ބޭނުންވަނީ ވީހާވެސް އަވަހަށް ނަޝީދު ރާއްޖެ ވަޑައިގެން މިނިވަންކޮށް އުޅުއްވުން: ރައީސް

ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް. ރައީސް ވިދާޅުވީ ވީހާވެސް އަވަހަށް ނަޝީދު ރާއްޖެ ވަޑައިގަތުމަށް އެދޭ ކަމަށް. -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް. ރައީސް ވިދާޅުވީ ވީހާވެސް އަވަހަށް ނަޝީދު ރާއްޖެ ވަޑައިގަތުމަށް އެދޭ ކަމަށް. -- ފޮޓޯ: ރައީސް އޮފީސް

ބޮމެއް ގޮއްވާލައި އަވަހާރަކޮށްލަން ދިން ހަމަލާގައި ލިބުނު އަނިޔާއަށް އިނގިރޭސި ވިލާތުން ފަރުވާ ހޯދަވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވީހާވެސް އަވަހަކަށް ރާއްޖެ ވަޑައިގެންނެވުމަށް ބޭނުންފުޅުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގެ ރެކޮމެންޑޭޝަންސްތަކަށް އަމަލުކުރަން ރާވާފައިވާ ގޮތް އެނގުމުން ނޫނީ އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަކީ ރުހޭ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިދިޔަ ހަފްތާގައި ވަނީ ވިދާޅުވެފަ އެވެ.

އެކަމަށް ޖަވާބު ދެއްވައި ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ދެކިވަޑައިގަންނަވާ ގޮތް އެއީ އަބަދުވެސް އެމަނިކުފާން ވިސްނަވާނެ ކަމެއް ކަމަށެވެ. އަދި ސަރުކާރުން ވެސް އެމްޑީޕީ ދެކޭގޮތާ މެދު ވިސްނާނެ ކަމަށް ދެކެލައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި, ރައީސް ބޭނުންފުޅުވަނީ ނަޝީދު ރާއްޖެ ވަޑައިނުގަންނަވަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ވިދާޅުވީ ވީހާވެސް އަވަހަކަށް އެމަނިކުފާނު ރާއްޖެ ވަޑައިގެން އުޅުއްވަން ބޭނުންފުޅުވާ ކަމަށާއި އެކަމަށް ހުރަސް ނާޅުއްވާނެ ކަމަށެވެ.

އަޅުގަނޑު ބޭނުންވޭ ވީހާވެސް އަވަހަކަށް ރައީސް ނަޝީދު ފަރުވާއިން ސަލާމަތްވެ މިނިވަންކަމާއެކީގައި ހަމަޖެހިގެން ރާއްޖޭގައި އުޅެވޭތަން ފެނުން. އެއީ އަޅުގަނޑު އެދޭ އެދުމެއް،-- ރައީސް

ނަޝީދުގެ ރައްކާތެރިކަމަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ސަރުކާރުންނާއި ސިފައިން ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ސަލާމަތީ ކަންކަން އިތުރަށް ރަނގަޅު ކުރުމަށް ހޯދަން ޖެހޭ ތަކެތި ހޯދައި ކުރަން ޖެހޭ ކަންކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ހަމަލާއާ ގުޅިގެން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގައި ހަމަލާ ހިނގައިދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތައް ތަފްސީލްކޮށް ހިމަނާފައިވެ އެވެ. އަދި ޖުމްލަ 45 ކަމެއް މުއައްސަސާތަކަށް ހުށަހަޅާފައިވެ އެވެ.

އޭގެ ތެރޭގައި މުއައްސަސާތަކުން ފާހަގަވި ކަންބޮޑުވުންތަކާއި އިންޓެލިޖެންސްއާ ގުޅޭ ގޮތުން އޮތް ނިޒާމީ ބާގަނޑުތަކާއި އެމްއެމްޑީއެފްގެ އެތެރޭގައި ހުރި ފުށުއެރުންތަކާއި ސަލާމަތީ ކަންކަން ފުރިހަމަނުވެ ހުރި ކަންކަން ހައްލުކުރަން ވެސް ލަފާތައް ދިނެވެ.

ސަރުކާރުން އެންމެ ފަހުން ބުނެފައި ވަނީ ހަމަލާގެ ރިޕޯޓުން ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށާއި މައްސަލަތައް ހައްލުކުރާނެ ކަމަށެވެ. ސަރުކާރުން އެކަށޭނަ މަސައްކަތެއް ނުކުރާ ކަމަށް ބުނެ އެމްޑީޕީގެ ބައެއް މެމްބަރުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ނަޝީދު މީގެ ކުރިން ވަނީ ރިޕޯޓުގައި ހުރި ކަންކަން ވީހާވެސް އަވަހަކަށް ތަންފީޒުކުރަން ގޮވާލައްވައިފަ އެވެ. އެކަމަށް ފަސްޖެހިވަޑައިގެންފި ނަމަ، ރައްޔިތުންނަށް ވެސް ބޮޑެތި ގެއްލުންތައް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox