ޖަލުގައި ޕެސްޓް ދެ ފަހަރަށް ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރި

ޕެސްޓް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި: ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ދެފަހަރަކަށް ކުރި.

ޕެސްޓް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި: ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ދެފަހަރަކަށް ކުރި.

ރެޕްގެ ދުނިޔޭގައި މަޝްހޫރުކަން ހޯދި އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓު)، ޖަލުގެ ގިނަ ޝަކުވާތަކެއް ކުރުމަށް ފަހު އެންމެފަހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލުތަކެއްކޮށްފި އެވެ.

ޑްރަގް މައްސަލައެއްގައި ފެބުރުއަރީ 13ގައި ހައްޔަރުކޮށް، ފަސް ދައުވާއެއް އުފުލާފައިވާ ސިންބޮލިކް ރެކޯޑްސްގެ ރެޕް އާޓިސްޓު ޕެސްޓް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭނާ ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަމުރުކުރިތާ އެތައް ދުވަހެއްވީއިރު ވެސް ބަންދުކޮށްފައި ހުރީ ކަސްޓޯރިއަލް ޖަލެއް ކަމަށްވާ ދޫނިދޫ ޖަލުގަ އެވެ.

ރިމާންޑް ޖަލަކަށް ޕެސްޓް ބަދަލު ނުކުރެވުނީ ކޮވިޑާ ހުރެ އަދި ޖާގައިގެ ދަތިތަކާ ހުރެ ކަމަށް ކޯޓުގައި ދައުލަތުން ބުނެފައިވެ އެވެ. ނަމަވެސް، ބަންދު ރިވިއުކުރަން ބާއްވާ ކޮންމެ އަޑުއެހުމެއްގައި ޕެސްޓް، އެ ޝަކުވާ ކުރެ އެވެ.

Advertisement

އެންމެފަހުން ޕެސްޓްގެ ޓޮންސެލް ވަރަށް ބޮޑަށް ދުޅަވުމުން ވެސް އެކަށީގެންވާ ބޭސްފަރުވާ ދޫނިދޫ ޖަލުން ނުލިބުމުން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއްކުރަން ފެށި އެވެ. އެ ހަޅުތާލު ޕެސްޓް ނިންމީ، ފަސް ދުވަސް ވަންދެން އެއްވެސް އެއްޗެއް ނުކައި ހުރުމަށްފަހު އެވެ. ހަޅުތާލު ނިންމާލަން އޭނާ ނިންމީ، ޑޮކްޓަރަށް ދެއްކުމުންނެވެ.

އެއަށްފަހު ވެސް އޭނާ ވަނީ ދޫނިދޫ ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްކޮށްފަ އެވެ. އެ ހަޅުތާލުކުރީ ރިމާންޑް ޖަލަކަށް ބަދަލުނުކޮށްގެންނެވެ. އެނގިފައިވާ ގޮތުގައި ޕެސްޓް އެއްވެސް އެއްޗެއް ނުކައި ހަޅުތާލުގައި އަށް ދުވަސް ހޭދަކުރި އެވެ. އެ ހަޅުތާލު އޭނާ ނިންމާލީ އާއިލާއިންނާއި ވަކީލުންގެ އެދުމުގެ މަތިންނެވެ. ޕެސްޓްގެ ކިޑްނީގެ މައްސަލަތަކެއް ވެސް ހުންނަ ކަމަށް އޭނާގެ އާއިލާއިން މައުލޫތުދެ އެވެ.

ޕެސްޓް މިހާރު ވަނީ މާލޭ ޖަލަށް ބަދަލުކޮށްފަ އެވެ. އޭނާ މާލޭ ޖަލަށް ބަދަލުކޮށްފައިވަނީ ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން އަޑުއެހުން ތާވަލުކުރި ދުވަހު ނޫން ކުރީ ދުވަހު އެވެ.

ޝަރީއަތް ނިމެންދެން ޕެސްޓް ބަންދުކޮށްފައި ހުރި ނަމަވެސް، މި ގާނޫނު އޮތް ގޮތުން ކޮންމެ 30 ދުވަހަކުން ބަންދު ރިވިއު ކުރަން ޖެހެ އެވެ. އެގޮތުގެ މަތިން މިއަދު ވަނީ ކުރިމިނަލް ކޯޓުގައި ޕެސްޓްގެ ބަންދު ރިވިއުކުރަން އަޑުއެހުމެއް ބާއްވާފަ އެވެ.

އެ އަޑުއެހުމުގައި ޕެސްޓްގެ ވަކީލް އަހުމަދު ޔާމީން ވަނީ ޕެސްޓްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ވާހަކަ ފާހަގަ ކުރައްވާފަ އެވެ. އެކަން އޭނާ ފާހަގަ ކުރެއްވީ ބޭސްފަރުވާ ނުލިބިގެން ޕެސްޓްގެ ފަރާތުން އެއްވެސް ޝަކުވާއެއް ހުށަހަޅާފައިވާކަން ދައުލަތަށް އެނގިފައި ނެތް ކަމަށް ދައުލަތުގެ ވަކީލް ނާހިލް ވަހީދު ވިދާޅުވުމުންނެވެ.

ވަކީލް ޔާމީން ވިދާޅުވި ގޮތުގައި، ޖަލެއްގައި މީހަކު ބަންދުކޮށްގެން ގެންގުޅޭނަމަ އެމީހަކަށް ބޭސްފަރުވާގެ ފަދަ ކަންކަން ފުރިހަމައަށް ލިބޭތޯ ދައުލަތުން ކަށަވަރުކުރަން ޖެހޭނެ އެވެ. އެކަމުގައި ބަންދުގައި ހުންނަ މީހާ ޝަކުވާ ހުށަހަޅަން ނުޖެހޭ ކަމަށެވެ. އަދި، ބޭސްފަރުވާ ނުލިބިގެން ޕެސްޓް ބަނޑުހައިހޫނުކަމުގެ ހަޅުތާލުކޮށްފައިވާއިރު، އެކަން ހިނގި ސަބަބު ދައުލަތުން ސާފުކުރަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ވާހަކަ ޝަރީއަތުގައި ވަކީލް ޔާމީން ފާހަގަ ކުރެއްވުމުން ގާޒީ، ޕެސްޓާ ވެސް ސުވާލު ކުރެއްވި އެވެ.

"ވަކީލް އެ ފާހަގަކުރި ކަންކަން ހިނގި، އިތުރަށް ބުނާނެ އެއްޗެއް ނެތް،" ޕެސްޓް މާގިނަ ވާހަކަތަކެއް ނުދެއްކި އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން އެދުނީ ޕެސްޓްގެ ބަންދު ދަމަހައްޓައިދިނުމަށެވެ. އެއީ، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރި ހާލަތަށް ބަދަލެއް އައިސްފައިވާ ނުވާތީ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ޕެސްޓްގެ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވި ގޮތުގައި ކޮންމެ 30 ދުވަހަކުން ބަންދު ރިވިއު ކުރުމަކީ މަގުސަދެއް ނެތް ބޭކާރު ކަމެކެވެ. އެއީ، ދައުލަތުން ހާލަތަށް ބަދަލެއް ނާންނަ ކަމަށް ބުނާނަމަ، އެކަން އޮންނާނީ އެގޮތަށް ކަމަށެވެ. މައްސަލާގެ ޝަރީއަތް ނިމެންދެން ވެސް އެކަށީގެންވާ ހެކި ހުރި ކަމަށް ދައުލަތުން ބުނަމުންދާނެ ކަމަށެވެ.

ނަމަވެސް، ވަކީލް ޔާމީން ވަނީ ޕެސްޓް އިތުރަށް ބަންދުގައި ނުބެހެއްޓޭނެ ކަމަށް ވިދާޅުވެ، ގާނޫނީ ނުކުތާތަކެއް ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ވަކީލް ފާހަގަ ކުރެއްވީ ޕެސްޓްގެ ބަންދު ދަމަހައްޓަން ދައުލަތުން އެދިފައިވަނީ ގާނޫނު ނުބައިކޮށް އެޕްލައިކޮށްގެން ކަމަށެވެ. ނަމަވެސް، އެކަން ދިފާއު ކުރައްވައި ދައުލަތުގެ ވަކީލް ނާހިލް ރައްދު ދެއްވި އެވެ.

އެހެންވެ، ބަންދާމެދު މިއަދު ގާޒީ ގޮތެއް ނުނިންމަވަ އެވެ. މައްސަލަ ބައްލަވާ ގާޒީ ވިދާޅުވި ގޮތުގައި ވަކީލުން ފާހަގަ ކުރެއްވި ނުކުތާތައް ދިރާސާކުރުމަށްފަހު ބަންދު ދެމެހެއްޓުމާމެދު ގޮތެއް ނިންމަވާނެ އެވެ. އަދި އެ ނިންމުން މައްސަލާގައި ދެން އެންމެ އަވަހަށް ބާއްވާ އަޑުއެހުމެއް ހާމަ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox