ޕީއެސްޖީގައި މެސީގެ ފުރަތަމަ މެޗު މި މަހު 29 ގައި؟

Aug 17, 2021, 4:14 AM
ސްޓްރާސްބާގާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މެސީ.-- ފޮޓޯ: އޭއެފްޕީ

ސްޓްރާސްބާގާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މެސީ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޮގަސްޓް 17) - ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީއާ ގުޅުނު ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ އެ ކްލަބަށް ކުޅޭނެ ފުރަތަމަ މެޗަކީ މި މަހު 29 ވަނަ ދުވަހު ފްރެންޗް ލީގުގައި ޕީއެސްޖީން ރެއިމްސްއާ ބައްދަލުކުރާ މެޗު ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މީގެ ކުރިން ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ އަވަސް އަރުވާލައިގެން މެސީ މެޗުތަކުގައި ބޭނުން ނުކުރާނެ ކަމަށާއި އޭގެ އެންމެ ބޮޑު ސަބަބަކީ މެސީ އަށް ރަނގަޅު ޕްރީ ސީޒަނެއް ލިބިފައިނުވުން ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެރޭ ޕީއެސްޖީން 4-2 އިން ސްޓްރާސްބާގް ބަލިކުރި މެޗުގެ ކުރިން މެސީ ހިމެނޭ ގޮތަށް ޕީއެސްޖީން މި ފަހަރު ސޮއިކުރި ކުޅުންތެރިންތައް ވަނީ އެ ކްލަބްގެ ފަރާތުން ޓީމުގެ ސަޕޯޓަރުންނަށް ތައާރަފްކޮށްފަ އެވެ.

ޕީއެސްޖީން ދެން ކުޅޭ މެޗުގައި ހުކުރު ދުވަހުގެރޭ ރަށުންބޭރުގައި ކުޅޭނީ ބްރެސްޓާ ދެކޮޅަށެވެ. އެ މެޗުގައި ވެސް މެސީ ފެނުމުގެ ފުރުސަތު ކުޑަކަމަށް ފްރާންސްގެ ލަ ޕެރީސިއަން ނޫހުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ބްރެސްޓް މެޗަށް ދަތުރުކުރާ ޕީއެސްޖީ ޓީމުގައި މެސީ ހިމެނުނު ނަމަވެސް އޭނާ އެ މެޗުގައި ނުކުޅޭނެ ކަމަށް ސްކައި ސްޕޯޓްސް އިން ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި މެސީ ރަސްމީކޮށް ޕީއެސްޖީ އަށް ކުޅޭނެ މެޗަކީ މި މަހު 29 ވަަނަ ދުވަހު އެ ޓީމުން ރެއިމްސްއާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ. އެ މެޗުގައި ޕީއެސްޖީގެ އާ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވެސް ފެނުމުގެ ފުރުސަތު އެބައޮތެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީން ގެނައި ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް ލިބިފައިވާ އަނިޔާ އިން ރަނގަޅުވެ، އޭނާ އަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ޕީއެސްޖީން މި ފަހަރު ގެނައި އަޝްރަފް ހަކީމީ އާއި ޖިއޮޖީނިއޯ ވައިނަލްޑަމް ވަނީ އެ ޓީމުގެ މެޗުތަކުގައި ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox