ހިތާ ދެކޮޅަށް ވިޔަސް ބާސެލޯނާ އަށް ޖެހުނީ މެސީ ދޫކޮށްލަން: ރައީސް ލަޕޯޓާ

Aug 6, 2021, 12:13 PM
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ.-- ފޮޓޯ: އޭއެފްޕީ

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާ (އޮގަސްޓް 6) - ބާސެލޯނާ އިން ލިއޮނަލް މެސީ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކުރުވަން ކުރި ހުރިހާ މަސައްކަތެއް ވެސް ކާމިޔާބު ނުވެ، އެންމެ ފަހު ވަގުތު ހިތާ ދެކޮޅަށް ވިޔަސް ޖެހުނީ މެސީ ދޫކޮށްލަން ކަމަށް ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

ލަޕޯޓާ ބާސެލޯނާގެ ރައީސްކަމަށް މާޗް މަހު އިންތިހާބުވި ދުވަހުން ފެށިގެން މެސީ ބަހައްޓަން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރި އެވެ. އެކަމަކު، މިދިޔަ ޖޫން މަހުގެ ނިޔަލަށް މެސީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވިއިރު ވެސް އާ އެއްބަސްވުމުގެ ކަންތައްތައް ގޮތަކަށް ނުނިމުނެވެ.

ދެބައިކުޅަ އެއްބައި މުސާރަ ކުޑަކޮށްގެން މެސީ ލައްވައި ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރުވަން ހުރިހާ ކަމެއް އިއްޔެއާ ހަަމަށް އޮތީ ނިމިފަ އެވެ. އެކަމަކު އެންމެ ފަހު ވަގުތު ވެސް ސްޕެނިޝް ލީގު (ލަލީގާ) ގަވާއިތަކުގެ ތެރެއިން މެސީ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކޮށް އެ އެއްބަސްވުން ރަޖިސްޓްރީ ކުރެވޭނެ ގޮތެއް ނެތިގެން ބާސެލޯނާ އިން ނިންމީ މެސީ ދޫކޮށްލާށެވެ.

"ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) އުސޫލުގެ ތެރެއިން އަހަރެމެން މެސީ އަށް ފަސް އަހަރުގެ ކޮންޓްރެކްޓެއް ދިނީ. އެއީ ފުރަތަމަ ދެ އަހަރު މެސީ ކުޅޭނީ 50 ޕަސެންޓް ކުޑަ މުސާރަ އަކަށް. ދެން އޮތް ތިން އަހަރު ފެށުމުގެ ކުރިން އެއްބަސްވުން އުވާލުމުގެ އިހުތިޔާރު މެސީ އަށް ލިބޭ ގޮތަށް. މިއަދު ލަޕޯޓާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވިދާޅުވި އެވެ.

"އެކަމަކު އެ ހުރިހާ ޝަރުތެއް ލައިގެން ވެސް ލަލީގާގެ ގަވާއިދުގެ ތެރެއިން މެސީގެ ކޮންޓްރެކްޓް ރަޖިސްޓްރީ ކުރެވޭގޮތެއް ނުވެ ޖެހުނީ މެސީ ދޫކޮށްލަން،"

އުމުރުން 34 އަހަރުގެ މެސީ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން ބާސެލޯނާ އިން ބެލިއިރު، އެންމެ ބޮޑު މައްސަލަ އަކަށް ދިމާވީ ބާސެލޯނާގެ ހުރިހާ ކުުޅުންތެރިިންގެ ޖުމްލަ މުސާރަ އިންތިހާ އަށް ބޮޑުވެފައިވުމެވެ.

ލަޕޯޓާ ވިދާޅުވީ މިއީ އެއް ދުވަހުން ނޫނީ ދެ ދުވަހުން ކްލަބަށް ދިމާވި ހާލަތެއް ނޫން ކަމަށާއި އަހަރުތަކެއް ވަންދެން ބަޔަކު ކްލަބްގެ ލީޑަޝިޕްގައި ތިބެ ނިންމަމުން ދިޔަ ގޯސް ނިންމުންތަކެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ.

"އަހަންނަށް މި ވަގުތު ނެތީ ކުރިއަށް އޮތް 50 އަހަރަށް ބޮޑު ރިސްކެއް ނަގާފަދަ ނިންމުމެއް ނިންމެން. މެސީ މަޑުކުރުވައިގެން އެ ރިސްކު ނަގަން އޭނާ ވެސް ބޭނުމެއް ނުވި. މި ކްލަބަކީ 100 އަހަރަށް ވުރެ ގިނަ ދުވަސްވީ ކްލަބެއް. އެއީ ވަކި ކަމަކަށް ނޫނީ ވަކި މީހަކަށް ވުރެ ބޮޑަށް ބަލަން ޖެހޭ ކަމެއް. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވުރެން ވެސް މިކަން (ކްލަބް) ބޮޑު. އަހަރެމެން ތާ އަބަދަށް އޭނާ ކޮށްދިން ހިދުމަތްތައް ބަލައިގަންނާނަން،" ލަޕޯޓާ ވިދާޅުވި އެވެ.

އެކި ގޮތްގޮތުން މަސައްކަތް ކޮށްގެން ވެސް މެސީ އަދިވެސް ބާސެލޯނާގައި މަޑުކުރެވޭނެ ގޮތެއް ހޯދޭތޯ ބެލުން އެއީ ބާސެލޯނާގެ ގިނަ ސަޕޯޓަރުންގެ އެދުމެކެވެ. އެ ގޮތަށް ކަންތައް ކުރަން އެދި ކަޓަލޫނިއާ ސަރަަހައްދުގެ އެކި ތަންތަނަށް ބާސެލޯނާ ސަޕޯޓަރުން އެއްވެ، ދަނީ ޝުއޫރު ފާޅުކުރަމުންނެވެ.

މިދިޔަ މެއި މަހު ކޮޕަ ޑެލް ރޭ ފައިނަލަށް ފަހު މެސީ (ވ) އާއި ލަޕޯޓާ ވާހަކަ ދައްކަނީ.

ލަޕޯޓާ ވިދާޅުވީ ސަޕޯޓަރުންނަށް ގޯސް އުއްމީދެއް ދީގެން ނުވާނެ ކަމެއްގެ ވާހަކަ ދައްކަން އޭނާ ބޭނުންނުވާ ކަމަށެވެ.

"މެސީއާ އެކު ކުރި މަޝްވަރާތައް ނިމިއްޖެ. ލަލީގާ ގަވާއިދުތަކުގެ ސަބަބުން މިކަން ކުރެވޭނެ ގޮތެއް ނެތް. އަހަރެމެންނަށް އޮތް މުއްދަތު ވެސް ހަމަވެއްޖެ. މިހާރު މެސީ އެ ދަނީ އޭނާ އަށް ލިބިފައިވާ ހުށަހެޅުންތައް ބަލަމުން. އަހަރެމެން އަބަދުވެސް އެދެނީ މެސީ އަށް ރަނގަޅު ގޮތް،" ލަޕޯޓާ ވިދާޅުވި އެވެ.

ސްޕެއިނާއި އާޖެންޓީނާގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން މެސީގެ ކޮންޓްރެކްޓް ރަޖިސްޓްރީ ކޮށްދޭން ލަލީގާ އިން ހުރަސް އެޅި އެންމެ ބޮޑު ސަބަބަކީ ދާދި ފަހުން ބޮޑެތި ކްލަބްތައް އަޑީގައި އޮވެގެން ފަށަން މަސައްކަތްކުރި ސުޕަ ލީގުގެ ކަންތައްތައް ބާސެލޯނާ ހުއްޓައިނުލުމުންނެވެ.

ލަލީގާ އިން އެދުނު ގޮތަށް ބާސެލޯނާ އާއި ރެއާލް މެޑްރިޑުން ސުޕަ ލީގުގެ މަސައްކަތް ހުއްޓައެއްނުލި އެވެ. އަދި ބާސެލޯނާ އާއި ރެއާލުން ވަނީ ލަލީގާ އިން ދާދި ފަހުން އިންވެސްޓްމަންޓް ކުންފުނި ސީވީސީއާ އެކު ވި ތިން ބިލިއަން ޑޮލަރުގެ ޑީލު ފާސްކުރަން ވޯޓު ނުދޭން ނިންމައިފަ އެވެ.

ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީން މެސީ ހޯދުމުގެ މަސައްކަތް ކުރިއަށް

ބާސެލޯނާގެ ކުރީގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއުގެ ލީޑަޝިޕާ މެދު ހިތްހަމަނުޖެހިގެން ކްލަބް ދޫކޮށްލަން ބޭނުންވާކަން މިދިޔަ އަހަރު މެސީ ވަނީ އިއުލާނުކޮށްފަ އެވެ. އެކަމަކު، މެސީ އެދުނު ގޮތަށް އޭނާ ވިއްކާލަން ބާޓޮމެއު ދެކޮޅު ހެދި އެވެ.

މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީގެ ފަރާތުން ރަނގަޅު ހުށަހެޅުންތަކެއް ލިބިފައިވަނިކޮށް މެސީ އެންމެ ފަހުން ބާސެލޯނާގައި މަޑުކުރީ ގަދަބާރުން ކްލަބް ދޫކޮށްލަން ބޭނުންނުވާތީ އެވެ.

މެސީ އެންމެ ފަހުން ބާސެލޯނާގެ ކޮންޓްރެކްޓްގައި ހުރީ ސީޒަނެއްގެ މައްޗަށް ޖުމްލަ އެއްކޮށް 165 މިލިއަން ޑޮލަރު ލިބޭ ގޮތަށެވެ. އެއީ މުސާރައިގެ އިތުރުން އެކި އިޝްތިހާރު ޑީލްތަކާ އެކު ޖުމްލަ ލިބޭ ވަރެވެ. ރަސްމީކޮށް ކުޅޭ މެޗުތަކަށް ބާސެލޯނާ އިން މެސީ އަށް ލިބޭ މުސާރަ އަކީ 40 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެކެވެ.

ކޮވިޑް-19ގެ ހާލަތުގެ ސަބަބުން ކްލަބްތަކުގެ މާލީ ހާލަތު މި ވަގުތު އޮތްގޮތުން މެސީ ގަނެވޭނެ ވަރުގެ އޮތީ މަދު ކްލަބްތަކެކެވެ. މެސީ ގަނެވޭނެ ތަނަވަސްކަން ބައެއް ކްލަބްތަކުގެ ހުރި ނަމަވެސް އެ ޓީމުތަކުގެ ޖުމްލަ މުސާރަ އިންތިހާ އަށް މަތިވެފައިވާތީ އެކަމުގެ ސަބަބުން މެސީގެ ރޭހުގައި ބައިވެރިވެވެން ނެތް ބޮޑެތި ކްލަބްތަކެއްގެ ވެސް އެބަހުއްޓެވެ. މި ވަގުތަށް ބަލާއިރު، މެސީ ހޯދުމުގެ މަސައްކަތުގައި އެކްޓިވްކޮށް އުޅެނީ މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީ އެވެ.

ޗެމްޕިއަންސް ލީގުގެ މެޗެއްގެ ތެރެއިން މެސީ (ކ) އާއި އެމްބާޕޭ: ޕީއެސްޖީން މެސީ ގެންނާނެ ކަމަށް ބެލެވެނީ އެމްބާޕޭ ދޫކޮށްލުމަށް ފަހު.

ބާސެލޯނާ އިން މެސީގެ ކޮންޓްރެކްޓް އާ ނުކުރެވޭނެކަން ރަސްމީކޮށް އިއުލާނުކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މެސީ ހޯދުމުގެ މަޝްވަރާތައް ޕީއެސްޖީން ވަނީ ފަށައިފަ އެވެ. ޕީއެސްޖީން މެސީ ގެންނަނަމަ އެންމެ ފުރަތަމަ ގޮތެއް ނިންމަން ޖެހޭނީ އެ ޓީމުގެ ތަރި ކީލިއަން އެމްބާޕޭގެ މުސްތަގުބަލާ ބެހޭގޮތުންނެވެ. އެމްބާޕޭ ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ރެއާލުންނެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރި އެމްބާޕޭ ދޫކޮށްލުމަށް ފަހު މެސީ ގެނައުމަކީ ޕީއެސްޖީން އިހުތިޔާރު ކޮށްފާނެ ގޮތެކެވެ. އެމްބާޕޭ ބަހައްޓައިގެން މެސީ ގެނެވޭނެ ގޮތެއް ހޯދަން ބޭނުންނަމަ ޕީއެސްޖީ އަށް ޖެހޭނީ އެވްރެޖްކޮށް ބޮޑު މުސާރަ ލިބޭ ގޮތަށް ތިބި އެ ޓީމުގެ ފަސް ވަރަކަށް ކުޅުންތެރިން ދޫކޮށްލާށެވެ. މާނަ އަކީ އެންހެލް ޑި މާރިއާ އާއި މައުރޯ އިކާޑީ އަދި އެންޑަ ހެރާރާގެ އިތުރުން އަދިވެސް އެއް ކުޅުންތެރިއަކު ދޫކޮށްލަން ޖެހުމެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މީގެ ކުރިން ބުނެފައިވަނީ ބާސެލޯނާ އިން ބޭނުންވާ ހިނދެއްގައި ސިޓީން މެސީ ނުގެންނާނެ ކަމަށެވެ. އެކަމަކު، މިހާރު ހާލަތު ބަދަލުވެފައި އޮތްގޮތުން މެސީ އާއި ބާސެލޯނާ އިން ބޭނުންވިޔަސް އޭނާ އަށް އެ ޓީމުގައި މަޑުކުރެވޭނެ ގޮތެއް ނެތެވެ. އެހެންވެ، ގާޑިއޯލާގެ އެދުމަށް ސިޓީގެ ވެރިން މެސީ އަށް ރަސްމީކޮށް ވެސް ރަނގަޅު ކޮންޓްރެކްޓެއް ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ.

މެސީ ހޯދުމުގެ ރޭހުގައި ޕީއެސްޖީއާ އަޅާކިޔާއިރު ސިޓީ އަށް އޮތް އެޑްވާންޓޭޖަކީ އެ ކްލަބްގެ ޖުމްލަ މުސާރަތައް ކުޑަވުމެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސިޓީން މެސީ އަށް ރަނގަޅު ކޮންޓްރެކްޓެއް ހުށަހަޅާއިރު، ކްލަބް ތެރެއިން އެހެން ކުޅުންތެރިންގެ މުސާރަތަކަށް މާ ބޮޑު ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށް ނުބެލެވެ އެވެ.

ޗެމްޕިއަންސް ލީގުގެ މެޗެއްގެ ތެރެއިން މެސީ (ވ) އާއި ގާޑިއޯލާ ސަލާމްކުރަނީ.

ސްޕެއިނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މެސީ އަށް މިހާތަނަށް އެންމެ ރަނގަޅު ޑީލެއް ހުށަހަޅާފައި އޮތީ ވެސް ސިޓީންނެވެ.

ސިޓީން މެސީ އަށް ހުށަހަޅާފައި އޮތީ ތިން އަހަރުގެ ކޮންޓްރެކްޓެކެވެ. ފުރަތަމަ ދެ އަހަރު ސިޓީ އަށް ކުޅުމަށް ފަހު އަނެއް އަހަރު އެމެރިކާ ލީގުގެ ނިއުޔޯކް ސިޓީ އަށް ކުޅެވޭ ގޮތަށެވެ. ނިއުޔޯކް ސިޓީ އަކީ ސިޓީ ފުޓްބޯލް ގްރޫޕުން ހިންގާ ކްލަބެކެވެ.

ސިޓީން މެސީ އަށް ހުށަހަޅާފައިވާ މި ކޮންޓްރެކްޓްގައި ވާގޮތުން ބާސެލޯނާ އަށް އެންމެ ފަހުން މެސީ ކުޅެގެން ލިބުނު ވަރުގެ އެވްރެޖް މުސާރައެއް ލިބޭނެ އެވެ.

މެސީ ހޯދުމުގެ ރޭހަށް ދެން ވަންނާނެ ކަމަށް މީޑިއާގައި ވާހަކަ ދެކެވެނީ ޗެލްސީ އާއި އިންޓަ މިލާން އެވެ. އެކަމަކު މި ދެ ކްލަބުން ވެސް މެސީގެ ރޭހަށް ވަނުމުގައި ސީދާ ގޮތެއް ނިންމާނީ އިންޓަގެ ފޯވާޑް ބެލްޖިއަމްގެ ރޮމެލޫ ލުކާކޫގެ މުސްތަގުބަލާ ބެހޭގޮތުން ވަކި ގޮތެއް ނިމުމުންނެވެ. ޗެލްސީން އަންނަނީ ބޮޑު އަގުދީފައި ލުކާކޫ ގެނެވޭތޯ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox