ބްރިޖް އަޅާ ކުންފުންޏާ އެކު މަޝްވަރާ ނިމެނީ، ދެން އޮތީ ސޮއިކުރުން

ތިލަމާލެ ބްރިޖުގެ ތްރީޑީ ރެންޑަރިންއެއް: މި ބްރިޖް އަޅަން ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންއާ. -- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ތިލަމާލެ ބްރިޖުގެ ތްރީޑީ ރެންޑަރިންއެއް: މި ބްރިޖް އަޅަން ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންއާ. -- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

މި ވެރިކަމުގައި ކުރިއަށް ގެންދަން ރާވާފައިވާ އުމްރާނީ ތަރައްގީގެ ބިޔަ އެއް މަޝްރޫއު, މާލެ ސަރަހައްދު ގުޅާލާ ބްރިޖް އަޅަން ވަރަށް އަވަހަށް ސޮއިކޮށް މަސައްކަތް ފަށާނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖުގެ މަސައްކަތް ފަށަން ސަރުކާރުން އިއުލާންކުރި ތާރީހުތަކުގައި އެކަން ނުވެ ލަސްވެއްޖެ އެވެ. ބްރިޖް މަޝްރޫއުގައި، މާލެ އިން ގުޅީފަޅަށް 67 ކިލޯމީޓަރު ބްރިޖް އަދި ކޯޒްވޭއެއް ގާއިމްކުރަން އޮތީ ނިންމައިފަ އެވެ.

އަކްރަމް "އަދަދު"އަށް މިއަދު ވިދާޅުވީ ބްރިޖް އަޅަން ހަވާލުކުރި ކުންފުންޏާ އެކު ކުރިއަށްދާ މަޝްވަރާތައް އޮތީ ނިމުމާ ހިސާބުގައި ކަމަށެވެ. އެހެންކަމުން ދެން އޮތީ ސޮއިކޮށް މަސައްކަތް ފެށުން ކަަމަށް ވިދާޅުވި އެވެ.

"މާ ލަހެއް ނުވެ އެ މަސައްކަތް ފެށޭނެ," އަކްރަމް ވިދާޅުވި އެވެ.

ބްރިޖް އަޅަން މަޝްވަރާ ކުރަމުން އަންނަނީ ކޮން ކުންފުންޏަކާ ކަމެއް އަކްރަމް ވިދާޅެއް ނުވެ އެވެ. އަދި ސަރުކާރުން ވެސް މިހާތަނަށް އިއުލާންކޮށްފައެއް ނުވެ އެވެ.

އެކަމަކު "އަދަދު"އަށް ލިބިފައިވާ މި މަޝްރޫއާ ގުޅޭ މައުލޫމާތުތަކުގައިވާ ގޮތުގައި "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"، ހަވާލުކުރަނީ އންޑިއާގެ އެފްކޮން އިންފްރަސްޓްރަކްޗާ ލިމިޓެޑާ އެވެ. އެ ކުންފުންޏާ ހަވާލުކުރަން, އިންޑިއާގެ އެގްޒިމް ބޭންކަށް ފޮނުވައި ހުއްދަ ވެސް ވަނީ ހޯދައިފަ އެވެ.

އެފްކޮންއަކީ އައްޑޫގެ މަގުތައް ހެދުމާއި ފެން ހިންދުމުގެ ނިޒާމު ގާއިމްކުރަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ.

އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޝަޕޫރުޖީ ޕައްލޮންޖީ ކުންފުނިން މެޖޯރިޓީ ހިއްސާ ގަނެފައިވާ އެފްކޮން އިން ވަނީ އިންޑިއާގައި އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ކާމިޔާބުކަމާ އެކު ނިންމައިފަ އެވެ.

އިންޑިއާގެ ޓާޓާ ކުންފުންޏާ ވެސް ގުޅުން އޮންނަ އެފްކޮންގެ މަޝްރޫއުތަކުގެ ތެރޭގައި، ގަބޯންގައި އެ ގައުމުގެ އިރުން ހުޅަނގަށް ގުޅުވައިދޭ ޓްރާންސް ގަބޮނީސް ރޯޑް ޕްރޮޖެކްޓެއް ވެސް އެފްކޮން އިން ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި އެފްރިކާގެ ގާނާގައި އަޅާ ވޮލްޓާ ރެއިލްވޭ ބްރިޖްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެފްކޮންއާ އެވެ. މިއީ ޖަޕާނުގެ ސަރުކާރުން 100 މިލިއަނަށް ވުރެން ގިނަ ޑޮލަރުގެ ލޯނެއްގެ ދަށުން ގާނާގައި ތަރައްގީކުރާ ޕްރޮޖެކްޓެވެ.

އެގްޒިމް ބޭންކުގެ ލޯނާ އެކު ތިލަމާލެ ބްރިޖް މަޝްރޫއަށް ދެން ފަންޑުކުރާނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ދީފައިވާ 100 މިލިއަން ޑޮލަރާއި ދިވެހި ދައުލަތުގެ ފައިސާއިންނެވެ. ސަރުކާރުން ކުރިން ބުނެފައި ވަނީ ތިލަފުށްޓާއި މާލެ ގުޅާލާ ބްރިޖްގެ މަޝްރޫއު އަށް 500 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. މި އަހަރަށް ކަނޑައެޅި ބަޖެޓުގައި މި ބްރިޖަށް 411 މިލިއަން ހިމަނާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox