ގޯތި ދޫކޮށްލަން އިއުތިރާޒްކުރާ މީހުންނަށް ކައުންސިލްގެ ވަރުގަދަ އިންޒާރެއް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލު ސަރަހައްދު: ނަގަން ނިންމާފައި ވަނީ 35 ގޯތި -- ފޮޓޯ: އަދަދު ފައިލް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލު ސަރަހައްދު: ނަގަން ނިންމާފައި ވަނީ 35 ގޯތި -- ފޮޓޯ: އަދަދު ފައިލް

އައްޑޫ އިކުއެޓޯރިއަލް ސަރަހައްދުން ދޫކޮށްފައިވާ 35 ގޯއްޗެއް, އެ ގޯތިތަކުގެ ވެރިންގެ ރުހުމެއް ނެތި އަތުލި މައްސަލަ ބޮޑުވެ ކޯޓަށް ހުށަހަޅާފައި ވަނިކޮށް ކައުންސިލުން ދޫދިނުމެއް ނެތި ވަރުގަދަ އިންޒާރެއް ދީފި އެވެ.

ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ގޯތިތައް ދޫކޮށްލަން ދެކޮޅު ހަދާ މީހުންގެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

މި ޖުލައި 15، ގައި ގޯތިތަކުގެ ވެރިންނަށް ކައުންސިލުން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ޖާގަ ބޮޑު ކުރުމަށް ބޭނުންވާތީ އެ ސަރަހައްދުން ދީފައިވާ 3000 އަކަފޫޓުގެ ގޯތި ހަމަ އެވަރުގެ އެހެން ގޯއްޗަކާ ބަދަލުކޮށްފައިވާ ކަމަށެވެ.

އައްޑޫ ކައުންސިލުގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި އޮއްވާ އެ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި އެދިފައި ވަނީ ގޯތި ބަދަލު ކުރުމަށް އިއުތިރާޒް ކުރާ މީހުން އެކަން އެންގުމަށެވެ. އަދި އެގޮތަށް އެންގި ނަމަވެސް ގޯތި އަތުލުމަށް މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

"ކައުންސިލްގެ ނިންމުމާ އެއްގޮތަށް ގޯތި ބަދަލުކުރުމަށް އިއުތިރާޒްކުރާ ފަރާތްތަކުގެ ގޯތިތައް ބަދަލުކުރުމުގެ މައްސަލަ ގާނޫނުގައިވާ ގޮތުގެމަތިން ޝަރީއަތަށް ހުށަހެޅޭނެ،" އިއުލާނުގައި ބުނެފައިވެ އެވެ.

ގޯތިތައް ދައުލަތަށް ނަގާފައިވާ ކަމަށް ބުނެ ފޮނުވި ސިޓީގައި ކައުންސިލުން ބުނެފައި ވަނީ ގޯތި ނަގަނީ ހުރިހާ ރައްޔިތުންގެ ލާބައަށްޓަކައި ކަމަށެވެ.

"މިގޮތަށް ކައުންސިލުން ބަދަލު ކުރުމަށް ނިންމެވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދަކީ އައްޑޫގެ އިގްތިސާދާ ގުޅުން ހުރި ކަންކަން މުސްތަގްބަލުގައި ފުޅާ ދާއިރާއެއްގައި ހިންގާނެ ސަރަހައްދެއް ކަމުގައިވާތީ އާއި ހޮސްޕިޓަލުގެ ބޭނުމަށް މި ސަރަހައްދުން އިތުރަށް ބިން ބޭނުންވާތީ އަދި މި ސަރަހައްދު ގުޅިފައި ވަނީ އައްޑޫގެ އެންމެހާ ރައްޔިތުންގެ މަސްލަހަތާ ކަމުގައިވާތީ،" އެ ސިޓީތަކުގައި ބުނެފައިވެ އެވެ.

ނަމަވެސް ބައެއް ގާނޫނީ މާހިރުން ވިދާޅުވަނީ ވެރިމީހާގެ ރުހުމެއް ނެތި އެގޮތަށް ބިމެއް އަތުލުމަކީ ގާނޫނީ ވަރަށް ބޮޑު ކުށެއް ކަމަށެވެ. އެގޮތުން، ގާނޫނީ އެހީ ހިލޭ ފޯރުކޮށްދޭ ޕަބްލިކް އިންޓްރެސްޓް ލޯ ފާމްގެ ރައީސް މަރިޔަމް ޝުނާނާ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން ފޮނުވި ސިޓީތައް ގާނޫނު އަސާސީގެ 16 ވަނަ މާއްދާ އާއި 40 ވަނަ މާއްދާއާ ހިލާފު ކަމަށެވެ.

"މީހެއްގެ ރުހުން ނެތި މީހެއްގެ މުދަލެއް ދައުލަތަށް ނެގޭނީ އަދި މުއާމަލާތް ކުރުން ހުއްޓުވޭނީ ހަމައެކަނި ކޯޓަކުން ކުރާ ހުކުމަކުން،" ސޯޝަލް މީޑިއާގައި ޝުނާނާ ލިޔުއްވާފައިވެ އެވެ. "ސިޓީއެއް ފޮނުވައިގެން މީހެއްގެ ރުހުން ނެތި އެމީހެއްގެ މުދަލެއް ދައުލަތަށް ނުވެސް ނެގޭނެ އަދި މުއާމަލާތް ކުރުން ވެސް ނުހުއްޓުވޭނެ."

ގާނޫނު އަސާސީގެ 40 ވަނަ މާއްދާގައި ބުނެފައި ވަނީ "މީސްމީހުންގެ ގޯއްޗަކީ ނިގުޅައިގަނެވިގެންވާނެ ތަކެއްޗެއް ނޫން" ކަމަށެވެ. އަދި ބުނެފައި ވަނީ އާންމުވެގެންވާ މަންފާއަކަށްޓަކައި ނަމަވެސް ގާނޫނުގައިވާ ގޮތަށް އަދި "ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުން ނެތި ދައުލަތަށް ނަގައިގެން ނުވާނެ" ކަމަށެވެ.

މައްސަލައިގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައި ވަނީ އެ ގޯތިތައް ދައުލަތަށް ނެގުމަށް އައްޑޫގެ ވަރަށް ގިނަ ރައްޔިތުން ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް ކައުންސިލުން އެ ކުރި ކަންތަކުގެ ގާނޫނީ ސައްހަކަމާމެދު ވާހަކަ ދައްކަވާފައެއް ނުވެ އެވެ.

"ގޯތީގެ މަސްލަހަތު ނުހިމެނޭ މީހެއް ނަމަ އައްޑޫގެ ރައްޔިތުން މިކަމަށް ތާއީދު. ޑައިރެކްޓްކޮށް ގޯއްޗާ ގުޅުން އޮތް ފަރާތްތަކުން މަސްލަހަތު ހިމެނޭތީ ދެކޮޅަށް ވާހަކަ ދައްކާނެ. އަޅުގަނޑާ ބައްދަލުވި ރައްޔިތުން ވަރަށް ތާއީދު ކަމެއް. އެ މީހުން ބޭނުންވަނީ މި ސަރަހައްދު ރަނގަޅަށް ތަރައްގީ ވާން،" މި ނޫހަށް ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox