އާ ގާނޫނު އަސާސީގެ ހަނދާންތަކާއި، ނަތީޖާ އަދި މިހާރުގެ ހާލަތު

އާ ގާނޫނު އަސާސީގެ ހަނދާންތަކާއި، ނަތީޖާ އަދި މިހާރުގެ ހާލަތު

މިހާރު އަމަލުކުރާ ގާނޫނު އަސާސީ އަށް އިއްޔެ އެ ވަނީ 13 އަހަރު ފުރިހަމަވެފަ އެވެ. އެ ދުސްތޫރު ހޯދަން ރައްޔިތުން ކުރި މަސައްކަތްތަކާއި އޭރު އޮތް ސަރުކާރަށް ކުރި ޕްރެޝަރާއި، ވަރުގަދަ ވެރިކަމެއްގެ ބާރުތައް ދޫކޮށްލަން މަޖުބޫރުވި ގޮތްތައް ހަނދާނުން ކެހިގެންދާހާ ދުވަހެއް އަދި ފާއިތުނުވެ އެވެ. އަދި އެކަމަށް ހާއްސަ މަޖިލީހުގެ އެތެރެއިންނާއި ބޭރުން ކުރެވުނު މަސައްކަތްތަކާއި، ރައްޔިތުންގެ އުފުލި އަޑުތަކާއި ކުރި ހަޅުތާލާއި ކުރި މުޒާހަރާތައް ހަނދާނުގައި ވަނީ ބިންވަޅުނެގިފަ އެވެ.

އޭރު ހާއްސަ މަޖިލީހުގެ ޖަލްސާތައް ފެށިގެން ދިޔައީ، މިހާރު މިފެންނަ ގޮތަށް ޓީވީން ލައިވްކޮށްގެންނެއް ނޫނެވެ. ޖަލްސާ ކަވަރު ކުރުމަށްޓަކައި ވަދެ އިންނަންޖެހެނީ މަޖިލީހުގެ ގެލެރީގަ އެވެ. ބައެއް ދުވަސް ދުވަހު ސެކިއުރިޓީ ގާޑާއި އަހަރެން އެކަންޏެވެ. މަޖިލީހުގައި ހޫނު ބަހުސެއް ނުދާނަމަ، ބައެއް ދުވަސް ދުވަހު، ގެލެރީގެ ފިނިކަން ވަނީ ތުރާލަކަށެވެ. ހޫނު ބަހުސަކަށް ވާކަހަލަ މާއްދާއެއް އެޖެންޑާކޮށްފި ނަމަ ގެލެރީ ފުރެއެވެ. އޭރު ގެލެރީއަށް ނޫސްވެރިންނަށް ވެސް ފޯނެއް ނުވެއްދެ އެެވެ. މެމްބަރުން ދައްކަވާ ހުރިހާ ވާހަކައެއްގެ މުހިންމު ޕޮއިންޓްތައް ހަނދާނުގައި އަދި ފޮތުގައި ޖެހެނީ ނޯޓުކުރާށެވެ.

ގާނޫނު އަސާސީއަށް 13 އަހަރު ފުރި, ފުރާވަރަށް އެޅިއިރު، އެއީ މާބޮޑު ކަމެއްގެ ގޮތުގައި ގިނަ ބަޔަކަށް މިފަހަރު ނުވިކަން ސޯޝަލް މީޑިއާއަށް ބަލާލުމުން އެނގެ އެވެ. ފުރިހަމަ ވެގެން ދިޔައީ ރީތި ނަންބަރެއްގެ އަހަރު ފުރުމެއް ކަމަށް ނުވިޔަސް، މިފަދަ މުހިންމު މުނާސަބާ ހަނދާންކުރަންޖެހެ އެވެ. ފާހަގަކުރަންޖެހެ އެވެ.

ބައެއް ހަނދާންތައް ހިއްސާކޮށްލާނަމެވެ. ފުރަތަމަ ކަމަށް ހާއްސަ މަޖިލީހުގެ ރައީސަކު ހޮވުން ދިގުލައި ދިޔަ އެވެ. އެ މަޖިލީހުގެ ފުރަތަމަ ރައީސަކަށް އައްބާސް އިބްރާހިމް ހުންނެވި ނަމަވެސް، ރިޔާސަތުގެ ގޮނޑިކޮޅު އެ މަނިކުފާނަށް ފަސޭހަފުޅެއް ނުވި އެވެ. މަޖުބޫރުތައް ކުރިމަތިވެ، ހާއްސަ މަޖިލީހުގެ ރައީސަކަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އިންތިހާބުކުރި އެވެ. އޭރު ހާއްސަ މަޖިލީހުގެ މެމްބަރުންގެ އަދަދުގެ ގޮތުން ކޮންޓްރޯލް އޮތީ ރައީސް މައުމޫން އަބްދުލްގައްޔޫމަށެވެ. ޕާޓީ ނިޒާމު ތައާރަފުވުމުގެ ކުރިންނާއި ޕާޓީ ނިޒާމަށް ފަހު ވެސް އިދިކޮޅު މެމްބަރުންގެ ގޮތުގައި ތިއްބެވީ މަދުބައެކެވެ. ނަމަވެސް، ރައީސް މައުމޫންގެ މެމްބަރުން "އަބުއި" ކަމުން، މަޖިލީހުގެ ތަޅުން ހަގީގަތުގައި ކޮންޓްރޯލްކުރަމުން ދިޔައީ އިދިކޮޅު މެމްބަރުންނެވެ. ސަރުކާރުގެ ކިތަންމެ ގިނަ މެމްބަރުންނެއް ތިއްބެވިޔަސް، އިދިކޮޅު މެމްބަރުންގެ އަޑު މާގަދަ އެވެ. މާކުޅަދާނެވެ. މާ ހުށިޔާރެވެ.

ހާއްސަ މަޖިލީސް ރަނގަޅަށް ނުފެށި އުޅެނިކޮށް، ފުރަތަމަ "އޯގަސްޓް 12-13" ގެ މުޒާހަރާއާ ގުޅިގެން އެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންތަކެއް ޖަލަށްލި އެވެ. ބައެއް ބޭފުޅުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނިކޮށް، 2004 ވަނަ އަހަރުގެ ސުނާމީ އެރުމާއެކު ރައީސް މައުމޫންގެ "މައާފު" ލިބިވަޑައިގެންނެވި އެވެ.

ރައީސް މައުމޫންގެ ސަރުކާރަށް އެތެރެ އާއި ބޭރުން ކުރިމަތިވަމުން ދިޔަ ފިއްތުމުގެ ސަބަބުން، އާ ގާނޫނުއަސާސީގެ ކުރިން ސިޔާސީ ޕާޓީތައް ރަޖިސްޓްރީކޮށް ހިންގަން ހުއްދަ ދިނެވެ. އެއާއެކު، ހާއްސަ މަޖިލީހުގެ މެމްބަރުން ވެސް މައިގަނޑު ދެ ބަޔަކަށް ބެހުނެވެ. ރައީސް މައުމޫން އަށް ތާއިދުކުރައްވާ މެމްބަރުން ޑީއާރުޕީއަށެވެ. އެހެން މެމްބަރުން އެމްޑީޕީއަށެވެ.

ހާއްސަ މަޖިލީހުގެ ދުވަސްތަކުން ހަނދާނުގައި އެންމެ ހަރުލާފައި ހުރި އެއް ދުވަހަކީ، އެމްޑީޕީގެ އޭރުގެ ޗެއާޕާސަން އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ހުޅަނގު ފަރާތުގެ ގެލެރީގައި މުޒާހަރާ ކުރެއްވި ދުވަހެވެ. އަޅުގަނޑާއި ނަޝީދާ ދެމެދު އޮތީ، އެ މަނިކުފާނު ލިޔުއްވަން ގެންގުޅުވި އާދައިގެ ނޯޓު ފޮތާއި ގަލަމެވެ. ނަޝީދާ ޖެހިވަޑައިގެން އެ މަނިކުފާނުގެ ގާތް ބައެއް ބޭފުޅުން ތިއްބެވި އެވެ.

ހަނދާންތައް އަޅުގަނޑާ ނުކުޅޭނަމަ، އެ ދުވަހަކީ ގާނޫނު އަސާސީގެ ހާއްސަ މާއްދާތަކެއް ފާސްކުރަން އެޖެންޑާކޮށްފައި އޮތް ދުވަހެކެވެ. ސަރުކާރުގެ މެމްބަރުން ބޭނުންވި ގޮތަށް އެކަން ކުރިއަށް ނުގެންދިއުމަށް ނަޝީދު އިޝާރާތް ކުރައްވަމުން ގެންދެވި އެވެ. މަޖިލީހުގެ ތަޅުން ހޫނުވަމުން ދިޔަވަރަށް، ގެލެރީގެ އަޑުވެސް ދިޔައީ ބާރުވަމުންނެވެ. އެފަދަ ހާލަތުގައި މާލަން ނުދެއްކުމަށްޓަކައި ގެލެރީގެ ހޯލުގައި ތިރިއަށް ކަހާލެވޭ ގޮތަށް ވަރުގަދަ ފޮތި ފަރުދާއެއް ހުރެ އެވެ. އެއީ ފަރުދާ ތިރިކޮށްލި ދުވަހެކެވެ. ނަމަވެސް، ގެލެރީގައި ތިބި ބައެއް މީހުން އެ ފަރުދާގެ އެއްކޮޅު ކަނޑައިލި އެވެ. އެ ދުވަހު ގެލެރީތެރޭގަ އާއި މަޖިލީހުގެ އިދާރާގެ އެތެރޭގައި، އަދި މަޖިލީހުން ބޭރަށް ނުކުމެ މުޒާހަރާ ވެސް ކުރި އެވެ.

މިއީ އެންމެ ދުވަހެއްގެ އެންމެ ހާދިސާއެކެވެ. މިފަދަ ކިތަންމެ ކަމެއް މަޖިލީހުގެ އެތެރޭގައި ހިނގައި ދިޔަ އެވެ. މަޖިލީހުގެ ތަޅުން ހޫނުވެ، މެމްބަރު އިލްޔާސް ހުސައިން އިބްރާހިމް މޭޒުކޮޅު މައްޗަށް އަރާވަޑައިގަތީ، މެމްބަރު އިބްރާހިމް އިސްމާއީލް (އިބްރާ) އެއްގަޑިއިރު ވަންދެން ހުއްޓުމެއް ނެތި ވާހަކަ ދެއްކެވީ އަދި މަޑުމަތިރި މިޒާޖެއްގެ މުހައްމަދު ޝިހާބުގެ ހިތްހަމަނުޖެހުން ފަޅައިގެން ދިޔައީ ސަބަބުތަކެއް އޮވެގެންނެވެ. ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދިނުމަށް ގާނޫނު އަސާސީ އަވަހަށް ނިންމުން މުހިންމުވުމުންނެވެ. ދިވެހިންގެ ވާހަކަތަކާއި ހުވަފެންތަކަށް ގާނޫނު އަސާސީ މުހިންމު ވާނެތީ އެވެ. ރައީސް މައުމޫންގެ ދިގުވެރިކަމުގެ ސިއްކަ ޖެހޭނީ ގާނޫނު އަސާސީން ކަމަށް ދެކޭތީ އެވެ. ރައްޔިތުންނަށް "ފޮނިމީރުކަން" އޮތީ ގާނޫނުއަސާސީން ކަމަށް ބުނާ ވާހަކައަކީ ހާއްސަ މަޖިލީހުގެ ތަޅުމުން އާންމުކޮށް އިވޭ އިބާރާތެކެވެ.

ގާނޫނު އަސާސީއަށް 13 އަހަރުވީއިރު، މި ފާހަގަކުރި ފޮނިމީރުކަން ލިބިއްޖެ ހެއްޔެވެ؟ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހައްގުތަކާއި މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބޭ ހެއްޔެވެ؟ ގާނޫނުއަސާސީގެ ދަށުން އެކުލަވާލި މިނިވަން މުއައްސަސާތަކާއި އޭގެ ފަހުން އުފެއްދި މުއައްސަސާތަކުން ރައްޔިތުންނަށް މަންފާއެއް ލިބޭކަމުގެ އިހްސާސް އެބަ ކުރޭ ހެއްޔެވެ؟ މިއީ އުފެދޭ ސުވާލުތަކެވެ.

އާ ގާނޫނުއަސާސީއާއެކު ތިން ބާރު ވަކިވާނެ ވާހަކަ ދެއްކީ އުފަލުން ނަށަމުންނެވެ. އެކަން "އިއްޔެ" އާހަމައަށް ވެސް އޮތީ އެއްބާރެއްގެ ގޮތުގަ އެވެ. މިހާރު ބާރުތައް ވަކިވެފައިވާ ކަމުގެ އިހްސާސް ކުރެވޭ ފަދައިން، އަދިވެސް ބައެއް ބާރުތަކުގެ މެދުގައި ޖެއްސުންކުރުމުގެ އަމަލުތައް ގެންގުޅެމުންދާކަމުގެ އިހްސާސް ކުރެވެ އެވެ. މިއީ ރައްޔިތުން އުއްމީދުކުރި ގޮތެއް ނޫނެވެ. މިއީ އެދުވަހު ބުނި ފޮނިމީރު ކަމެއް ވެސް ނޫނެވެ.

މިހާރުގެ ސުޕްރީމް ކޯޓަށް އުއްމީދެއް އޮތްކަމުގެ އިހްސާސް ކުރެވުނު ނަމަވެސް، ވައުދުވި ގޮތަށް އަދިވެސް ޖޭއެސްސީ ބައްޓަންނުކުރެވެ އެވެ. އެމްޑީޕީން ބުނަމުން ދިޔައީ ޖޭއެސްސީއަށް ވެސް ބަދަލު އަންނަންޖެހޭ ކަމަށެވެ. ގެންނާނެ ކަމަށެވެ. ނަމަވެސް، ގާނޫނު އަސާސީއަށް 13 އަހަރު ފުރުނުއިރު އެ ހަނދާން ބަޔަކު ހުރިކަމުގެ އިހްސާސެއް ނުކުރެވެ އެވެ.

ރައްޔިތުންނަށް އެންމެ މުހިންމީ ބިރެއް ނެތި ދިރިއުޅުމުގެ ހައްގެވެ. ދިވެހިރާއްޖެ އަކީ އަފްގާނިސްތާނަށް ނުވިޔަސް، މި ރާއްޖޭގައި ހަރުކަށި ވިސްނުމުގެ މީހުންގެ ސެލްތައް އޮޕަރޭޓްކުރާ ގޮތުން، ނުރައްކާ ކުޑައެއް ނޫނެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ، އެންމެ ޑިމޮކްރެޓިކް ގައުމުތަކުގައި ވެސް ނުރައްކާތެރި ހާދިސާތައް ހިނގަ އެވެ. ކޮރަޕްޝަން ވެސް ހިންގަ އެވެ. ނަމަވެސް އެހެން ބައެއް ގައުމުތަކާއި މި ރާއްޖޭގެ ތަފާތަކީ، ގާނޫނު ތަންފީޒުކުރުމާއި ހިންގުމުގެ ނިޒާމުގެ ދޯހަޅިކަމުން، ހަރުކަށި ފިކުރުގެ މީހާ ރިހެބިލިޓޭޓް ނުކުރެވޭތަނުގައި، ފައިގައި އަޅުވާނެ ޓެގެއް ވެސް ނެތުމެވެ. ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ބޮޑީ-ކެމެރާއެއް ވެސް ނެތުމެވެ. ސަލާމަތީ ހިދުމަތްތައް ހިންގަމުންދާތާ އެތައް އަހަރެއް ވީއިރު، އޮންނަންޖެހޭ ގުޅުމެއް ނެތުމެވެ. މިއީ އާ ގާނޫނުއަސާސީން ރައްޔިތުން އެދޭ ނަތީޖާއެއް ނޫނެވެ.

އާ ގާނޫނު އަސާސީގެ ފަހުން ހެޔޮ ކަންތައްތަކެއް ވެސް ކުރެވިފައި އެބަ ހުއްޓެވެ. އެންމެ ބޮޑު ބަދަލަކީ މަސްހުނި ނިޒާމަކުން، ތިން ބާރު ވަކިން އޮންނަ ނިޒާމެއް ގެނެވުމެވެ. ތަންފީޒުކުރުމުގައި ހުރި ދަތިތައް ފިލައިދާނެ ކަމަށް އުއްމީދުކުރެވެ އެވެ. ބިރެއް ނެތި ހިޔާލު ފާޅުކުރުމުގެ ހައްގު ލިބުމަކީ ކުޑަކަމެއް ނޫނެވެ. ސިޔާސީ ޕާޓީގެ ނިޒާމު ތައާރަފުކުރެވި، ހިންގޭ ވާދަވެރި ސިޔާސީ ހަރަކާތުގެ ސަބަބުން ރައްޔިތުންނަށް އުފެދޭ ފުރުސަތުތަކާއި، ލިބޭ ފަސޭހަތަކެވެ. މި ހުރިހާ ވާހަކަތަކަށް ތައުރީފުކުރުމަށް ވުރެ ހެޔޮ ގޮތަކީ، ފުރިހަމަކުރަން ހުރި ކަންކަމުގެ ވާހަކަތައް ލިޔުމެވެ. އެ ކަންކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރުމެވެ.

އެގޮތުން، ދެން ދައްކަން އެންމެ ރަނގަޅު ވާހަކައަކީ ލާމަރުކަޒު ކުރުމުގެ ވާހަކަ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްގީ މަރުކަޒުކުރުމުގެ ސިޔާސަތެއް ގެންގުނު ނަމަވެސް، މި ވެރިކަމުގައި އެ ސިޔާސަތު ބަދަލުކޮށްފައިވެ އެވެ. ކައުންސިލްތަކަށް މީގެ ކުރިން ނެތް ގިނަ ބާރުތަކެއް ގާނޫނުގެ ދަށުން މިހާރު ދީފައިވާއިރު، ގާނޫނު އަސާސީ ވުޖޫދުވި ފަހުން މިހާތަނަށް ވެސް ފެނިގެން ދިޔައީ، ތަންފީޒުކުރުމުގައި ކައުންސިލްތަކުގެ ބާރެއް ނެތް ނިޒާމެކެވެ. މިއީ ރައްޔިތުންނަށް ލިބޭނެ ފޮނިމީރު ކަމެއް ނޫނެވެ. ދެން ވެސް އާކުރަންވީ މިފަދަ ވާހަކަތަކާއި ކަންކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox