ޗެލްސީގެ ޑީލާ އެކު އެންމެ އަގުބޮޑު ކުޅުންތެރިއަކަށް ލުކާކޫ

Aug 10, 2021, 8:03 AM
ބެލްޖިއަމްގެ ފޯވާޑް ލުކާކޫ.-- ފޮޓޯ: އޭއެފްޕީ

ބެލްޖިއަމްގެ ފޯވާޑް ލުކާކޫ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޮގަސްޓް 10) - ޗެލްސީން ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫގެ ސޮއި ހޯދުމާ ގާތަށް ޖެހިލާފައިވާއިރު، މި ޑީލް ކުރިއަށް ދިއުމާ އެކު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިއަކަށް ލުކާކޫ ވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 28 އަހަރުގެ ލުކާކޫ ޗެލްސީ އަށް ބަދަލުވާން މެޑިކަލް ފުރިހަމަ ކޮށްފައިވާއިރު، އޭނާ އެ ކްލަބްގެ ކޮންޓްރެކްޓްގައި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ސޮއިކުރާނެ އެވެ. ޗެލްސީން ލުކާކޫގެ ސޮއި ހޯދަނީ 98 މިލިއަން ޕައުންޑް (135 މިލިއަން ޑޮލަރު) އަށެވެ. މި އަގުގައި މި ޑީލް ހިނގައިފިނަމަ ލުކާކޫ އަކީ ޖުމްލަ ޓްރާންސްފާ ފީތަކަށް ބަލާއިރު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އެވެ.

ލުކާކޫ އެންމެ ފުރަތަމަ ބެލްޖިއަމްގެ އެންޑަލެކްޓް ދޫކޮށް ޗެލްސީ އަށް 2011 ވަނަ އަހަރު ބަދަލުވީ 17 މިލިއަން ޕައުންޑް (23 މިލިއަން ޑޮލަރު) އަށެވެ. އޭގެ ފަހުން ލުކާކޫ އެވަޓަން އަށް ދާއިމީ އެއްބަސްވުމެއްގެ ދަށުން 2014 ވަނަ އަހަރު ބަދަލުވީ 28 މިލިއަން ޕައުންޑް (38 މިލިއަން ޑޮލަރު) އަށެވެ.

ލުކާކޫގެ ތިން ވަނަ ޓްރާންސްފާ އަކީ މެންޗެސްޓާ ޔުނައިޓެޑަށް 2017 ވަނަ އަހަރު ބަދަލުވުމެވެ. ޔުނައިޓެޑުން ވަނީ ލުކާކޫ ގަންނަން 75 މިލިއަން ޕައުންޑް (103 މިލިއަން ޑޮލަރު) ދައްކައިފަ އެވެ. އިންޓަ މިލާނުން 2019 ވަނަ އަހަރު ލުކާކޫ ގަތީ 73 މިލިއަން ޕައުންޑް (101 މިލިއަން ޑޮލަރު) އަށެވެ.

މި ހުރިހާ ޓްރާންސްފާ ފީތަކަށް ބަލާއިރު ލުކާކޫގެ ޖުމްލަ އަގަކީ 291 މިލިއަން ޕައުންޑް (403 މިލިއަން ޑޮލަރު) އެވެ.

މީގެ ކުރިން ޖުމްލަ ޓްރާންސްފާ ފީތަކަށް ބަލާއިރު އެންމެ އަގުބޮޑު ކުޅުންތެރިއަކީ ނޭމާ އެެވެ. ނޭމާ އެންމެ ފުރަތަމަ ބްރެޒިލްގެ ސަންޓޯސް ދޫކޮށް ބާސެލޯނާ އަށް 2013 ވަނަ އަހަރު ބަދަލުވީ 72 މިލިއަން ޕައުންޑް (100 މިލިއަން ޑޮލަރު) އަށެވެ. އަދި ޕީއެސްޖީން 2017 ވަނަ އަހަރު ނޭމާ ގަތީ 198 މިިލިއަން ޕައުންޑް (274 މިލިއަން ޑޮލަރު) ބާސެލޯނާ އަށް ދީފަ އެވެ. މިއާ އެކު ނޭމާގެ ޓްރާންސްފާ ފީތަކުގެ ޖުމްލަ އަދަދަކީ 270 މިލިއަން ޕައުންޑް (374 މިލިއަން ޑޮލަރު) އެެވެ.

ދެން މި ލިސްޓުގެ ގަދަ ފަހެއްގެ މަގާމުތަކުގައި ހިމެނެނީ ކްރިސްޓިއާނޯ ރޮނާލްޑޯ، އެޑެން ހަޒާޑް އަދި އަލްވާރޯ މޮރާޓާ އެވެ.

ސްޕޯޓިން ލިޒްބަން، މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑުން ކުރިން ފެނުނު އަދި މިހާރު ޔުވެންޓަސްގައި ހުރި ރޮނާލްޑޯގެ ޖުމްލަ އަގަކީ 192 މިލިއަން ޕައުންޑް (266 މިލިއަން ޑޮލަރު) އެވެ. ކުރިން ލިލް އާއި ޗެލްސީ އަށް ކުޅުމަށް ފަހު ރެއާލް މެޑްރިޑަށް ކުޅޭ ހަޒާޑްގެ ޖުމްލަ އަގަކީ 175 މިލިއަން ޕައުންޑް (242 މިލިއަން ޑޮލަރު) އެވެ. އަދި ރެއާލް މެޑްރިޑާއި ޗެލްސީ އަދި އެތުލެޓިކޯ މެޑްރިޑް އަށް ކުޅުމަށް ފަހު މި ވަގުތު ޔުވެންޓަސްގައި ހުރި މޮރާޓާގެ ޖުމްލަ އަގަކީ 166 މިިލިއަން ޕައުންޑް (230 މިލިއަން ޑޮލަރު) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox