އަވަސް އަރުވާލައިގެން މެސީ މެޗުތަކަށް ނުލާނަން: ޕޮޗެޓީނޯ

Aug 14, 2021, 5:06 AM
ރާމޯސް (ކ) އާއި މެސީ ޕީއެސްޖީގެ ޖިމް ތެރޭގައި.

ރާމޯސް (ކ) އާއި މެސީ ޕީއެސްޖީގެ ޖިމް ތެރޭގައި.

ޕެރިސް (އޮގަސްޓް 14) - ދާދި ފަހުން ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީއާ ގުޅުނު ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ އަވަސްއަރުވާލައިގެން މެޗުތަކުގައި ބޭނުން ނުކުރާނެ ކަމަށް ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ޕީއެސްޖީ އަށް ބަދަލުވި ފަހުން މެސީ މިހާތަނަށް ފުރިހަމަ ކޮށްފައިވަނީ މަދު ޕްރެކްޓިސް ސެޝަނެކެވެ. ފްރެންޗް ލީގުގައި މިރޭ ސްޓްރާސްބާގާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި މެސީ ފެނިދާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޕޮޗެޓީނޯ ބުނީ މެސީ ދަނޑުމަތިން ފެންނަން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.

"ކޮޕަ އެމެރިކާ ފައިނަލަށް ފަހު އަދި މިވީ މަހެއްހާ ދުވަސް ފަހުން މެސީ އެ ކުރީ މަދު ޕްރެކްޓިހެއް. އަހަރެމެން ބޭނުމީ ފިޔަަވަޅަކަށް ފަހު ފިޔަވަޅެއް ދާން. މެޗު ފިޓްނަސްއާ ހުރިހާ ކަމަކަށް ބަލާފައި މެސީ އެއްކޮށް ފިޓްވީމަ މެޗުތަކުގައި ބޭނުންކުރާނީ،" ޕޮޗެޓީނޯ ބުންޏެވެ.

ކޮންމެ ކޯޗެކޭ އެއްގޮތަށް އޭނާ ވެސް ޓީމުގެ އެންމެ މުހިއްމު އަދި މޮޅެތި ކުޅުންތެރިން ލައިގެން މެޗުތައް ކުޅެން ބޭނުންވާ ކަމަށާއި އެކަމަކު މީގެ ކުޅުންތެރިޔާގެ ރައްކާތެރިކަން ކަށަވަރުކުރުން ވެސް އެއީ މުހިއްމު ކަމެއް ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

ޕީއެސްޖީ ޓްރެއިނިން ސެޝަނެއްގެ ތެރެއިން މެސީ.-- ފޮޓޯ: އޭއެފްޕީ

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީން ވަނީ ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ވެސް ގެނެސްފަ އެވެ. ރާމޯސްގެ ފަޔަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެ، އޭނާ އަށް ޕީއެސްޖީގެ މެޗުތަކުގައި ކުޅެވޭނީ އަންނަ މަހު އެވެ.

ރާމޯސް އާއި މެސީ އަކީ ރެއާލާއި ބާސެލޯނާ އަށް ކުޅުނުއިރު ގިނަ ދެބަސްވުންތަކެއް ދަނޑުމަތީގައި ހިނގި ދެ ކުޅުންތެރިންނެވެ. އެލްކްލަސިކޯ މެޗުތަކުގައި މެސީ އަށް ކުރި ނުރައްކާތެރި ފައުލުތަކަކަށް ރާމޯސް އަށް ގިނަ ފަަހަރުތަކެއްގައި ވަނީ ކާޑު ވެސް ދައްކައިފަ އެވެ. ޕޮޗެޓީނޯ ބުނީ އެ ކަންތައްތައް އެއީ މިހާރު މާޒީ ކަމަށެވެ.

"ދެން އެ މީހުން (ރާމޯސް އާއި މެސީ) ޕީއެސްޖީގައި ފެންނާނީ ކޮއްކޮ އާއި ބޭބެ ގޮތަށް،" ޕޮޗެޓީނޯ ބުންޏެވެ.

ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ލައިގެން ނަތީޖާ ނުނެރެވިއްޖެނަމަ ވަޒީފާ ގެއްލުމުގެ ޕްރެޝަރު އެބައޮތްތޯ ސުވާލުކުރުމުން ޕޮޗެޓީނޯ ބުނީ ދިރިއުޅުުމުގެ ކޮންމެ ކަމެއް ވެސް ގުޅިފައި އޮންނަނީ ކޮންމެވެސް ޕްރެޝަރަކާ ކަމަށާއި އެއީ އަބަދުވެސް އޮންނާނެ އެއްޗެއް ކަމަށެވެ.

ސްޓްރާސްބާގާއި ޕީއެސްޖީ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox