އަޅުގަނޑު މިހުރީ މަޖިލީހުގެ މެޖޯރިޓީއާއެކު: ރައީސް

ރައީސް ސޯލިހު  ނޫސްވެރިންގެ ބައްދަލުވުމުގައި  --  ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު ނޫސްވެރިންގެ ބައްދަލުވުމުގައި -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ އެމަނިކުފާނާ އެކީ ކަމަށާއި އެ މެޖޯރިޓީ ދަމަހައްޓަވާނެ ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ވެރިކަން ކުރާއިރު މަޖިލީހުގެ މެޖޯރިޓީ އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެންވެ، އެ މެޖޯރިޓީ ދެމެހެއްޓުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

"އަޅުގަނޑު މިހުރީ މިވަގުތު އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކީ،" ރައީސް ވިދާޅުވި އެވެ.

Advertisement

މަޖިލީހުގެ ތާރީހުގައި ވެސް އެއް ޕާޓީއަށް އެންމެ ގިނަ ގޮނޑި ލިބުނީ 2019 ގެ އިންތިހާބުގަ އެވެ. އެކި ދާއިރާތަކުން ވާދަކޮށް 65 ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވެ އެވެ.

މަޖިލީހުގެ މެޖޯރިޓީ އެމަނިކުފާނުގެ އަތްޕުޅުގައި އޮތް ކަމަށް ރައީސް މި ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ތެރޭގައި ދެ ފެކްޝަން އޮތް ކަން ފަޅާއަރާފައި ވަނިކޮށެވެ. ބައެއް މެމްބަރުން ކޮންޓްރޯލް ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އަނެއް މެމްބަރުން ތިއްބެވީ ރައީސާ އެކުގައި ކަން މަޖިލީހުގެ ބައެއް ބިލްތަކާއި ގައުމީ މަޖިލީހުގެ ބައެއް މަސައްކަތްތަކުން ސާފެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ދެ ފެކްޝަން އޮތް ކަމަށް ތުހުމަތު ކުރިއަސް މީގެ ކުރިން އެމަނިކުފާނުގެ އަތްޕުޅުގައި މެޖޯރިޓީ އޮތް ކަމަކަށް ރައީސް ވިދާޅުވެފައެއް ނުވެ އެވެ.

ރައީސް ސޯލިހު މިއަދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެތި ވެރިކަން ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެންވެ، އެމަނިކުފާނުގެ ވެރިކަމުގައި ހުންނަވާއިރު މަޖިލީހުގެ މެޖޯރިޓީ ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކުރިން ވެސް ފެނިގެން ގޮސްފައިވަނީ މަޖިލީހުގެ މެޖޯރިޓީ ނެތި ސަރުކާރުތައް ހިންގަން އުނދަގޫވި ތަން ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ތިން އަހަރާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހުކޮޅު އެ އުނދަގޫތައް ސަރުކާރަށް ވަމުންދިޔަ މަންޒަރު ފެނުނު ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މަޖިލީހުގެ މެޖޯރިޓީ ގެއްލިގެން ދިޔުމުން ރައީސް ޔާމީނަށް ސަރުކާރު ހިންގަން ހުރަސްތައް ކުރިމަތިވެ، ވަޑައިގަންނަވަން ޖެހުނީ އެހެން މަގަކުންނެވެ.

"އެހެންވެ އަޅުގަނޑު ވެރިކަމުގައި ހުންނައިރު މަޖިލީހުގެ މެޖޯރިޓީ ހޯދަން ބޭނުން، އެކަން އަޅުގަނޑު ކުރާނަން، މިއަދު މަޖިލީހުގެ މެޖޯރިޓީއާއެކީގައި މި ހުރީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، މި ސަރުކާރަށް ރައްޔިތުންނަށް އެހާ އޮމާންކޮށް ހިދުމަތްތައް ފޯރުކޮށްދެވެނީ ވެސް މަޖިލީހުގެ މެޖޯރިޓީ އޮތުމުންނެވެ.

ރައީސް ސޯލިހު މިއަދު ވަނީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. އެގޮތުން، 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ދެވަނަ ދައުރަކަށް ފުރުސަތު އެމަނިކުފާނަށް ވެސް އެބައޮތް ކަމަށެވެ.

"އެ ފުރުސަތު އަޅުގަނޑަށް ވެސް ބަންދުވެފައެއް ނެތް،" އެ ސުވާލަށް ވަރަށް ކުރުކޮށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި އެވެ.

ނަމަވެސް، ރައީސް ސޯލިހު މިއަދުވެސް ތަކުރާރުކުރެއްވީ ކުރިން ވެސް ވިދާޅުވާ ވާހަކަފުޅެވެ.

އެގޮތުން، ދެވަނަ ދައުރަކާ މެދު ވިސްނުމަށްވުރެ އެމަނިކުފާނުގެ ވިސްނުންފުޅުހުރީ ރިޔާސީ ވައުދުތައް ފުއްދެވުމަށް ކަމަށް ވިދާޅުވި އެވެ.

ކޮވިޑުގެ ސަބަބުން ދޮޅު އަހަރެއްހާ ދުވަސް ގެއްލިގެން ގޮސްފައިވާކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ ފެނާއި ނަރުދަމާ އާއި ތިލަފުށި ބުރިޖުގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދަންޖެހޭކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު އެގޮތަށް ވިދާޅުވެފައިވާއިރު، އަންނަ ރިޔާސީ އިންތިހާބަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އިއުލާނުކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox