަރެސް އާމިރުގެ ޅެންތަކުގެ ތެރެއިން، 'ހުސްވަތެއް ދުޅައަށް ގުނުން މަކަރަށް ވެދާށި' މި ޅެމުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުމުގައި ބަލާލާފައިވަނީ އެ ޅެމުގެ ވަކިވަކި ބައިތުތަކުގެ މާނައަށެވެ.

އަހަރެން ވެސް ތަރައްގީ ދެކެން ބޭނުން... އެކަމަކު

1977 ވަނަ އަހަރު ސޮވިއެޓް ޔޫނިއަނުން އައްޑޫ ގަން ކުއްޔަށް ހިފަން ހުށަހެޅި ބޮޑު އަގު، ރާއްޖޭގެ މިނިވަންކަމާއި ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތު ދެމެހެއްޓުމަށްޓަކައި ރައީސް ނާސިރު ދޫކޮށްލެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ފޮނުވާލައި، ގައުމީ މަސްލަހަތަށް އިސްކަންދެއްވައިގެން މުހިންމު ފިޔަވަޅުތަކެއް އެމަނިކުފާނު އެޅުއްވިއެވެ.

ސިންގަޕޫރާއި ދެކުނު ކޮރެއާގެ ފޮރިން އިންވެސްޓްމަންޓާ އަޅާކިޔުން

ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް މުހިންމު ނަމަވެސް، ބިން ދޫކުރުމުގައި ދައުލަތަށް ލިބޭ ދާއިމީ ފައިދާއާއި ނުރައްކަލަށް ވިސްނަންޖެހެއެވެ. ސިންގަޕޫރު ފަދަ ގައުމުތަކުގައި ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރަނީ ހާމަކަންބޮޑު ބީލަމުގެ ނިޒާމެއްގެ ތެރެއިން، ވަކި މުއްދަތަކަށް ކުއްޔަށް ކަމަށްވާއިރު، ބިމުގެ މިލްކިއްޔާތާއި ބަނދަރު ފަދަ މުހިންމު ވަސީލަތްތައް ބާއްވަނީ ދައުލަތުގެ ބާރުގެ ދަށުގައެވެ. އެހެންކަމުން ރާއްޖޭގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު މިފަދަ ކާމިޔާބު ނަމޫނާތަކަށް ބަލައި، ދައުލަތުގެ މަންފާ އިސްކުރުން މުހިންމެވެ.

އީގަލް ހިލްސްއާ ނުލައި ވެސް ރަސްމާލެއިން ދާއިމީ ނަފާ ހޯދިދާނެ

ރަސްމާލެ ޓޫރިޒަމަށް އީގަލް ހިލްސްއަށް ދޫކޮށްލައިގެން ނުވާނެ. އޭގެ ބަދަލުގައި، ދިވެހިންގެ ފުރިހަމަ މިލްކުވެރިކަން އޮންނަ "ރަސްމާލެ ހިއްސާ" ކުންފުނިން ބިމުގެ ކޮންޓްރޯލް ހިފަހައްޓައި، ދައުލަތް އެންމެ ލޯނެއް ވެސް ނުނަގައި، ވަޒީފާތަކަށް އަމާޒުކޮށް އަމިއްލަ ހަރަދު އަމިއްލައަށް ބަލަހައްޓާ ދިރުންހުރި ސިޓީއެއް ބިނާކުރަންވީ.

Newsletter

Get the latest news delivered straight to your inbox