ނަޝީދާއެކު ނުރަސްމީކޮށް އިނގިރޭސިވިލާތުގައި ޝާހިދު ބައްދަލު ކުރައްވައިފި

ރައީސް ނަޝީދު އަދި ޝާހިދު: މިއީ ސިޔާސީ ގޮތުން ރައީސް ސޯލިހާއެކު ހުރެވެން ނެތް ކަމަށް ވިދާޅުވިފަހުން މި ސަރުކާރުގެ ވަޒީރަކާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރު --

ރައީސް ނަޝީދު އަދި ޝާހިދު: މިއީ ސިޔާސީ ގޮތުން ރައީސް ސޯލިހާއެކު ހުރެވެން ނެތް ކަމަށް ވިދާޅުވިފަހުން މި ސަރުކާރުގެ ވަޒީރަކާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރު --

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މި ސަރުކާރުގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ނުރަސްމީކޮށް އިނގިރޭސިވިލާތުގައި މިއަދު ބައްދަލު ކުރައްވައިފި އެވެ.

މިއީ، ބޮމުގެ ހަމަލާއިން ފަރުވާ ހޯއްދެވުމަށް މެއި 13، ގައި ނަޝީދު ފުރާވަޑައިގެންނެވި ފަހުން ސަރުކާރުގެ ވަޒީރަކާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

ޝާހިދާއި ނަޝީދު ބައްދަލު ކުރައްވާފައި މި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް ނަޝީދު އިއުލާން ކުރައްވާފައި އޮއްވަ އެވެ. އަދި ހިނގަމުންދާ މި ރިޔާސީ ދައުރު ނިމުމުގެ ކުރިން ވެރިކަން ހިންގާ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުމަށް ބޭނުންފުޅުވާ ކަމަށް އޭގެ ކުރިން ވިދާޅުވެފައި އޮއްވަ އެވެ.

Advertisement

އޭގެ އިތުރުން، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ކޯލިޝަނެއް ހަދަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ. ނަމަވެސް ރައީސް ސޯލިހު ވަނީ އެކަމަށް ރައްދު ދެއްވައިފަ އެވެ.

"އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ މަލްޓި ޕާޓީ ނިޒާމެއްގައި އެމްޑީޕީ އާއި ޕީޕީއެމް ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު އޮތް ކަމަކަށް. ސިޔާސީ ނިޒާމަށް އަދި މަސްލަހަތަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެ ދެ ޕާޓީ ދެ ފަރާތުގައި ތިބުން. އެއް ބަޔަކު އަނެއް ބަޔަކާ ސުވާލު ކުރެވި ފާޑުކިޔައިގެން،" މިދިޔަ ބުދަ ދުވަހު ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

ސިޔާސީ ގޮތުން ރައީސް ސޯލިހާއެކު ހުރެވެން ނެތް ކަމަށް އިއުލާން ކުރެއްވުމަށްފަހު ނަޝީދު ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެ ޕާޓީއަކީ ހަރުކަށި ވިސްނުމަށް ތާއީދު ކުރާ ޕާޓީއެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

މެއި 6، ވަނަ ދުވަހު އޮތް ތަރާވީސް ބައްދަލުވުމަށް ވަޑައިގެންނެވުމަށް ގެއިން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާ ހަމަވިތަނުން ގޮއްވާލި ބޮމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް އަށް ދުވަހު އޭޑީކޭ ހޮސްޕިޓަލުގައި ނަޝީދު ފަރުވާ ހޯއްދެވި އެވެ.

ދީނީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ޓެރަރިސްޓު ގްރޫޕަކުން ދިން އެ ހަމަލާއަށް ރާއްޖެއިން ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް ވަރުގަދަ ސެކިއުރިޓީއާއެކު ވަޑައިގެންނެވީ ޖަރުމަނަށެވެ. އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ގާތްގަނޑަކަށް އެއް މަސް ދުވަހަށްފަހު ހޮސްޕިޓަލުން ޑިސްޗާޖުކޮށްލެއްވުމުންނެވެ.

ބޮން ގޮވުމާއެކު އެއަށް އަޅާފައި ހުރި ބެއަރިން ބޯޅައިގެ 10 ފުށް ނަޝީދުގެ ހަށިކޮޅު ފޫއަޅުވާލި އެވެ. އަދި ބޮން ހަރުކޮށްފައި އިން ވޭވް ސައިކަލުގެ ޕްލާސްޓިކް ކޮޅެއް ވެސް އެމަނިކުފާނުގެ ހަށިގަނޑަށް ވަނެވެ. ނަޝީދުގެ ފުރާނަ ސަލާމަތްވީ މެދުނުކެނޑި 16 ގަޑިއިރު ވަންދެން އެމަނިކުފާނުގެ ހަށިކޮޅުގައި އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން ކުރެއްވި ސާޖަރީތަކަކަށްފަހު އެވެ.

ބޮމުގެ ބައިތައް ނަޝީދުގެ ފުއްޕާމޭ، ބޯ، ބަނޑު، އަތް، އަދި ފަޔަށް ވެސް އަމާޒުވެފައި ހުރިއިރު އެމަނިކުފާނުގެ ހިތާ އެންމެ ސެންޓިމީޓަރެއް ދުރުން ވެސް ބެއަރިން ބޯޅައެއް ހަށިގަނޑަށް ވަދެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox