އަންހެނުންގެ ހައްގުތައް ނުހިފަހައްޓާ ނަމަ ތާލިބާން ސަރުކާރު ބަލައިގަންނާނަން: އެމެރިކާ

ގްރީސްގައި ދިރިއުޅޭ އަފްގާނިސްތާނުގެ ރައްޔިތުން ތާލިބާން ސަރުކާރާ ދެކޮޅަށް އަޑު އުފުލަނީ. -- ފޮޓޯ: އޭއެފްޕީ

ގްރީސްގައި ދިރިއުޅޭ އަފްގާނިސްތާނުގެ ރައްޔިތުން ތާލިބާން ސަރުކާރާ ދެކޮޅަށް އަޑު އުފުލަނީ. -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (އޯގަސްޓު 17) - އަންހެނުންގެ ހައްގުތަކަށް އިހްތިރާމުކޮށް، އަލް ގައިދާ ފަދަ ޓެރަރިސްޓް ގްރޫޕުތަކަށް ހަރަކާތްތެރި ނުވެވޭ ގޮތް ހަދައިފި ނަމަ ތާލިބާން ސަރުކާރު ބަލައިގަންނާނެ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

"އަފްގާނިސްތާނުގައި ކުރިމަގުގައި އުފެދޭ ސަރުކާރަކާ މެދު އަޅުގަނޑުމެން ގޮތެއް ނިންމާނީ އެ ސަރުކާރެއްގެ އަމަލުތަކަށް ބެލުމަށް ފަހު. އެ ނިންމުން ބިނާވާނީ ތާލިބާނުންގެ އަމަލުތަކަށް ބެލުމަށް ފަހު،" ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ނެޑް ޕްރައިޒް ވިދާޅުވި އެވެ.

"ކުރިމަގުގައި އުފެދޭ އަފްގާން ސަރުކާރުން ރައްޔިތުންގެ އަސާސީ ހައްގުތައް ކުރިއަށް ނެރެ، ޓެރަރިސްޓުންނަށް ރައްކާތެރިކަން ނުދީ، އާބާދީގެ ދެބައިކޮށްފައި އެއްބައި ކަމުގައިވާ އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކަށް އިހްތިރާމް ކުރާ ނަމަ އެ ސަރުކާރާއެކު އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިދާނެ."

ޕްރައިޒް ވިދާޅުވީ އަފްގާނިސްތާނާ ގުޅޭ ކަންކަމުގައި އެމެރިކާގެ އެންމެ އިސް ނެގޯޝިއޭޓަރު ޒަމްލޭ ހަލީލްޒާދް މި ވަގުތު ވެސް ހުންނެވީ ތާލިބާނުންގެ ޑިޕްލޮމެޓިކް މަރުކަޒު، ގަތަރުގައި ކަމަށެވެ. ގަތަރުގައި އެމެރިކާގެ އޮފިޝަލުން ދަނީ ތާލިބާނުންނާ އެކު މަޝްވަރާތައް ކުރަމުންނެވެ.

"އޭގެ ތެރެއިން ބައެއް މަޝްވަރަތައް ވަރަށް ކާމިޔާބު," ކަމުގައި ޕްރައިޒް ފާހަގަކުރެއްވި އެވެ.

"އެކަމަކު މިއީ ތާލިބާނުންނަށް ވާތީ، ބަސްތަކަކަށް އަޑުއެހުމުގެ ބަދަލުގައި އަޅުގަނޑުމެން ބަލާނީ އަމަލަށް."

އެމެރިކާގެ ސިފައިން ވެސް ވަނީ ކާބުލް އެއާޕޯޓުގެ ސެކިއުރިޓީ ކަންކަމާ ގުޅޭ ގޮތުން ތާލިބާނުންނާ މަޝްވަރާކޮށްފަ އެވެ. އެމެރިކާ ރައްޔިތުންނާއި އެމެރިކާއާ ގުޅުން ހުރި އަފްގާން ރައްޔިތުން ކާބުލް އެއާޕޯޓުން ފުރަމުން ދާއިރު، އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓާނީ އެމެރިކާ ސިފައިންނެވެ.

ތާލިބާނުން 1996 އިން 2001 އަށް އަފްގާނިސްތާނުގައި ވެރިކަން ކުރިއިރު، އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް އޮތީ ވަރަށް ބޮޑަށް ހިފަހައްޓާފަ އެވެ. އެގޮތުން އަންހެނުން ވަޒީފާ އަދާ ކުރުން މަނާކޮށް އަންހެނުން ކުދިންގެ ސްކޫލުތައް ބަންދުކުރި އެވެ.

އޭރު އެ މީހުންގެ ވެރިކަން ވެއްޓުނީ ސެޕްޓެމްބަރު 11، 2001 ގައި އަލް ގައިދާ އިން ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެމެރިކާ ސިފައިން އަފްގާން ފަސްގަނޑަށް އެރުމުންނެވެ. ވިހި އަހަރަށް ފަހު އާދީއްތަ ދުވަހު ތާލިބާނުން އަނެއްކާ ވެސް ވަނީ އަފްގާނިސްތާނުގެ ވެރިކަމަށް އައިސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox