އެމްޑީޕީ/ޕީޕީއެމް ގުޅުމަށް ރައީސް ދެކޮޅު، މުޅި ނިޒާމު ރޫޅޭނެ

އެމްޑީޕީގެ ހަފްލާއެއްގައި ރައީސް ސޯލިހު ރައީސް ނަޝީދާއެކު - ފޮޓޯ: އަހުމަދު ޝުރާއު

އެމްޑީޕީގެ ހަފްލާއެއްގައި ރައީސް ސޯލިހު ރައީސް ނަޝީދާއެކު - ފޮޓޯ: އަހުމަދު ޝުރާއު

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމްއާ ގުޅިގެން މަސައްކަތް ކުރުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވާފައިވާ ދައުވަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާޅުގައި މިއަދު ދެކޮޅު ހައްދަވައިފި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގެންނެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް އަންނަނީ ކުރައްވަމުންނެވެ. އެކަން ހާސިލުކުރެއްވުމަށް އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންއާ އެކުގައި މަސައްކަތް ކުރައްވަން ވެސް ނަޝީދު ހުންނެވީ ތައްޔާރަށެވެ.

"އަޅުގަނޑު ދެކެނީ ރައީސް ޔާމީން އަޅުގަނޑާއެކު ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް، އަދި ފެންނަ ނުފެންނަ ވޯޓެއް ނަގާއިރެއްގައި އެމްޑީޕީ އާއި ޕީޕީއެމްއާއެކުގައި ތިބެގެން ވޯޓަށް ދެވޭނެ ކަމަށް،" މިދިޔަ މަހުގެ ތެރޭގައި ނަޝީދު ވިދާޅުވެފައި ވެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދުގެ އެ ވާހަކަތަކާ ގުޅިގެން "އަދަދު"ން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތީ ގިނަ ޕާޓީތަކެއް އެކުލެވޭ ސިޔާސީ ނިޒާމެއް ކަމަށެވެ.

އެގޮތުން، މިވަގުތު ރާއްޖޭގައި އޮތް މައި ދެ ސިޔާސީ ފިކުރަކީ އެމްޑީޕީ އާއި ޕީޕީއެމްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ދެ ފިކުރު އެކުވެއްޖެ ނަމަ އެ ނިޒާމު ހުއްޓޭނެ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ މަލްޓި ޕާޓީ ނިޒާމެއްގައި އެމްޑީޕީ އާއި ޕީޕީއެމް ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު އޮތް ކަމަކަށް. ސިޔާސީ ނިޒާމަށް އަދި މަސްލަހަތަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެ ދެ ޕާޓީ ދެ ފަރާތުގައި ތިބުން. އެއް ބަޔަކު އަނެއް ބަޔަކާ ސުވާލު ކުރެވި ފާޑުކިޔައިގެން،" ރައީސް ވިދާޅުވި އެވެ.

އެ ވިސްނުމަކީ ހަމައެކަނި ނަޝީދުގެ ވިސްނުންފުޅެއްކަމަށް ނުސީދާކޮށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ އެފަދަ ނިންމުމެއް އެމްޑީޕީގެ އެއްވެސް ގުނަވަނަކުން ނިންމާފައި ނުވާ ކަމަށެވެ.

ނަމަވެސް، ވަކިވަކި ބޭފުޅުން ކުރައްވާ ސިޔާސީ މަސައްކަތެއްގައި އެހެން ބޭފުޅަކާ ގުޅިގެން މަސައްކަތް ކުުރުމުގެ ފުރުސަތު އޮންނާނެކަމަށް ރައީސް ވިދާޅުވި އެވެ.

"ދެ ފިކުރު އެއްވެގެން މަސައްކަތް ކުރުމަކީ ސިޔާސީ ގޮތުން ވެސް އެންމެ ފައިދާ ހުރި ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އެމަނިކުފާނު ތަކުރާރުކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox