މޯލްޑިވިއަންގެ ހާލަތު ރަނގަޅު ކުރަން ޖޮއިންޓް ވެންޗާއެއް ހަދަން މަޝްވަރާކުރަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޯލްޑިވިއަންގެ ފްލައިޓަކަށް އަރާވަޑައިގަންނަވަނީ: މޯލްޑިވިއަންގެ ހާލަތު ރަނގަޅު ކުރުމަށް ބޭރުގެ އެހީތެރިކަން ހޯދަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޯލްޑިވިއަންގެ ފްލައިޓަކަށް އަރާވަޑައިގަންނަވަނީ: މޯލްޑިވިއަންގެ ހާލަތު ރަނގަޅު ކުރުމަށް ބޭރުގެ އެހީތެރިކަން ހޯދަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި-- ފޮޓޯ: ރައީސް އޮފީސް

ގައުމީ އެއާލައިން، މޯލްޑިވިއަންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ބޭރުގެ ފަރާތްތަކާއެކު ޖޮއިންޓް ވެންޗާއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މޯލްޑިވިއަންއަކީ ކުރިންސުރެ ވެސް ގެއްލުމުގައި ހިންގަމުން އައި ކުންފުންޏެއް ކަމަށާއި ކޮވިޑްގެ ސަބަބުން އިތުރު ކަންތައްތައް ކުރިމަތިވި ކަމަށެވެ. އެކަންކަން ބަދަލުކޮށް އެ ކުންފުންޏަށް ފައިދާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އިންޓަނޭޝަނަލް ފްލައިޓްތަކުން ފައިދާ ލިބޭ ކަހަލަ ދިމާއަކަށް ދިއުމަށްޓަކައި އަޅުގަނޑު މިދެންނެވިހެން ބޭރުގެ ބައެއް ފަރާތްތަކާ އެކީގައި މިހާރު ވެސް ވާހަކަ ދެކެވެމުން އެބަދޭ. އަދި އޭގެ އިތުރުން ސީޕްލޭންގެ ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އެއަށްވެސް އިތުރަށް އިންވެސްޓް ކުރެވިދާނެ ގޮތްތައް ހޯދައި އެކަން ކުރަމުން އެބަދަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދައުލަތުން ސަބްސިޑީ ދޭގޮތަށް ހެޔޮއަގެއްގައި ދަތުރުފަތުރު ކުރުމަށް ރާއްޖޭގައި ގައުމީ އެއާލައިނެއް އޮތުން މުހިންމު ކަމަށެވެ.

މޯލްޑިވިއަންއަކީ ގައުމީ އެއާލައިން ކަމަށްވާތީ ލިބޭ ގެއްލުމަށް ނުބަލައި އެ ކުންފުނިން ކުރަން ޖެހޭ ކަންތައްތަކެއް ހުރެ އެވެ. އޭގެ ތެރޭގައި ތަރުހީބަށް ބެލުމެއް ނެތި ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ދަތުރު ކުރުން ހިމެނެ އެވެ. އަދި ފްލައިޓް ޓިކެޓް ވެސް ވިއްކަނީ ޑިސްކައުންޓް ރޭޓެެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox