ރެކޯޑް އަގަކަށް ލުކާކޫ އަލުން ޗެލްސީ އަށް އައީ ފެންވަރު ސާބިތުކޮށްދޭން

Aug 13, 2021, 4:14 AM
ރެކޯޑް އަގަކަށް ލުކާކޫ އަލުން ޗެލްސީ އަށް އައީ ފެންވަރު ސާބިތުކޮށްދޭން

ލަންޑަން (އޮގަސްޓް 13) - އިންޓަ މިލާން ދޫކޮށް ޗެލްސީން ލުކާކޫ ގަތްއިރު، އޭނާގެ ފޯކަސް އަކީ ކުރިން އެ ކްލަބްގައި ނުކުރެވި ހުރި ކަންތައްތައް ފުރިހަމަކުރުން ކަމަށް ބުނެފި އެވެ.

ލުކާކޫ އެންމެ ފުރަތަމަ ބެލްޖިއަމްގެ އެންޑަލެކްޓް ދޫކޮށް ޗެލްސީ އަށް 2011 ވަނަ އަހަރު ބަދަލުވީ 17 މިލިއަން ޕައުންޑް (23 މިލިއަން ޑޮލަރު) އަށެވެ. އެކަމަކު، ޒުވާން އުމުރުގައި ޗެލްސީ އަށް ބަދަލުވެ، ލުކާކޫ އަށް އެ ޓީމުގައި މާ ރަނގަޅު ފުރުސަތެއް ނުލިބެ އެވެ.

ޗެލްސީގެ ޖޯޒީގައި އޭރު ޖުމްލަ 15 މެޗު ކުޅުނުއިރު ގޯލެއް ނުޖެހެ އެވެ. ޗެލްސީން އަލުން މި ފަހަރު ލުކާކޫގެ ސޮއި ހޯދީ 98 މިލިއަން ޕައުންޑް (135 މިލިއަން ޑޮލަރު) އަށެވެ. މިއީ ޗެލްސީން އެ ކްލަބްގެ ތާރީހުގައި އެންމެ އަގުބޮޑުކޮށް ކުރިއަށް ގެންދިޔަ ޓްރާންސްފާ އެވެ.

"ކުރިން އަހަރެން މި ޓީމަށް އައީ ކުޑަ ކުއްޖެއްގެ ގޮތުގައި. އޭރު ބައިވަރެއް ކަންތައްތައް ދަސްކުރަން ވެސް ޖެހިފައި އޮތީ. މިހާރު އަހަރެން މި ހުރީ ތަޖުރިބާ ލިބި ގިނަ ކަންތައްތަކެއް ދަސްވެފައި،" މިދިޔަ ސީޒަނުގައި އިންޓަ އިން އިޓާލިއަން ލީގު ޗެމްޕިއަންކަން ހޯދިއިރު ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލުކާކޫ ބުންޏެވެ.

"ކުޑަ ކުއްޖެއްގެ ގޮތުގައި ޗެލްސީ އަށް އަހަރެން ސަޕޯޓްކުރީ މި ޓީމާ އެކު ކަންތައްތަކެއް ހާސިލްކުރަން ވެސް އުއްމީދުތަކެއް ހުރުމުން. ދެ ވަނަ ފަހަރަށް މި ފުރުސަތު (މި ޓީމަށް އައުމުގެ ފުރުސަތު) ލިބުނީމަ އަހަރެން މި ހުރީ މި ޓީމަށް ތަށިތަކެއް ހޯދައިދޭން ވަރަށް ބޭނުންވެފައި،"

ލުކާކޫ ޗެލްސީއާ އެކު ސޮއިކުރީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. މި އެއްބަސްވުމުގައި ސޮއިކުރުމާ އެކު ލުކާކޫ ވެފައިވަނީ ދުނިޔޭގެ ފުޓްބޯޅަ ތާރީހުގައި ވެސް އެއް ކުޅުންތެރިއެއްގެ ޖުމްލަ ޓްރާންސްފާ ފީ އަށް ބަލާއިރު އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ. އެކަމަކު، ޕްރިމިއާ ލީގުގެ ރެކޯޑް ޓްރާންސްފާ އަކީ މި ފަހަރު އެސްޓަން ވިލާ ދޫކޮށް 100 މިލިއަން ޕައުންޑް އަށް މެންޗެސްޓާ ސިޓީ އަށް ބަދަލުވި ޖެކް ގްރީލިޝްގެ ޓްރާންސްފާ އެވެ.

ޕްރިމިއާ ލީގުގެ އެންމެ އަގުބޮޑު ފަސް ޓްރާންސްފާ

1. ޖެކް ގްރީލިޝް (އެސްޓަން ވިލާ - މެންޗެސްޓާ ސިޓީ): 100 މިލިއަން ޕައުންޑް

2. ރޮމެލޫ ލުކާކޫ (އިންޓަ މިލާން - ޗެލްސީ): 98 މިލިއަން ޕައުންޑް

3. ޕައުލް ޕޮގްބާ (ޔުވެންޓަސް - މެންޗެސްޓާ ޔުނައިޓެޑް): 89 މިލިއަން ޕައުންޑް

4. ހެރީ މެގުއާ (ލެސްޓާ ސިޓީ - މެންޗެސްޓާ ޔުނައިޓެޑް): 80 މިލިއަން ޕައުންޑް

5. ރޮމެލޫ ލުކާކޫ (އެވަޓަން - މެންޗެސްޓާ ޔުނައިޓެޑް): 75 މިިލިއަން ޕައުންޑް

އުމުރުން 28 އަހަރުގެ ލުކާކޫގެ އިނގިރޭސި ކްލަބްތަކުގެ ރެކޯޑަށް ބަލާލާއިރު، އޭނާ ވަނީ އެވަޓަން 166 މެޗުން 87 ގޯލު ޖަހައިދީފަ އެވެ. ޔުނައިޓެޑްގައި 96 މެޗުން 42 ގޯލު ޖެހި އެވެ. އެއް ސީޒަނުގެ ލޯނަކަށް ވެސްޓް ބްރޮމް އަށް ކުޅުނުއިރު 38 މެޗުން 17 ގޯލު ޖެހި އެވެ.

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް މީގެ ކުރިން ވަނީ ލުކާކޫ ލިބިއްޖެނަމަ އެ ޓީމުގެ ފަޅިން ކުޅޭ ކައި ހަވާޓްޒް، ޓިމޯ ވާނާ އަދި ހަކީމް ޒިޔެޗް ފަދަ ކުޅުންތެރިންނަށް ވަރަށް ފައިދާކުރާނެ ކަމަށް ބުނެފަ އެވެ. އެއީ ލުކާކޫ އަކީ ގޯލު ޖެހުމުގެ އިތުރުން ކުރީގައި ބޯޅަ ހިފެހެއްޓުމުގައި ވެސް ތަފާތު ދައްކާ ކުޅުންތެރިއެއް ކަމަށްވާތީ އެވެ.

އެންމެ ފުރަތަމަ ޗެލްސީން މަސައްކަތްކުރީ ބުދަ ދުވަހުގެރޭ ޔުއެފާ ސުޕަ ކަޕްގައި ވިޔަރެއާލާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ލުކާކޫ ގެ ޓްރާންސްފާގެ ހުރިހާ ކަމެއް ނިންމާށެވެ. އެކަމަކު، ވަގުތު ޖެހުނުއިރު ވެސް އެކަން ނުވި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ޗެލްސީން މާދަމާރޭ ކުޅޭނީ ކްރިސްޓަލް ޕެލަސްއާ އެވެ. އެ މެޗުގައި ލުކާކޫ ޓީމުގެ ބެންޗުން ފެނުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox