ތާލިބާނަށް ކުރި ލިބުމުން ބައިޑެންގެ އިސްތިއުފާއަށް ޓްރަމްޕް ގޮވާލައްވައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް.-- ފޮޓޯ: ސީއެފްޕީ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް.-- ފޮޓޯ: ސީއެފްޕީ

ވޮޝިންޓަން، އެމެރިކާ (އޯގަސްޓު 16) - ވިހި އަހަރަށް ފަހު އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމާއެކު ތާލިބާނުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބާރު ހޯދުމުން އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އިސްތިއުފާ އަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.

"އަފްގާނިސްތާނު އެ ހާލަތަށް ދާން ދޫކޮށްލި ކަމަށް ޓަކައި ބައިޑެން އިސްތިއުފާ ދެއްވަން ޖެހޭ ވަގުތު އައިސް ޖެހިއްޖެ،" ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

ޓްރަމްޕްގެ ބަޔާނުގައި ވަނީ އަފްގާނިސްތާނުގެ މައްސަލައިގެ އިތުރުން ކޮވިޑްގެ ހާލަތު ގޯސް ވާތީ އާއި އިމިގްރޭޝަނާއި އިގްތިސާދާއި ހަކަތައާ ގުޅޭ ސިޔާސަތުތަކަށް ވެސް ފާޑުވިދާޅުވެފަ އެވެ.

މީގެ ކުރިން ވެސް ޓްރަމްޕް ވަނީ އަފްގާނިސްތާނުން އެމެރިކާ ސިފައިން ފައިބަމުންދާ ގޮތަށް ފާޑުވިދާޅުވެފަ އެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި މާ ކާމިޔާބުކަމާއެކު އެކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"ޖޯ ބައިޑެން އަފްގާނިސްތާނުގައި މި ކުރެއްވި ކަމަކީ އާދަޔާ ހިލާފު ކަމެއް. އެމެރިކާގެ ތާރީހުގައި އެކަން ލިޔެވިގެން ދާނީ ބޮޑު ނާކާމިޔާބެއްގެ ގޮތުގައި،"

ރައްދުގައި ބައިޑެންގެ ސަރުކާރުން ބުނީ އެމެރިކާ ސިފައިން ފޭބުމާ ގުޅޭ އެއްބަސްވުމަކަށް ތާލިބާނުންނާއެކު އައީ ޓްރަމްޕްގެ ސަރުކާރުން ކަމަށާއި އަދި ސިފައިން ގައުމަށް ގެނައުމަށް އާއްމު ރައްޔިތުން އެދޭ ކަމަށެވެ.

ސަރުކާރުން އެހެން ބުނި ނަމަވެސް ސިފައިން ގައުމަށް ގެނައުމުގެ ކަންކަން ރަނގަޅަށް މެނޭޖު ކުރެވިފައި ނުވާ ކަމަށް ބުނެ އެމެރިކާ ރައްޔިތުން ވެސް ދަނީ ފާޑުކިޔަމުންނެވެ.

އަފްގާނިސްތާނުގައި އެމެރިކާ ސިފައިން މިހާރު އަވަސްވެގަނެފައި ވަނީ އެމްބަސީގެ މުވައްޒަފުންނާއި އެހެން އެމެރިކާ ރައްޔިތުން ވީ އެންމެ އަވަހަކަށް ގައުމަށް ގެނައުމަށެވެ.

ޓްރަމްޕްގެ އިތުރުން އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ސެނެޓް ލީޑަރު މިޗް މެކްކޮނެލް ވެސް ވަނީ ބައިޑެން އަށް ފާޑުވިދާޅުވެ، އެއީ އެމެރިކާގެ ލީޑަރުން ފެއިލްވިކަމުގެ ރަމްޒެއް ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox