މި ގޮތަށް ބާސެލޯނާ ދޫކޮށްލަން ޖެހޭނެ ކަމަށް ހިއެއްނުކުރަން: މެސީ

Aug 8, 2021, 11:54 AM
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މެސީ.-- ފޮޓޯ: އޭއެފްޕީ

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މެސީ.-- ފޮޓޯ: އޭއެފްޕީ

މިދިޔަ އަހަރު ބާސެލޯނާ ދޫކޮށްލަން ބޭނުންވި ކަމުގައި ވިޔަސް މި އަހަރު ކޮންމެ ގޮތެއް ހަދާފައި ވިޔަސް ބޭނުންވީ އެ ޓީމުގައި މަޑުކުރަން ކަމަށާއި އެކަމަކު ހުރިހާ ދޮރެއް ބަންދުވެ، މި ގޮތަށް ކްލަބް ދޫކޮށްލަން ޖެހޭތީ ވަރަށް އަސަރުކޮށްފައިވާ ކަމަށް ލިއޮނަލް މެސީ ބުނެފި އެވެ.

ބާސެލޯނާ ދަނޑުގައި މިއަދު ބޭއްވި މެސީގެ ވަދާއީ ނޫސްވެރިންގެ ބައްދަލުވުން ފެށިގެން މާ ގިނަ އިރެއް ނުވެ މެސީ އަށް ރޮވެން ފެށި އެވެ. އަދި ނޫސްވެރިންގެ ބައްދަލުވުން ނިމެންދެން އެކި ސުވާލުތަކަށް ޖަވާބު ދެމުންދިޔައިރު ވެސް މެސީގެ ލޮލުން ކަރުނަ އޮހުނެވެ.

ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން މިދިޔަ އަހަރު މެސީ ވަނީ އިއުލާނުކޮށްފަ އެވެ. އެއީ އޭރު އެ ކްލަބްގެ އިސްވެރިންގެ ގޮތުގައި ތިބި ކްލަބްގެ އޭރުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއުގެ ލީޑަޝިޕާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެންނެވެ. އެކަމަކު، މެސީ އެދުނު ގޮތަށް އޭނާ ވިއްކާލަން ބާޓޮމެއު ދެކޮޅު ހެދި އެވެ. ބާސެލޯނާ އިން މިދިޔަ ސީޒަން ފެއްޓިއިރު، މެސީ މަޑުކުރުވީ ބާރުގެ ބޭނުން ކޮށްގެންނެވެ. ބާސެލޯނާގެ އާ ރައީސް ޔޮއާން ލަޕޯޓާއާ އެކު މިދިޔަ މެއި މަހު ބޭއްވި ބައްދަލުވުންތަކަށް ފަހު މެސީ، 34، ބާސެލޯނާގައި އިތުރު ފަސް އަހަރަށް މަޑުކުރަން ނިންމީ 50 ޕަސެންޓް ކުޑަ މުސާރައެއް ލިބޭ ގޮތަށް ކްލަބްގެ މާލީ ހާލަތަށް ބެލުމަށް ފަހު އެވެ. މެސީ ވަނީ އެއީ ހަގީގަތެއް ކަމަށް ބުނެފަ އެވެ.

އެކަމަކު، ހުރިހާ ކަމެއް ހުއްޓުނީ ބާސެލޯނާގެ މުޅި ޓީމުގެ ޖުމްލަ މުސާރަ އޮތްގޮތުން ލަލީގާގެ ގަވާއިދުތަކުގެ ތެެރެއިން މެސީ އެ ޓީމުގައި މަޑުކުރެވެން ނެތްކަން ކަށަވަރުވެ، ލަލީގާ އިން އެކަން ހުއްޓުވުމުންނެވެ. މެސީ ކްލަބް ދޫކޮށްދާން ޖެހުމާ ބެހޭގޮތުން ލަޕޯޓާ ވިދާޅުވީ ހިތާ ދެކޮޅަށް ވެސް ދިމާވެފައި އޮތް ހާލަތުގެ ސަބަބުން މެސީ ދޫކޮށްލަން ޖެހުނީ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެސީ ބުނީ ޗުއްޓީ އަށް ފަހު އެނބުރި އައިސް ބާސެލޯނާއާ އެކު ކޮންޓްރެކްޓް ސޮއިކުރުމުގެ އަމާޒުގައި ހުއްޓައި ލިބުނީ ޝޮކެއް ކަމަށެވެ. އަދި މިދިޔަ އަހަރު ބާސެލޯނާ ދޫކޮށްލަން މަސައްކަތް ކުރި ނަމަވެސް މި އަހަރު އޭނާގެ އިތުރުން އާއިލާ އިން ވެސް ވިސްނައިގެން ހުރީ ބާސެލޯނާގައި މަޑުކުރެވޭނެ ކަމަށް ކަމުގައި މެސީ ބުންޏެވެ.

"މި ޓީމަށް އައި ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާ ހަމައަށް ވެސް މި ކްލަބަށްޓަކައި އަހަންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރިން. މި ގޮތަށް މި ޓީމު ދޫކޮށްލަން ޖެހޭނެ ކަމަށް ހިއެއް ނުކުރަން،" ރޮވިފައި ހުރެ މެސީ ބުންޏެވެ.

މި ވަގުތު ބާސެލޯނާ އަށް ކުޅެމުން އަންނަ ޖެރާޑް ޕީކޭ އާއި ސާޖިއޯ ބުސްކެޓްސް އާއި ކުރިން ބާސެލޯނާ އަށް ކުޅުނު ޒަވީ ހެނާންޑޭޒާއި ކާލެސް ޕުޔޯލް ފަދަ ކުޅުންތެރިން ބައިވެރިވި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މެސީ ވަނީ ކްލަބްގައި އޭނާ ހޭދަކުރި ކޮންމެ ދުވަހެއް ވެސް އެއީ ހާއްސަ ދުވަހެއް ކަމަށް ބުނެފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މެސީ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

އުމުރުން 13 އަހަރުގައި ބާސެލޯނާ އަށް އައިސް 21 އަހަރު ފަހުން އެ ޓީމު ދޫކޮށްދާއިރު، ހިތުގައި އޮތީ އަދިވެސް ކޮންމެ ވެސް ސިފައެއްގައި ކްލަބަށް ހިދުމަތެއް ކޮށްދޭން އެނބުރި އައުމަށް ކަމަށް މެސީ ބުންޏެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހަ ފަހަރެއްގެ މަތިން ހޯދި މެސީ ވަނީ އެ ބާސެލޯނާ އަށް 778 މެޗުން 672 ގޯލު ޖަހައިދީފަ އެވެ. އޭނާ ވަނީ ބާސެލޯނާއާ އެކު ސްޕެނިޝް ލީގު 10 ފަހަރާއި ހަތަރު ޗެމްޕިއަންސް ލީގާއި ހަތް ކޮޕަ ޑެލް ރޭ ތަށި ހޯދައިފަ އެވެ. އަދި ތިން ޔުއެފާ ސުޕަ ކަޕާއި ކްލަބް ވޯލްޑް ކަޕް ތަށި އުފުލާލި އެވެ.

މެސީ ވަނީ ދެން ބަދަލުވާ ޓީމަކާ އެކު ވެސް އެންމެ ބޮޑު އަމާޒަކީ ކާމިޔާބު ހޯދުން ކަމަށް ބުނެފަ އެވެ. އަދި މެސީ މިސާލަކަށް ދެއްކީ އިއްޔެ އުމުރުން 38 އަހަރުގައި ބްރެޒިލާ އެކު އޮލިމްޕިކް ރަން މެޑަލް ހޯދި ޑެނީ އަލްވޭސް އެވެ.

ޕީއެސްޖީ އަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް: މެސީ

މި ވަގުތަށް ބަލާއިރު މެސީ ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި އޮތީ ފްރާންސްގެ ގަދަބާރު ޕީއެސްޖީ އެވެ. ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މެސީ މިހާރު ވަނީ ޕީއެސްޖީއާ އެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފަ އެވެ. އެއީ ތިން އަހަރަށް ޖުމްލަ އެކު 120 މިލިއަން ޔޫރޯ (141 މިލިއަން ޑޮލަރު)ގެ މުސާރަ އަކަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މެސީ ބުނީ ޕީއެސްޖީއާ ގުޅުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށާއި ބާސެލޯނާއާ އެކު މި ދިމާވި ކަންތައްތަކަށް ފަހު ގިނަ ޓީމުތަކެއްގެ ހުށަހެޅުން ލިބިފައިވާ ކަމަށެވެ. އެކަމަކު، ގޮތެއް ފައިނަލްވާނީ ހުރިހާ މަޝްވަރާތަކަށް ފަހު ކަމަށް މެސީ ބުންޏެވެ.

"އެއްވެސް ޓީމަކާ އެކު ކަމެއް ފައިނަލެއް ނުވޭ. ޕީއެސްޖީ އަކީ ވެސް އޮޕްޝަނެއް،" މެސީ ބުންޏެވެ.

ޕީއެސްޖީގެ ތަރި އަދި ކުރިން މެސީއާ އެކު ބާސެލޯނާ އަށް ކުޅުނު ބްރެޒިލްގެ ނޭމާގެ ފަރާތުން އަބަދުވެސް ޕީއެސްޖީ އަށް އަންނަން ދައުވަތު ލިބޭ ކަމަށް މެސީ ވަނީ ބުނެފަ އެވެ. އެކަމަކު، އެއީ ސަމާސާ ކުރެވޭ ވަގުތުތަކުގައި ދެކެވުނު ވާހަކަތަކެއް ކަމަށާއި މިހާރު މި އޮތީ ހާލަތު މުޅިން ބަދަލުވެފައި ކަމަށް މެސީ ބުންޏެވެ.

ބްރެޒިލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީ އަށް މެސީ ސޮއިކޮށްފިނަމަ އޭނާ އަށް 10 ނަމްބަރު ޖޯޒީ ދޭން ނޭމާ ހުރީ ތައްޔާރަށެވެ. ޕީއެސްޖީގެ 10 ނަމްބަރު ބޭނުންކުރަނީ ނޭމާ އެވެ. އެކަމަކު، މެސީ ނިންމީ ނޭމާ އަތުގައި 10 ނަމްބަރު ޖޯޒީ ބޭއްވުމަށެވެ. މެސީ އިހުތިޔާރު ކުރާ ޖޯޒީ ނަމްބަރަކީ 19 އެވެ. މިއީ ބާސެލޯނާ އާއި އާޖެންޓީނާގައި އޭނާ ކުރިން ބޭނުންކުރި ޖޯޒީ ނަމްބަރެވެ.

ޔޫރަޕްގެ ކްލަބް ފުޓްބޯޅަ ސީޒަން ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެތެރޭގައި ހުރިހާ ވަރުގަދަ ގައުމުތަކެއްގައި ފަށާނެ އެވެ. އެހެންކަމުން މެސީ ދެން ކުޅޭނެ ކްލަބެއް ނިންމައި، ވަރަށް އަވަހަށް ޓީމަކާ އެކު ކޮންޓްރެކްޓްގައި ސޮއިކުރާނެ ކަމަށް ބެލެވެ އެވެ. އޭނާ ދެން ފެންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ޕީއެސްޖީންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox