ޖާބިރުގެ އަމަލުތަކުން މަޖިލީހުގެ ގަދަރަށް އުނިކަން އަންނާތީ ކަންބޮޑުވުން

ޖާބިރު މަޖިލީހުގެ ގޭޓް ކައިރީގައި: އޭނާގެ އަމަލުތަކާ މެދު ސުލޫކީ ކޮމިޓީން ކަންބޮޑުވޭ-- ފޮޓޯ: ސޯޝަލް މީޑިއާ

ޖާބިރު މަޖިލީހުގެ ގޭޓް ކައިރީގައި: އޭނާގެ އަމަލުތަކާ މެދު ސުލޫކީ ކޮމިޓީން ކަންބޮޑުވޭ-- ފޮޓޯ: ސޯޝަލް މީޑިއާ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިފަހުން އުޅުއްވާ ގޮތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެކަމުގެ ހުތުރު ނަން އެހެން މެމްބަރުންނަށް ވެސް ލިބޭ ކަމަށް މަޖިލީހުގެ ސުލޫކީ ކޮމެޓީގެ މުގައްރިރު އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުލްލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ތަޅުމުގައި ވެސް އެހެން މެމްބަރުންނާ ހިލާފަށް އުޅުއްވާ ޖާބިރުގެ އަމަލުތައް މިފަހުން ވަނީ މާބޮޑަށް ގޯސްވެފަ އެވެ. މީގެ ދެ ދުވަސް ކުރިން މަޖިލީހުގެ ބޭރުގައި ހުންނަވައި ޖާބިރު އިހުތިޖާޖު ކުރައްވަމުން ވަނީ އާއްމުންގެ ތެރޭގައި ވަރަށް ހުތުރު ބަހުން ވާހަކަ ދައްކަވައިފަ އެވެ. މަޖިލީހުގެ ގޭޓް ކުރިމަތީގައި އޮށޯވެ އޮންނަވައި ޖާބިރު އުޅުއްވި ގޮތް ސޯޝަލް މީޑިއާގައި ޖޯކަކަށްވެ ވަރަށް ބޮޑަށް ދައުރު ކޮށްފައިވެ އެވެ.

އޭނާ އަޑުގަދަ ކުރައްވާތީ އެ ސަރަހައްދުން ގެންދެވުމަށް އަނބިކަނބަލުން ދިޔާނާ ސައީދު ވެސް ވަޑައިގަތެވެ. އެކަމަކު ދިޔާނާއާ އެކު ޖާބިރު އެ ސަރަހައްދުން ވަޑައެއް ނުގަތެވެ.

Advertisement

ޖާބިރު އިއްޔެގެ މެންދުރުގެ ވަގުތެއްގައި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގެކޮޅު ކިނބިގަސްދޮށުގޭގައި ހުރި ބައެއް ގަސްތަކަށާއި ތަކެއްޗަށް ގެއްލުންދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ. އެ ވީޑިއޯގައި އޭނާ ވިދާޅުވަނީ އެތަނަށް ވަޑައިގަތީ އެގެޔާ ހަވާލުވާން ކަމަށެވެ.

ޖާބިރު ތުހުމަތުކުރައްވާ ގޮތުގައި މައުމޫންގެ އެ ގެކޮޅަކީ، އެ ދެ ބޭފުޅުންގެ ދެމެދުގައި ހިނގި ލޯނު މުއާމަލާތެއްގައި ރަހުނުކޮށްފައި ހުރި ތަނެކެވެ. މި ލޯނު މުއާމަލާތުގެ ތެރެއިން 29 މިލިއަން ރުފިޔާ މައުމޫނަށް ދިން ކަމަށް ޖާބިރު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ނަމަވެސް، މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ސިވިލް ކޯޓުން ވަނީ އެ މައްސަލަ ސާބިތު ނުވާ ކަމަށް ކަނޑައަޅާފަ އެވެ.

މެމްބަރުންގެ ސުލޫކީ ކަންކަން ބަލަހައްޓާ ކޮމެޓީގެ މުގައްރިރު ޔާސިރު "އަދަދު" އަށް ވިދާޅުވީ އެ ކޮމެޓީން މެމްބަރެއްގެ މައްސަލަ ބަލަނީ ހުށަހެޅުމުން ކަމަށާއި މިހާތަނަށް އެއްވެސް މެމްބަރަކު ވެސް އަދި މަޖިލީހުގެ އިދާރާއަކުން ވެސް ޖާބިރުގެ މައްސަލަ ހުށަހަޅާފައި ނުވާ ކަމަށެވެ.

ނަމަވެސް ސުލޫކީ ކޮމެޓީގެ މުގައްރިރު ހައިސިއްޔަތުން, ޖާބިރު އާއްމުންގެ ތެރޭގައި ބޭނުން ކުރާ ބަސް މަގާއި އަމަލުތަކާ މެދު ވަރަށް ކަންބޮޑުވާ ކަމަށް ޔާސިރު ވިދާޅުވި އެވެ.

"އިއްޒަތްތެރި މެމްބަރެއްގެ ފަރާތުން އެކަން ފެންނާތީ ކަންބޮޑުވޭ. އެއީ އެހެން މެމްބަރުންނަށް ވެސް އެ ނަން އަންނާނެ ނޫންތޯ. މުޅި މަޖިލީހުގެ ގަދަރާއި މެމްބަރުންނަށް އެ އުނިކަން ލިބޭނެ،" ޔާސިރު ވިދާޅުވި އެވެ.

ގާނޫނު ހަދާ މަޖިލީހުގެ އިއްޒަތްތެރި މެމްބަރެއްގެ ފަރާތުން މިފަދަ އަމަލުތަކެއް ފެންނަމުންދާއިރު މަޖިލީހުގެ ގަވައިދު ބުނަނީ މެމްބަރުންގެ އަމަލުތައް އަބަދުވެސް ބަހައްޓަންވާނީ މަޖިލީހުގެ ގަދަރާއި ޝަރަފާއި ކަރާމާތާއި އަބުރު ދެމެހެއްޓޭނެ ގޮތުގެ މަތިން ކަމަށެވެ.

ކޮމިޓީ މުގައްރިރުގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން "އަދަދު"ން ޖާބިރާ ސުވާލުކުރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަދަރާއި ކަރާމާތް ހިފަހައްޓަވަން މަސައްކަތް ކުރައްވާ ހަމައެކަނި މެމްބަރަކީ އޭނާ ކަމަށެވެ. ބައެއް މެމްބަރުން ތިއްބެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު އެޅިފައިވާ ކަމަށާއި އެއީ މަޖިލީހުގެ ކަރާމާތް މާބޮޑަށް ގެއްލޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

އޭނާގެ ސުލޫކީ މައްސަލައެއް އުޅޭ ކަމެއް މަޖިލީހުގެ އިދާރާ އިން އަދި ކޮމިޓީން ވެސް އަންގާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އޭނާ އަށް އަމާޒުކުރާ ފާޑުކިއުންތަކުން ދިފާއުވެވަޑައިގަންނަވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ހިނގަމުން އަންނަނީ ރައްޔިތުންނަށް ފައިދާވާ ގޮތަކަށް ނޫން ކަަމަށެވެ.

"މަޖިލީހުން ރައްޔިތުންނަށް ފައިދާވާ ކަމެއް ނުކުރޭ, އެއީ މާބޮޑު މައްސަލައެއް ނޫންތޯ, ބަލަންވީ އެކަމެއް ނޫންތޯ," ޖާބިރު ވިދާޅުވި އެވެ.

މަޖިލީހުގެ އިދާރާ ކައިރިއަށް ވަޑައިގަތް ސަބަބަކީ އެއީ ކަމަށާއި މައުމޫން ގެކޮޅު ކައިރިއަށް ވަޑައިގެން ހިތްހަމަނުޖެހުންފާޅުކުރެއްވީ އެއީ އޭނާ އަތުން ނެންގެވި ލޯނަކާ ހެދި ރަހުނުކޮށްފައިވާ ގެއަކަށް ވާތީ ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގެ ތާރީހުގައި އަދި މިހާތަނަށް މަޖިލިސް މެމްބަރުންގެ ސުލޫކީ ގަވައިދެއް ހަދާފައެއް ނުވެ އެވެ. މިހާރުގެ މަޖިލީހުން އެ ގަވައިދު ހަދަން ވަނީ ނިންމައިފަ އެވެ. ޔާސިރު ވިދާޅުވީ އެ ގަވައިދު ހަދާއިރު ޖާބިރުގެ މައްސަލާގައި މިފާހަގަވާ ކަންކަމަށް ރިއާޔަތް ކުރައްވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox