އުމުރު ދުވަހުގެ ޖަލު ހުކުމެއް އޮތް ތިން ދައުވާއަށް ޕެސްޓް އިންކާރުކޮށްފި

ޕެސްޓާއި ސުއައިދު މިއަދުގެ އަޑުއެހުމުގައި: ތިން ދައުވާއަށް ވަނީ އިންކާރުކޮށްފައި

ޕެސްޓާއި ސުއައިދު މިއަދުގެ އަޑުއެހުމުގައި: ތިން ދައުވާއަށް ވަނީ އިންކާރުކޮށްފައި

ރެޕްގެ ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)ގެ މައްޗަށް އުފުލާފައިވާ އުމުރު ދުވަހުގެ (25 އަހަރު) ޖަލު އަދަބެއް އަންނަން އޮތް ތިން ދައުވާއަށް އޭނާ މިއަދު އިންކާރުކޮށްފި އެވެ.

މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފެބުރުއަރީ 13ގައި ހައްޔަރުކޮށް، ޕެސްޓްގެ މައްޗަށް ފަސް ދައުވާއެއް އުފުލި އެވެ. އޭގެ ތެރެއިން ތިން ދައުވާއަކީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ މަސްތުވާތަކެތި ޓްރެފިކިންގެ ދައުވާތަކެވެ.

އެ ތިން ދައުވާއަކީ ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އަދި ޖަދުވަލް އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އެވެ. މި ތިން ދައުވާ ޕެސްޓްގެ އެކުވެރިއެއް ކަމަށްވާ މުހައްމަދު ސުއައިދުގެ މައްޗަށް ވެސް ވަނީ ކޮށްފަ އެވެ.

Advertisement

ދެ މީހުންގެ މައްޗަށް ތިން ދައުވާ އިއްވުމަށް މިއަދު ކުރިމިނަލް ކޯޓުގައި ވަނީ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފަ އެވެ. އަޑުއެހުމުގައި ތިން ދައުވާ ވެސް ދައުލަތުން އިއްވުމުން ޕެސްޓް އާއި ސުއައިދު ވަނީ އިންކާރުކޮށްފަ އެވެ.

ދައުލަތުން އިއްވި ދައުވާތަކުގައި ބުނާ ގޮތުގައި ޕެސްޓްއާ އިތުރު ބަޔަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެއިން ވިޔަފާރި ކުރާ ކަމުގެ އިންޓެލިޖެންސް މައުލޫމާތެއް ލިބިގެން ފުލުހުން ވަނީ ވީވާގެ ބަލާފާސްކޮށްފަ އެވެ. އެ ގޭގެ ކޮޓަރިއެއްގެ ތެރެއިން މަސްތުވާތަކެއްޗާއި ޑިޖިޓަލް ކައްޓާ އާއި މަސްތުވާތެކެތި ރައްކާކުރަން ގެންގުޅޭ ފިލްމް ހުސްކުރި ދަޅާއި ކޮތަޅު ފެނިފައިވެ އެވެ.

އަދި ޕެސްޓްގެ ޖީބުން ފެނުނު ސިގިރޭޓް ފޮއްޓެއްގެ ތެރެއިން ވެސް މަސްތުވާތަކެތި ހުރި ސެލޯފިން ކޮޅެއް ފެނިފައިވެ އެވެ. އޭގެ އިތުރުން ދައުވާގައިވާ ގޮތުގައި އެ ގޭ ތެރެއިން 14،000 ރުފިޔާ އާއި ޕެސްޓުގެ ޖީބުން 24،000 ރުފިޔާ ފެނިފައިވެ އެވެ. އެއީ ކިހިނެއް ހޯދި ފައިސާއެއް ކަމެއް އޭނާ ބުނެދެވިފައިނުވާ ކަމަށް ދައުވާގައިވެ އެވެ.

އޭގެފަހުން ވަނީ ޕެސްޓްއާ ގުޅުން އޮންނަ ގެއެއް ކަމަށް ތުހުމަތުކޮށް ރިހިއަލި ބަލާފާސްކޮށްފަ އެވެ. އެ ގޭގެ ގްރައުންޑް ފްލޯގައި ހުރި ކޮޓަރިއަކުން މަސްތުވާތަކެތި ރައްކާކުރާ ފަދަ ކޮތަޅު ބަންދުކުރާ އެއްޗަކާއި ޑިޖިޓަލް ކައްޓާއަކާއި ހުސް ޖޫސްޕެޓީ ކޮތަޅާއި މާސްކިން ޓޭޕާއި ކަޓަރު ފަދަ ތަކެތި ފެނިފައިވެ އެވެ. އަދި ކަބަޑެއްގެ ތެރެއިން ފެނުނު ފިލްމް ހުސްކުރި ދަޅަކުން މަސްތުވާތަކެތި ފެނުނު ކަމަށެވެ.

އޭގެއިތުރުން ދައުވާގައި ބުނި ގޮތުގައި ޕެސްޓް އަދި ސުއައިދު ސައިމާ ނަމަކަށް ކިޔާ ބޯޓަކަށް އެރުވި ސްޓޭންޑް ފައްކާއެއްގެ ތެރެއިން ފެނުނު ކޮތަޅަކުން ވެސް މަސްތުވާތަކެތި ވަނީ ފެނިފަ އެވެ. ތަހުލީލުތަކުން ހާމަވި ގޮތުން ފެނިފައިވަނީ ކެނެބިސް އާއި ޑައިމޯފިން އަދި ޖަދުވަލް އެކެއްގައި ބަޔާންކުރާ މަސްތުވާ އެއްޗެކެވެ.

ގާނޫނުގައި މި ތިން ދައުވާއަށް ވެސް އުމުރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅާފައިވާއިރު ޕެސްޓް އާއި ސުއައިދު އެ ދައުވާތަކަށް އިންކާރު ކުރުމުން ދައުލަތުން ވަނީ ހެކި ހުށަހަޅާފަ އެވެ. އެގޮތުން ތަހުގީގީ ގިނަ ރިޕޯޓްތަކާއި އެ ރިޕޯޓްތައް ތައްޔާރުކުރި ފުލުހުންގެ އޮފިސަރުން ހެކީގެ ގޮތުގައި ހުށަހެޅި އެވެ.

ޕެސްޓް އާއި ސުއައިދު ވެސް ވަނީ ދިފާއުގައި ހެކި ހުށަހަޅަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެހެންވެ، ލިޔުމުން ހެކި ހުށަހަޅަން ތިން ދުވަހުގެ މުއްދަތެއް ގާޒީ ދެއްވި އެވެ. އަދި، މައްސަލައަކީ މަދަނީ ގޮތުން ކުރިއަށް ގެންދެވޭނެ ދައުވާތަކެއް ކަމަށް ވެސް ކަނޑައެޅި އެވެ. އެއަށްފަހު ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުމެއް އޮންނަ ނަމަ، އެ ހުށަހެޅުމެއް ހުށަހަޅަން ވެސް ފުރުސަތު ދިނެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އެ ހުށަހެޅުންތަކާ މެދު ވާހަކަ ދެއްކުމެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ޕެސްޓްގެ ބަންދު ރިވިއު ކުރުމާމެދު ދެ ފަރާތުން ވެސް ވާހަކަ ދައްކާފައިވެ އެވެ. އެހެންވެ މިއަދު ވަނީ ޕެސްޓްގެ ބަންދާމެދު ގާޒީ ގޮތެއް ނިންމަވައިފަ އެވެ. އެގޮތުން ގާޒީ ނިންމެވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ނިންމުން ދަމަހައްޓަން ޖެހޭ ކަމަށެވެ.

ޕެސްޓްގެ މައްޗަށް ދެން އުފުލާފައިވާ ދެ ދައުވާއަކީ ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން އެހެން ދުވަހަކަށް ތާވަލުކޮށްގެން ކުރިއަށް ގެންދަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ޕެސްޓާއި ސުއައިދުގެ އިތުރުން ވެސް މި އޮޕަރޭޝަނާ ގުޅިގެން އިތުރު ތިން މީހަކަށް ވެސް ދައުވާ ވަނީ އުފުލާފަ އެވެ. އެއީ، ލ. ގަން-ތުނޑި، ރޯޝަންހިޔާ، އަހުމަދު ހުސާމާއި ލ. ގަން-ތުނޑި، ހަނދުވަރީހިޔާ، އަހުމަދު ޝަމްއޫން އާއި މ. އަސަރީހަދާން، އާއިޝަތު ހަސްނާ ނާހިދުގެ މައްޗަށެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ޕެސްޓާއި އޭނާގެ އެކުވެރިންތަކެއްގެ މައްޗަށް ބޮޑެތި ދައުވާތަކެއް އައިސްފައިވާއިރު، ރާއްޖޭގެ ރެޕް ދާއިރާއަކީ ޕެސްޓަކީ އެންމެ ފާހަގަކޮށްލެވޭ އާޓިސްޓެވެ. އޭނާގެ ގިނަ ރެޕް ލަވަތަކާއި އަލްބަމްތައް ނެރެފައިވާއިރު، އެއީ މަގުބޫލުކަން ވަރަށް ބޮޑަށް ހޯދި އުފެދުންތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox