އަފްގާނިސްތާނުގައި ތާލިބާނުން ކުރި ހޯދާތީ ޓްރަމްޕްގެ ފާޑުކިޔުން ބައިޑެން އަށް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް.-- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް.-- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (އޯގަސްޓު 12) - އެމެރިކާ ސިފައިން އެއްވެސް ޝަރުތެއް ނެތި އަފްގާނިސްތާން ދޫކޮށް ދާން ފެށުމުން ތާލިބާނުން ކުރި ހޯދާފައި ވާތީ އެކަން "ބަލައިނުގަނެވޭނެ" ކަމަށް ވިދާޅުވެ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރުގެ ރައީސް ޖޯ ބައިޑެން އަށް ފާޑުވިދާޅުވެއްޖެ އެވެ.

ބައިޑެން ނިންމަވާފައި ވަނީ ވަނީ އޯގަސްޓު 31 ގެ ކުރިން ހުރިހާ ސިފައިން އަނބުރާ އެމެރިކާއަށް ގެންދިޔުމަށެވެ. ރިޕޯޓުތައް ބުނާ ގޮތުން މިހާރު 95 ޕަސެންޓު ސިފައިން ވަނީ އަފްގާނިސްތާނުން ފައިބާފަ އެވެ. ޓްރަމްޕް ވިދާޅުވީ އެމަނިކުފާނު ވެރިކަމުގައި ހުންނެވި ނަމަ އަމަލު ކުރައްވާނީ ތަފާތުކޮށް ކަމަށެވެ.

އެމެރިކާއިން ތާލިބާނުންނާއެކު ދޯހާގައި ބޭއްވި މަޝްވަރާތަކަށް ފަހު ސިފައިން އަނބުރާ ގައުމަށް ދިޔުމާ ގުޅޭ އެއްބަސްވުމަކަށް އައީ 2020 ވަނަ އަހަރު ޓްރަމްޕްގެ ވެރިކަމުގަ އެވެ. އޭރު އެއްބަސްވީ މޭ 2021 ގެ ކުރިން ހުރިހާ ސިފައިން އަނބުރާ ގެންދާ ގޮތަށެވެ. ބަދަލުގައި ތާލިބާނުން ވަނީ ސަލާމަތާ ގުޅޭ ކަންކަމަށް އެއްބަސްވެފަ އެވެ.

މި އަހަރުގެ ކުރީކޮޅު ވެރިކަމަށް ވަޑައިގެންނެވި ބައިޑެން ވަނީ ސިފައިން ފައިބާނެ ސުންގަޑި ފަހަތަށް ޖައްސާފަ އެވެ. އޭގެ އިތުރުން ސިފައިން ފައިބާނީ އެއްވެސް ޝަރުތެއް ނެތި ކަމަށް ވެސް ކަނޑައެޅި އެވެ.

"އަޅުގަނޑު ރައީސް ކަމުގައި ހުރި ނަމަ، ދުނިޔެ އަށް ހާމަވާނެ ކަމަކީ އަޅުގަނޑުމެން އަފްގާނިސްތާން ދޫކޮށް ދާނީ ޝަރުތުތަކަކާ އެކުގައި ކަން،" ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

"އަޅުގަނޑު އަމިއްލަ އަށް ވެސް ތާލިބާން ލީޑަރުންނާ އެކު މަޝްވަރާތައް ކުރިން. އޭރު ތާލިބާނުގެ ލީޑަރުން ގަބޫލު ކުރި މިހާރު އެ ކުރަމުންދާ ހަނގުރާމަ އަޅުގަނޑުމެން ބަލައިނުގަންނާނެ ކަން".

"އަޅުގަނޑު ހުރި ނަމަ ސިފައިން ފައިބާނީ ވަރަށް ތަފާތުކޮށް މާ ކާމިޔާބުކަމާ އެކު. އެކަން އެންމެ ބޮޑަށް އެނގޭނެ ބަޔަކީ ތާލިބާނުން".

ދެ ވަނަ ދައުރަކަށް އިންތިހާބުގައި ވާދަކުރެއްވުމަށް ފަހު ނާކާމިޔާބުވެވަޑައިގެންނެވި ނަމަވެސް ޓްރަމްޕަކީ މި ވަގުތު ރިޕަބްލިކަން ޕާޓީގެ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތެވެ.

އަފްގާނިސްތާނުގެ އުތުރާއި ހުޅަނގުގެ ބޮޑު ބައެއް މިހާރު އޮތީ ތާލިބާނުންގެ އަތް ދަށުގަ އެވެ. ސަރުކާރުން ކޮންޓްރޯލް ކުރާ ސިޓީތައް އަތުލުމަށް ވެސް ދަނީ ވަރުގަދަ އަށް ހަނގުރާމަ ކުރަމުންނެވެ.

އެމެރިކާގެ ބައެއް އޮފިޝަލުން އިންޒާރު ދީފައިވާ ގޮތުގައި އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބާތާ ތިން މަސް ތެރޭގައި ވެރިރަށް ކާބުލް ތާލިބާނުންގެ އަތް ދަށަށް ދިޔުމުގެ ފުރުސަތު ބޮޑެވެ.

އެމެރިކާ އާއި ތާލިބާނުންނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ ދޯހާގައި ފެބްރުއަރީ 29، 2020 ގަ އެވެ. އެމެރިކާއިން އެއްބަސްވީ އެ ގައުމާއި، އެ ގައުމާ ގުޅިގެން އުޅޭ ނޭޓޯގެ ސިފައިން އަފްގާނިސްތާނުން ފައިބާނެ ކަމަށެވެ. ބަދަލުގައި ތާލިބާނުން ވެސް ގިނަ ކަންކަމަށް އެއްބަސްވި އެވެ.

އެގޮތުން ސަރުކާރާ އެކު ސުލްހައިގެ މަޝްވަރާ ކުރާނެ ކަމަށާއި އެމެރިކާ އާއި އެމެރިކާގެ މަސްލަހަތު ހިމެނޭ ކަންކަމާއި މީހުންނަށް ހަމަލާ ނުދިނުމާއި އެމެރިކާ އަށް ހަމަލާ ދިނުމަށް އަލް ގައިދާ ފަދަ ގްރޫޕުތަކަށް އެއްބާރުލުން ނުދޭނެ ކަމަށް ތާލިބާނުން ވައުދުވި އެވެ.

އެއްބަސްވުމުގައި ސޮއިކުރުމާއެކު ޓްރަމްޕްގެ ސަރުކާރުން ވަނީ އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު ވަރަށް ބޮޑަށް މަދުކޮށް، ގިނަ ބަޔަކު އަނބުރާ ގައުމަށް ގެންގޮސްފަ އެވެ.

އެއްބަސްވުމާ އެއް ގޮތަށް މޭ 1 ގެ ކުރިން ސިފައިން އަނބުރާ ގެންދިޔުމުގެ މަސައްކަތް ޓްރަމްޕްގެ ސަރުކާރުން ކުރަމުން ދިޔައިރު، ތާލިބާނުން ދިޔެއީ އަފްގާން ސަރުކާރާ ދެކޮޅު ހަމަލާތައް ވަރުގަދަ ކުރަމުންނެވެ.

މިދިޔަ ނޮވެމްބަރު މަހު ރިޔާސީ އިންތިހާބުން ލިބިވަޑައިގެންނެވި ނާކާމިޔާބީ އަށް ފަހު ވެސް ޓްރަމްޕް ގެންދެވީ އެމެރިކާ ސިފައިން އަނބުރާ ގައުމަށް ގެންނަމުންނެވެ. ޖެނުއަރީ 20 ވަނަ ދުވަހު ބައިޑެން މަސައްކަތް ފެއްޓެވިއިރު އަފްގާނިސްތާނުގައި ތިބީ އެމެރިކާގެ 2،500 ސިފައިންނާއި 16،000 ސިވިލް ކޮންޓްރެކްޓަރުންނެވެ.

ސިފައިން އަނބުރާ ގެނައުމުގެ ސިޔާސަތު މުރާޖައާ ކުރުމަށް ދުވަސްކޮޅަކަށް އެއްބަސްވުމަށް އަމަލު ކުރުން މެދުކަނޑާލުމަށް ފަހު އޭޕްރިލް މަހު ބައިޑެންގެ ސަރުކާރުން ބުނީ ސުންގަޑި މޭ އެކަކުން އޯގަސްޓު 31 އަށް ފަހަތަށް ޖައްސާފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox