އީގަލްސްގެ ނަމުގައި ނުކުތަސް ތަމްސީލު ކުރަނީ ރާއްޖެ: ކުރޯ

އީގަލްސްގެ ނަމުގައި ނުކުތަސް ތަމްސީލު ކުރަނީ ރާއްޖެ: ކުރޯ

އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި މިރޭ އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކްލަބް އީގަލްސް ކުޅޭއިރު, ތަމްސީލް ކުރަނީ ރާއްޖެ ކަމަށާއި މިއީ ގައުމީ ކަމެއްގެ ގޮތުގައި ދެކި އީގަލްސް އަށް ސަޕޯޓްކޮށްދޭން އީގަލްސްގެ ކެޕްޓަން ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އެދިއްޖެ އެެވެ.

ގަލޮޅު ދަނޑުގައި މިރޭ 8 ޖަހާއިރު ފަށާ މެޗު ބަލަން ދަނޑަށް ސަޕޯޓަރުން ވަނުމުގެ ހުއްދަ ނެތީ ކޮވިޑް-19ގެ ސަބަބުންނެވެ.

މިރޭގެ މެޗުގެ ކުރިން އިއްޔެ މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އީގަލްސްގެ ކެޕްޓަން ކުރޯ ބުނީ އީގަލްސް ކުޅުނަސް މިއީ ހަގީގަތުގައި ގައުމީ ކަމެއް ކަމަށާއި އެ ޓީމު މޮޅުވެއްޖެނަމަ ރާއްޖެ އަށް ވެސް ރީތި ނަން ލިބޭނެ ކަމަށެވެ.

"އީގަލްސްގެ ނަމުގައި ނުކުތަސް މިއީ ގައުމީ ކަމެއް. ތަމްސީލް މި ކުރަނީ ދިވެހިރާއްޖެ. އެންމެން ވެސް އީގަލްސްއާ އެކީގައި އީގަލްސް އަށް ސަޕޯޓްކުރުން އެދެނީ،" ގައުމީ ޓީމާ އެކު 2018 ވަނަ އަަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ކުރޯ ބުންޏެވެ.

ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ކުރޯ (ވ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އީގަލްސް އިން އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗަށް އައީ ޕްރިލިމިނަރީ ދެ ބުރު ފަހަނައަޅައިފަ އެވެ. ޕްރިލިމިނަރީ ފުރަތަމަ ބުރުގައި އޭޕްރީލް މަހު މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން 2-0 އިން އީގަލްސް މޮޅުވި އެވެ. ދެ ވަނަ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެ ޓީމަށް ކަންތައްތަކެއް ހަމަނުޖެހި ކުޅެވޭގޮތް ނުވުމުން އެންމެ ފަހުން އޭއެފްސީން ނިންމީ އީގަލްސް އަށް މެޗު ލިބުނީ ކަމަށެވެ.

ޕްލޭއޮފް މެޗު އެންމެ ފުރަތަަމަ ކުޅެން އޮތީ މިދިޔަ މެއި މަހު އެވެ. އެކަމަކު، އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް ބެންގަލޫރު މެޗަށް މާލެ އައިސް ތިބިއިރު، ކޮވިޑް ޕްރޮޓޮކޯލް މުގުރާލުމުން އޭރު މެޗުތައް ނުކުޅެވި ޖެހުނީ ފަސްކުރާށެވެ. މިރޭ މެޗު ކުޅޭއިރު އޭރުގެ ހާލަތާ ވަރަށް ތަފާތެވެ. އީގަލްސް އާއި ބެންގަލޫރަށް ވެސް ވަނީ ގިނަ ކުޅުންތެރިންތަކެއް ގެެނެސްފަ އެވެ.

އީގަލްސް އިން އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ވަނީ ގައުމީ ޓީމުގެ ތަޖުރިބާކާރު ރަނގަޅު ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފަ އެވެ. އެ ކުޅުންތެރިންނަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ގޯލްކީޕަރު މުހައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު އާރިފް (ބަކާ)، އިސްމާއިލް އީސާ (މެސީ) އަދި ގްރީން ސްޓްރީޓްސް އާއި މާޒިޔާ އަދި ދަ ގްރާންޑޭ އިން ކުރިން ފެނުނު އަހުމަދު ހަސަން (އައްމަޑޭ) އެވެ.

އީގަލްސްގެ ޕްރެކްޓިހުގެ ތެރެއިން އަޑޭ (ކ)، ބަކާ (މ) އަދި ކުރޯ (ވ).-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ކުރޯ ބުނީ ސީނިއާ ކުޅުންތެރިންތަކެއް އީގަލްސްއާ ގުޅުނީމަ އެ ޓީމުގައި ތިބި މި ލެވަލް (އޭއެފްސީ ކަޕް)ގެ ބައިނަލްއަގުވާމީ ތަޖުރިބާ މަދު ކުޅުންތެރިންނަށް ވެސް ފައިދާ އެބައޮތް ކަމަށެވެ.

"ސީނިއާ ޕްލޭޔަރުންނާ އެކީގައި ކުޅެލަން ލިބުމާ އެ މީހުން ބުނާގޮތް ހަދައިގެން މަސައްކަތް ކޮށްލީމަ ވަރަށް ފަސޭހަ. ވަރަށް ބޮޑަށް އެތަން ފެނިގެންދޭ. އެކްސްޕީރިއަންސް (ތަޖުރިބާކާރު) މީހުން ވީމަ އެ މީހުން ކިޔައިދިނީމަ އިނގޭނެ. އެ ގޮތަށް ވަރަށް ފަސޭހަ. އެކީގަ އެންމެން ވެސް ޓީމުވަންތަކަން އިނދޭ،" 2013 ވަނަ އަހަރުން ފެށިގެން އީގަލްސް އަށް ކުޅެމުން އަންނަ ކުރޯ ބުންޏެވެ.

ބެންގަލޫރާ ދެކޮޅަށް އީގަލްސް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ ފަހު ޖާގަ ލިބޭނެ އެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ކްލަބްތަކަށް ހާއްސަ ގްރޫޕް ޑީގައި އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި އިންޑިއާގެ ސުޕަ ލީގު ކްލަބް އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ. ޕްލޭއޮފާއި ގްރޫޕް ސްޓޭޖުގެ މެޗުތައް އޮތީ މާލޭގަ އެވެ.

އީގަލްސް އަށް ގްރޫޕް ސްޓޭޖަށް ވަދެވިއްޖެނަމަ ޖެހިޖެހިގެން ދެ ސީޒަނުގައި އޭއެފްސީ ކަޕްގެ އެއް ގްރޫޕެއްގައި ރާއްޖޭގެ ދެ ކްލަބް އޮންނާނެ އެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގައި ރާއްޖޭގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރި އެވެ. ކޮންމެ ޓީމެއް އެއް މެޗު ކުޅެފައިވަނިކޮށް އޭއެފްސީން ނިންމީ ކޮވިޑާ ހެދި މުބާރާތް ކެންސަލްކުރާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox