އެމްޑީޕީގެ ބިޔަ ގައުމީ މަޖިލީހުގެ ކޯރަމް ހަމަނުވާ މައްސަލަ ބޮޑުވެފައި

މީގެ ކުރިން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވަނީ.

މީގެ ކުރިން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވަނީ.

ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ މައި ޕާޓީ, އެމްޑީޕީއަކީ ރާއްޖޭގައި އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. މެމްބަރުންގެ އަދަދަށް ބަލާއިރު، އެމްޑީޕީގެ ފިކުރަށް ތާއީދުކުރާ ބައި ލައްކައަށް ވުރެ ގިނަ މެމްބަރުން އެބަތިއްބެވެ.

އެ ނިސްބަތުން، އެ ޕާޓީގެ މައި ގުނަން ކަމަށްވާ ގައުމީ މަޖިލީހުގައި ޖުމްލަ 146 މެމްބަރުން ތިބެ އެވެ. އެއީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި މަޖިލީހުގެ މެމްބަރުންނާއި 87 ދާއިރާ ތަމްސީލުވާ ގޮތަށް، ރާއްޖޭގައި އޮތް އެންމެ ބިޔަ ގައުމީ މަޖިލީހެވެ.

ނަމަވެސް، އެ ޕާޓީގެ އެންމެ އިސްކޮށް ތިއްބެވި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ އަސަރު ގައުމީ މަޖިލީހުގެ ތެރެއިން ވެސް ދަނީ ފެންނަމުންނެވެ.

Advertisement

ދިރިއުޅުއްވާ ގެކޮޅު ކައިރިން މިދިޔަ މެއި މަހުުގެ ހަ ވަނަ ދުވަހުގެ ރޭ ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް ސައިކަލެއްގައި ހަރުކޮށްގެން ބޮމެއް ގޮއްވާފައި ވަނީ އެމްޑީޕީގެ ތެރޭގައި ރެނދުލައިގެން، ކޯޅުމެއްގެ މަލަމަތި ފެންނަމުންދިޔަ ދަނޑިވަޅެއްގަ އެވެ.

ނަމަވެސް ހަމަލާއަށްފަހު އެ ރެނދު ވަނީ ފުޅާވެ، ޕާޓީގެ ތެރޭގައި ރަނގަޅަށް ވެސް ދެ ފެކްޝަނެއް އުފެދިފަ އެވެ.

ނަޝީދުގެ ފަޅީގައި ތިއްބެވި ޕާޓީގެ އިސް ބޭފުޅުން ދަނީ ސަރުކާރަށް އަމާޒުކޮށް ބޮޑެތި ތުހުމަތުތައް ކުރަމުންނެވެ. އެ ހަމަލާގެ ތަހުގީގާމެދު ހިތްހަމަނުޖެހޭކަން ފާޅުކޮށް، އެ ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ފޮރުވަން މަސައްކަތް ކުރާ ކަމުގެ ތުހުމަތާ އެކު އެވެ.

އެއާއެކު އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ "މެއި6"ގެ ނަމުގައި ކޮމިޓީއެއް އުފައްދައި، އެ ތަހުގީގުގެ ކަންކަން ދާ ގޮތެއް ބެލުމުގެ މަސައްކަތް ފަށައިފަ އެވެ.

ހަފްތާއެކު އެއް ފަހަރު އެ ކޮމިޓީން ހޯދުނު މައުލޫމާތު ގައުމީ މަޖިލީހާ ހިއްސާކުރާ ގޮތަށް ގަރާރެއް ފާސްކުރި ނަމަވެސް، އެ ބައްދަލުވުންތަކުގެ ބައިވެރިވުން ކުޑަ އެވެ.

ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ބާއްވާ ގޮތަށް ހަމަޖެއްސުމަށްފަހު، އެ ބައްދަލުވުން ބުދަ ދުވަހަށް ބަދަލުކުރީ މެމްބަރުން އެދިގެންނެވެ.

އެކަމަކު ކޮވިޑާ ހެދި އޮންލައިންކޮށް ބާއްވަމުން ގެންދާ އެ ބައްދަލުވުންތަކުން ފެންނަނީ އެއް މޫނުތަކެކެވެ. އިވެނީ ހަމައެކަނި އެއް ފެކްޝަނުގެ އަޑެވެ.

އެމްޑީޕީ އުފެއްދުނީއްސުރެ ޕާޓީގެ އިސް ސަފުގައި ތިއްބެވި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ފަދަ ބޭފުޅުން ބައިވެރިވެވަޑައިނުގަންނަވަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ 65 މެމްބަރުން ތިއްބެވި ނަމަވެސް، އެ ބައްދުވުންތަކުން ގިނަ މެމްބަރުން ނުފެނެ އެވެ.

އެއާއެކު، މެއި6 ކޮމިޓީގެ ހޯދުންތައް ހިއްސާކުރަން ގައުމީ މަޖިލީހުގެ ބައްދަލުވުން ބޭއްވުން މިހާރު ވަނީ ހަނގުރާމައަކަށް ބަދަލުވެފަ އެވެ.

އެ ބިޔަ މަޖިލީހުގެ ކޯރަމް ހަމަވާން އެންމެ 37 މެމްބަރުން ބޭނުންވި ނަމަވެސް، އެ އަދަދު ހަމަވަނީ ކިރިޔާ އެވެ. ރޭގެ ބައްދަލުވުން ވެސް ފެށުނީ ކަނޑައެޅި ގަޑިއަށް ވުރެ ބައި ގަޑިއިރެއްހާ ފަހުން 38 މެމްބަރުންނާ އެކު އެވެ.

އެއާއެކު އެ ހަމަލާގެ މައުލޫމާތު ހިއްސާކުރެވޭ ގައުމީ މަޖިލީހުގެ ބައްދަލުވުންތަކުގައި ބައިވެރިނުވަނީ ގަސްދުގައި އެކަމުގެ ސީރިއަސްކަން ކަނޑުވާލަން ކަމުގެ ތުހުމަތުތައް ވެސް ރޭ ކުރެވުނެވެ.

މަގުސަދު ހާސިލުނުވާތީ، ގައުމީ މަޖިލީހުގެ ބައްދަލުވުންތައް މެމްބަރުން ހާޒިރުވެގެން ބޭއްވުމުގެ އިތުރުން މެއި6 ކޮމިޓީން އެމްޑީޕީގެ ހަރުގޭގައި މަހަކު ދެ ފަހަރު ބައްދަލުވުމެއް ބާއްވައި، އާންމު މެމްބަރުންނަށް އެ މައުލޫމާތު ހިއްސާކުރަން ރޭގެ ބައްދަލުވުމަށް ހުށަހެޅުނެވެ.

އެ ހުށަހެޅުންތައް ސާފުކޮށް، ވޯޓަށް އަހަން ޗެއާޕާސަން ހަސަން ލަތީފް ތައްޔާރުވަނިކޮށް ރޭގެ ބައްދަލުވުމުގެ ކޯރަމް ކުއްލިއަކަށް ގެއްލުނެވެ.

އެވަގުތު ބައްދަލުވުމަށް ހާޒިރުވެ ތިބީ އެންމެ 35 މެމްބަރުންކަމަށް ހަސަން ލަތީފް ވިދާޅުވެ ރޭގެ ބައްދަލުން މެދުކަނޑާލަންޖެހުނީ އެ ހުށަހެޅުމަށް ވޯޓަށް ވެސް ނޭހި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox