ތެލަށް ޖެހިފައިވާ ލުބްނާންގައި ތެޔޮ ޓޭންކަރެއް ގޮވައި 20 މީހުން މަރުވެއްޖެ

ލުބްނާންގައި ތެޔޮ ޓޭންކަރު ގޮވުމުން ރޯވެފައި.-- ފޮޓޯ: ޓައިމްސް އޮފް އިޒްރޭލް

ލުބްނާންގައި ތެޔޮ ޓޭންކަރު ގޮވުމުން ރޯވެފައި.-- ފޮޓޯ: ޓައިމްސް އޮފް އިޒްރޭލް

ބެއިރޫތު، ލުބްނާން (އޯގަސްޓު 15) - ލުބްނާންގެ އުތުރުގައި ތެޔޮ ޓޭންކަރެއް ގޮވުމުން 20 މީހުން މަރުވެ، 79 މީހުންނަށް އަނިޔާވެއްޖެ އެވެ.

އެކަމަކު ތެޔޮ ޓޭންކަރު ގޮވަން މެދުވެރިވި ސަބަބު އަދި ސާފެއް ނޫނެވެ. އިގްތިސާދީ ބޮޑު ކާރިސާއަކާއި، ތެލުގެ ދަތިކަމާ ހެދި ހޮސްޕިޓަލްތައް ރަނގަޅަށް ނުހިންގި، ދުވާލަކު 22 ގަޑިއިރު ކަރަންޓާ ނުލާ އުޅެން ޖެހިފައިވާ ލުބްނާންގެ ރައްޔިތުންނަށް، އެ ހާދިސާއާ ގުޅިގެން، ވަނީ އިތުރު ހިތާމައާ ކުރިމަތިލާން ޖެހިފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަނީ ތެޔޮ ޓޭންކަރު ގޮވުމުން އަލިފާން ރޯވެފައިވާ އޮތް މަންޒަރެވެ.

އަލިފާންގަނޑުގައި މީހުން ފިހި، މަރުވާ މަންޒަރު ފެންނަ އާއްމުން އެކަމާ ހިތާމަ ކުރާ އަޑު އެއް ވީޑިއޯއިން އިވެ އެވެ. ނޫހަކުން އާއްމު ކުރި އެ ވީޑިއޯގެ ސައްހަކަށް އޭއެފްޕީއަށް ކަށަވަރު ކުރެވިފައެއް ނުވެ އެވެ.

ލުބްނާންގެ ރެޑް ކްރޮސް އިން ޓްވިޓާގައި ބުނީ 20 މަރުވެފައިވާ މީހެއްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އިތުރު 79 މީހުންނަށް ފަރުވާދެމުންދާ ކަމަށެވެ.

އައްކަރް ހޮސްޕިޓަލްގެ އޮފިޝަލް، ޔާސީން މެތްލެޖް ވިދާޅުވީ ފަރުވާ ދެވޭނެ ގޮތެއް ނެތުމުން ގިނަ ބަޔަކު އެހެން ހޮސްޕިޓަލްތަކަށް ފޮނުވާލަން ޖެހުނު ކަމަށެވެ.

ކައިރި އެހެން ހޮސްޕިޓަލަކުން ބުނީ އަނިޔާވި 30 މީހުން އައި ނަމަވެސް، ފިހިފައިވާ މީހުންނަށް ފަރުވާ ކުރެވޭނެ ގޮތެއް ނެތުމުން އެ މީހުން ފޮނުވާލަން ޖެހުނު ކަމަށެވެ.

އެ އެންމެން ވެސް ދާން ޖެހުނީ ހާދިސާ ހިނގި ސަރަހައްދާ 25 ކިލޯމީޓަރު ދުރުގައި، ޓްރިޕޮލީގައި ހުންނަ އަލް ސަލާމް ހޮސްޕިޓަލަށެވެ. އެ ސަރަހައްދުގައި ފިހިފައިވާ މީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރި ހަމައެކަނި ހޮސްޕިޓަލަކީ އެއީ އެވެ.

ލުބްނާނަށް ކުރިމަތިވެފައިވާ މާލީ ކާރިސާއަކީ، ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި، 1850 ގެ އަހަރުތަކަށް ފަހު ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު މާލީ ކާރިސާ އެވެ. ފައިސާ އަގު އިންތިހާއަށް ވެއްޓި، ރައްޔިތުން ފަގީރުކަމުގައި އުޅެމުން ދާއިރު، ތެލުގެ ދަތިކަން ވެސް ވަނީ ކުރިމަތިވެފަ އެވެ.

ލުބްނާންގެ ސިފައިން ހޮނިހިރު ދުވަހު ބުނީ ޑިސްޓްރިބިއުޓަރުން ފޮރުވާފައި ބަހައްޓާފައި ހުރި ދިޔަ އެތައް ހާސް ލީޓަރެއްގެ ޑީސެލް އަދި ގެސޮލީން ހިފަހައްޓާފައިވާ ކަމަށެވެ.

ތެލުގެ ދަތިކަމާ ހެދި ލުބްނާންގެ ގިނަ ރައްޔިތުން ދިރިއުޅެނީ ދުވާލަކު އެންމެ ދެ ގަޑިއިރު ކަރަންޓު ލިބިގެންނެވެ. ކަރަންޓު ކެނޑެމުން ދާތީ ގިނަ ހޮސްޕިޓަލްތަކެއް ބަންދު ކުރަން ޖެހިދާނެ ކަމުގެ ބިރު ވެސް އެބަ އޮތެވެ.

އިހުމާލު ބޮޑު، ފިޔަވަޅެއް ނޭޅޭ

ތެޔޮ ޓޭންކަރު ގޮވާފައި މި ވަނީ ބެއިރޫތުގެ ބަނދަރުގައި ބާރުގަދަ ގޮވުމެއް ގޮވި ހާދިސާއަށް އެއް އަހަރު ފުރުން ފާހަގަކުރިތާ ދެ ހަފްތާ ފަހުންނެވެ.

އޯގަސްޓު، 4، 2020 ވަނަ ދުވަހު ބެއިރޫތު ބަނދަރުގައި ގަވާއިދާ ހިލާފަށް ރައްކާކޮށްފައި ހުރި އެމޯނިއަމް ނައިޓްރޭޓް ފާޓިލައިޒާ ކެމިކަލް ސްޓޮކެއް ގޮވުމުން 200 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

އެ ގޮވުމުގެ ބާރުގަދަ ކަމުގެ ސަބަބުން ވެރިރަށް ބެއިރޫތު އޮތީ ބޮޑު ހަނގުރާމައެއްގައި ސުންނާފަތިވެފައި ކަހަލަ ގޮތަށެވެ. އެއީ ދުނިޔޭގެ ތާރީހުގައި ކުރިމަތިވި ނިއުކްލިއާ ނޫން އެންމެ ބޮޑު އެއް ގޮވުމެވެ.

އެ ގޮވުމަށް އަހަރެއް ފާއިތުވެފައި ވާއިރު، އެކަމުގައި އިހުމާލުވި އެއްވެސް މީހަކާ މެދު ފިޔަވަޅު އަޅާފައެއް ނުވެ އެވެ.

އިގްތިސާދީ ހާލަތު ގޯހުން ގޯހަށް ދިޔަ ނަމަވެސް ލުބްނާންގެ ވެރިން އުޅެނީ ސިޔާސީ ކޯޅުމަކުން އަރައި ނުގަނެވިގެންނެވެ. ބަނދަރުގައި ގޮވި ގޮވުމަށް ފަހު ސަރުކާރު އިސްތިއުފާ ދިނުމާއެކު އާ ސަރުކާރެއް އެކުލަވާލުމަށް ވެރިންނަށް އެއް ގަލަކަށް އަދިވެސް ނޭރެ އެވެ.

އިންސާނީ އެހީގެ ގޮތުގައި އެތައް މިލިއަން ޑޮލަރެއް ލުބްނާނަށް ދޭނެ ކަމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ބުނި ނަމަވެސް، އެ އެހީ ދޭނީ އިސްލާހީ ބަދަލު ގެންނާނެ އާ ސަރުކާރެއް އެކުލަވާލުމުން ކަމަށް ވަނީ ޝަރުތުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox