ޕީއެސްޖީއާ އެކު ޗެމްޕިއަންސް ލީގު ހޯދޭނެ: މެސީ

Aug 11, 2021, 11:06 AM
ޕީއެސްޖީގެ ކެޕްޓަން ލިއޮނަލް މެސީ.-- ފޮޓޯ: އޭއެފްޕީ

ޕީއެސްޖީގެ ކެޕްޓަން ލިއޮނަލް މެސީ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޮގަސްޓް 11) - ޕީއެސްޖީއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭނެ ކަމަށް އެ ޓީމާ ދާދި ފަހުން ގުޅުނު މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.

ބާސެލޯނާ ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީ އަށް ބަދަލުވި މެސީ ވަނީ ރަސްމީކޮށް ޕީއެސްޖީ ކުޅުންތެރިއެއްގެ ގޮތުގައި މިއަދު މީޑިއާ އަށް ތައާރަފްކޮށްފަ އެވެ.

މެސީ ވަނީ އޭނާގެ ކެރިއަރުގައި ބާސެލޯނާއާ އެކު ހަތަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެންމެ ފަހުން ދެ ސީޒަނުގައި ވެސް ބާސެލޯނާ އެކު ޗެމްޕިއަންސް ލީގަށް ޓާގެޓްކުރި ނަމަވެސް އެކަމެއް ނުވި އެވެ. މިދިޔަ ސީޒަނުގައި ބާސެލޯނާ ކެޓީ ޕީއެސްޖީ އަތުންނެވެ.

ޕީއެސްޖީން މިއަދު ބޭއްވި ޕްރެސްގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެމުން މެސީ ބުނީ ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު ޕީއެސްޖީ އަށް ޗެމްޕިއަންސް ލީގު ހޯދޭނެ ކަމަށެވެ. އަދި އެ މަސައްކަތުގައި އެހީވެދޭން އޭނާ ތައްޔާރަށް ހުރި ކަމަށް މެސީ ވަނީ ބުނެފަ އެވެ.

"އަހަރެންގެ އުއްމީދަކީ އަދި ހުވަފެނަކީ އަދި އެއް ފަަހަރު ޗެމްޕިއަންސް ލީގެއް ކާމިޔާބު ކުރުން. އަހަރެން ދެކޭ ގޮތުގައި އަހަރެން މި ހުރީ އެކަން ކުރަން އެންމެ ރަނގަޅު ޓީމުގައި. މި ޓީމުގެ ފެންވަރަށް ބަލާއިރު އެއީ ނުކުރެވޭނެ ކަމެއް ނޫން. އަހަރެން މި ހުރީ އެ ކާމިޔާބީ ހޯދަން ތައްޔާރަށް،" މެސީ ބުންޏެވެ.

ޕީއެސްޖީން ބޮޑު އިންވެސްޓްމަންޓްތަކެއް ކޮށް މިހާތަނަށް ހާސިލްނުވެ އޮތް ކަމަކީ ޗެމްޕިއަންސް ލީގެއް ހޯދުމެވެ. އެ ޓީމުން ވަނީ ދުނިޔޭގެ ރެކޯޑް އަގުގައި 2017 ވަނަ އަހަރު ބާސެލޯނާ އިން ނޭމާ ވެސް ގެނެސްފަ އެވެ. އޭގެ ފަހުން މިދިޔަ އަހަރު ފައިނަލުގައި ޕީއެސްޖީ ވަނީ ބަޔާން މިއުނިކް އަތުން ބަލިވެފަ އެވެ. މި ދިޔަ ސީޒަނުގައި ޕީއެސްޖީ ސެމީގައި ބަލިވީ މެންޗެސްޓާ ސިޓީ އަތުންނެވެ.

އުމުރުން 13 އަހަރުގައި ބާސެލޯނާއާ ގުޅުމަށް ފަހު މެސީ އެ ޓީމުގައި 21 އަހަރު ހޭދަކުރި އެވެ. ބާސެލޯނާގެ ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޓީމު ދޫކޮށްލަން ޖެހޭތީ މެސީ ވަރަށް ބޮޑަށް ރުޔެވެ. މެސީ ބުނީ ބާސެލޯނާ ދޫކޮށްލަން ޖެހުނު ގޮތުގެ ވާހަކަ ދައްކަން އޭނާ އަށް އުނދަގޫ ކަމަށާއި އެ ޓީމާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅެން ޖެހިއްޖެނަމަ ފަސޭހަ ވެސް ނުވާނެ ކަމަށެވެ.

"ބާސެލޯނާ އަކީ އަހަރެންގެ ގެ. އަހަރެން ކުޑައިރުއްސުރެ އުޅެ ބޮޑުވީ އެ ތަނުގައި. އެ ޓީމާ ދެކޮޅަށް އެހެން ކްލަބެއްގެ ޖޯޒީގައި ކޭމްޕް ނޯގައި ކުޅުން އެއީ އަހަންނަށް ވަރަށް އުނދަގޫ ކަމަކަށް ވާނެ. އަހަންނަށް ނޭނގެ އަހަރެމެންގެ ދެ ޓީމު ކުޅެން ޖެހޭނެ ކަމެއް. އެކަމަކު އަލުން ބާސެލޯނާ އަށް ދިއުން އެއީ ރަނގަޅު ވަގުތުތަކަކަށް ވާނެ،" މެސީ ބުންޏެވެ.

ފްރާންސްގެ ފުޓްބޯޅަ ސީޒަން ފެށިގެން މިހާރު ކުރިއަށްދާއިރު، މެސީ ބުނީ ވީ އެންމެ އަވަަހަށް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެ، ދަނޑު މައްޗަށް އަރައި މެޗެއް ކުޅެލަން ވަރަށް ބޭނުންވެފައި ހުރި ކަމަށެވެ.

ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ (ކ) އާއި މެސީ.-- ފޮޓޯ: އޭއެފްޕީ

ޕީއެސްޖީން މެސީގެ ސޮއި ހޯދީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވައިދުތަކާ ހިލާފުނުވެތޯ ކަށަވަރުކުރަން ސްޕެއިނުގެ ވަކީލުންގެ ޓީމަކުން ޔުއެފާ އަށް މައްސަލައެއް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމާ ބެހޭގޮތުން ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ ވިދާޅުވީ ޕީއެސްޖީގެ މާލީ ކަންތައްތައް ވަރަށް ރަނގަޅަށް ބެލި ކަމަށާއި މެސީ ގެނައީ ގަވާއިދުގެ ތެރެއިން އެކަމަށް ފުރުސަތު އޮތުމުން ކަމަށެވެ.

"ތި މީހުން. މީޑިއާ އިން ފޯކަސް ކުރަންވީ ހުރިހާ ނެގެޓިވް ކަމަކަށް ނޫން. ވިސްނަންވީ ޕޮޒިޓިވްކޮށް މެސީގެ ފަރާތުން މި ކްލަބަށް ލިބެނީ ކޮންފައިދާތަކެއްތޯ،" ހެއްލާފީ ވިދާޅުވި އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރެއްގެ މަތިން ހޯދާފައިވާ މެސީ ޕީއެސްޖީ އަށް ބަދަލުވީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. މެސީ އަށް ޕީއެސްޖީން އަހަރަކު މުސާރައިގެ ގޮތުގައި 35 މިލިއަން ޑޮލަރު ލިބޭނެ އެވެ. ސޮއިކުރިއިރު ވެސް ބޯނަހެއްގެ ގޮތުގައި މެސީ އަށް 35 މިލިއަން ޑޮލަރު ދިނެވެ. އެ ކޮންޓްރެކްޓްގައިވާ ގޮތުން ޕީއެސްޖީން ބޭނުންނަމަ އިތުރު އެއް އަހަރަށް މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މެސީގެ ފިޓްނަސް ކަންކަން ބެލުމަށް ފަހު ހޮނިހިރު ދުވަހު ޕީއެސްޖީން ފްރެންްޗް ލީގުގައި ސްޓްރަސްބޯއާ ދެކޮޅަށް ކުޅޭ މެޗުގައި މެސީ ބޭނުންކޮށްފާނެ އެވެ. އެހެން ނޫންނަމަ ޕީއެސްޖީ ޖޯޒީގައި މެސީ ކުޅޭ ފުރަތަމަ މެޗަކަށް ވެގެންދާނީ މި މަހު 20 ވަނަ ދުވަހު ބްރެސްޓާ ދެކޮޅަށް ފްރެންޗް ލީގުގައި ކުޅޭ މެޗަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox