ޔޫކޭއިން އެމެރިކާއަށް ފާޑުކިޔައިފި؛ އަފްގާނިސްތާނުން ފޭބުމަކީ ހަދާ ގޯހެއް!

ތާލިބާން ހަނގުރާމަވެރިން.

ތާލިބާން ހަނގުރާމަވެރިން.

ލަންޑަން، އިނގިރޭސިވިލާތް (އޯގަސްޓު 13) - އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމަކީ ހަދާ ބޮޑު ގޯހެއް ކަމަށާއި އޭގެ ސަބަބުން ހަރުކަށި ފިކުރުގެ ނުރައްކާތެރި މީހުން ނުވަތަ ޓެރަރިސްތުން އުފެދެން ފަށާނެ ކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ.

ސްކައި ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވޮލެސް ވިދާޅުވީ އެމެރިކާ ސިފައިން ފޭބުމުން "އަފްގާނިސްތާނުގައި ނުރައްކާތެރި މައްސަލައެއް އުފެދިފައިވާ" ކަމަށެވެ.

އޭނާ ލަފާކުރެއްވި ގޮތުގައި ތާލިބާނުންނަށް ލިބޭ ކާމިޔާބީގެ ފައިދާ އޮތީ އަލް ގައިދާ އަށެވެ. ސެޕްޓެމްބަރު 11، 2001 ގައި އަލް ގައިދާއިން އެމެރިކާއަށް ހަމަލާ ދިން އިރު، އެ ގްރޫޕުން ފާޅުގައި އަފްގާނިސްތާނުގައި ހަރަކާތްތެރިވުމަށް ތާލިބާން ސަރުކާރުން ތިބީ ހުއްދަ ދީގެންނެވެ.

އެ ހަމަލާއަށް ފަހު އެމެރިކާގެ ސިފައިން އަފްގާނިސްތާނަށް އެރުމާއެކު 1996 އިން ފެށިގެން އޮތް ތާލިބާނުންގެ ވެރިކަން ނިމުނެވެ. އެމެރިކާ ސިފައިން އެނބުރި ގައުމަށް ދާން ފަށާފައި ވަނީ 20 އަހަރު އަފްގާނިސްތާނުގައި ހޭދަކުރުމަށް ފަހު އެވެ.

"އަޅުގަނޑު އެންމެ ބޮޑަށް ކަންބޮޑުވަނީ ފެއިލްވެފައިވާ ދައުލަތްތަކަކީ އެފަދަ މީހުން [ޓެރަރިސްޓުން] އުފެދެން އެންމެ އެކަށޭނަ މާހައުލަށް ވާތީ،" ވޮލެސް ވިދާޅުވި އެވެ.

"ވަރަށް ބޮޑަށް ޔަގީންވާ ކަމަކީ އަލް ގައިދާ އެނބުރި އަންނާނެކަން،" އޭގެ ސަބަބުން އިނގިރޭސިވިލާތާއި އެ ގައުމުގެ މަސްލަހަތަށް ނުރައްކާ ވާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެކަން [އެމެރިކާ ސިފައިން ފޭބުން] އެގޮތަށް ކުރުމަކީހަދާ ގޯހެއް. އޭގެ އަގު އަދާ ކުރަންޖެހޭނެ އަޅުގަނޑުމެން އެންމެން،" ތާލިބާނުންނާއި އެމެރިކާއާ ދެމެދު ސޮއިކުރި އެއްބަސްވުމާ ގުޅޭ ގޮތުން ވިދާޅުވި އެވެ.

މިދިޔަ އަހަރު ދޯހާގައި ތާލިބާނުންނާއި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެމެރިކާއާ އެކު އަފްގާނިސްތާނަށް ދިޔަ ނޭޓޯގެ ފައުޖުގައި ހިމެނޭ އިނގިރޭސި ސިފައިން އަނބުރާ ގައުމަށް ގެންދިޔުން މަޖުބޫރެވެ.

ބޮޑު ހިޔާނާތެއް

މިދިޔަ މޭ މަހުން ފެށިގެން އެމެރިކާ އާއި ނޭޓޯގެ ސިފައިން އަފްގާނިސްތާން ދޫކޮށް ދާން ފެށުމުގެ ކުރިން އެ ގައުމުގައި ތިބީ އިނގިރޭސިވިލާތުގެ 750 ސިފައިންނެވެ. މި ވަގުތު ހަނގުރާމައިގައި ތާށިވެފައިވާ އިނގިރޭސި އާއްމު ރައްޔިތުން ރައްކާތެރިކަމާ އެކު އަނބުރާ ގައުމަށް ގެނައުމަށް އަލުން އަފްގާނިސްތާނަށް ފޮނުވަން ނިންމީ 600 ސިފައިންނެވެ.

ވޮލެސް ވިދާޅުވީ އަފްގާނިސްތާނުގައި ތިބި 3،000 އެއްހާ އިނގިރޭސި ރައްޔިތުން އަނބުރާ ގައުމަށް ގެނައުމަށް އެ ސިފައިން އެހީވާނެ އެވެ.

ޑިފެންސް ސެކެޓްރީގެ އިތުރުން އިނގިރޭސިވިލާތުގެ އިސް ބައެއް ސިޔާސީ ބޭފުޅުންނާއި އަސްކަރީ އޮފިޝަލުން ވެސް ވަނީ ސިފައިން ފޭބުމަކީ ގޯހެއް ކަމަށް ވިދާޅުވެފަ އެވެ.

ކުރީގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު ރޯރީ ސްޓިވޯޓް ސިފަކުރެއްވި ގޮތުގައި ސިފައިން ފޭބުމަކީ "އެމެރިކާ އާއި އިނގިރޭސިވިލާތުން އަފްގާނިސްތާނަށް ވީ ބޮޑު ހިޔާނާތެކެވެ".

އެމެރިކާގެ ބައެއް އިސް ފަރާތްތައް ވެސް ވަނީ ސިފައިން ފައިބާތީ އެމެރިކާ ސަރުކާރާއި ރައީސް ޖޯ ބައިޑެން އަށް ފާޑުކިޔާފަ އެވެ. އޭގެ ތެރޭގައި ޓްރަމްޕާއި އަފްގާނިސްތާނަށް ސިފައިން ފޮނުވި ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ހިމެނިވަޑައިގަންނަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox