ތުރުކީގައި ރޯވެފައިވާ އަލިފާންގަނޑު އިންޖީނުގެއާ ހަމައަށް ފޯރައިފި!

ތުރުކީގެ ޖަންގަލީގައި އަލިފާން ރޯވެފައި. އަލިފާންގަނޑު މިހާރު ވަނީ އިންޖީނުގެއާ ހަމައަށް ފޯރާފައި.-- ފޮޓޯ: އޭއެފްޕީ

ތުރުކީގެ ޖަންގަލީގައި އަލިފާން ރޯވެފައި. އަލިފާންގަނޑު މިހާރު ވަނީ އިންޖީނުގެއާ ހަމައަށް ފޯރާފައި.-- ފޮޓޯ: އޭއެފްޕީ

މިލާސް، ތުރުކީ (އޯގަސްޓު 5) - އެތައް ހާސް ޓަނުގެ ބޯޓު ދެލި ނުވަތަ ކޯލް ރައްކާކޮށްފައި ހުރި ތާމަލް ޕަވާ ޕްލާންޓަކާ ހިސާބަށް ތުރުކީގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ފޯރައިފި އެވެ.

ތާމަލް ޕަވާ ޕްލާންޓް ނުވަތަ އިންޖީނުގެއާ ހަމައަށް އަލިފާންގަނޑު ފޯރުމުން މީހުން ސަލާމަތް ކުރާ ފަރާތްތަކުން ވަނީ އެ ތަން ގާއިމްކޮށްފައި ހުރި އަވަށުގެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު ފަށާފަ އެވެ.

އެއިޖިއަން ޕްރޮވިންސްގެ މުގްލާ އަވަށުގައި މީގެ 35 އަހަރު ކުރިން ހެދި ކެމެރްކޮއި އިންޖީނުގެ ކައިރިން އަލިފާން ނިއްވާ މީހުންނާއި ފުލުހުން ވެސް ދުރަށް ގޮސްފައިވާ ކަމަށް އޭއެފްޕީން ރިޕޯޓު ކުރެ އެވެ.

މުގްލާ އަވަށް ހިމެނޭ ސަރަހައްދުގެ ކަމާ ބެހޭ އިދާރާތަކުން ބުނީ އިންޖީނުގޭގައި ހުރި ގޮވާޒާތުގެ ހުރިހާ ކެމިކަލް އާއި އެހެނިހެން ނުރައްކާތެރި ސާމާނު އެތަނުން ހުސްކޮށްފައިވާ ކަމަށެވެ.

އަލިފާންގަނޑު ނިއްވަން ހެލިކޮޕްޓަރެއް މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ
އަލިފާންގަނޑު ނިއްވަން ހެލިކޮޕްޓަރެއް މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އަލިފާންގަނޑު ނިއްވަން ހެލިކޮޕްޓަރެއް މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އޮފިޝަލުން ބުނީ އިންޖީނުގޭގެ ހޫނު މަޑު ކުރަން ބޭނުން ކުރާ ހައިޑްރޮޖަން ޓޭންކުތައް ހުސްކޮށްފައިވާ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ޓޭންކުތަކަށް ފެން އަޅައި ފުރާފައިވާ ކަމަށެވެ.

ތުރުކީގެ އެއިޖިއަން އަދި މެޑިޓެރޭނިއަން އައްސޭރިފަށާ ދިމާލުން ޖަންގަލިތަކުގައި 180 އަށް ވުރެ ގިނަ އަލިފާންގަނޑު ރޯވެ ބޮޑު ސަރަހައްދަކަށް ފެތުރުމުން ސަބަބުން މިހާތަނަށް އަށް މީހަކު މަރުވެ، ޖަންގަލިތަކުގެ ބޮޑު ބަޔެއް ވަނީ އަނދާ ހުލިވެފަ އެވެ.

"ސިޔާސީ ވާން ޖާގައެއް ނެތް"

އިންޖީނުގެ ހުންނަ އަވަށުން މީހުން ހުސްކުރަން ފެށިކަމުގެ ހަބަރު ފެތުރުނުއިރު ރައީސް ތައްޔިބް އުރުދުގާން ގެންދެވީ ޓީވީ މެދުވެރިކޮށް ވަގުތުން ބަޔާނެއް ދެއްވަމުންނެވެ.

އެ ބަޔާނުގައި އުރުދުގާން ވަނީ އިދިކޮޅު ލީޑަރުން ސަރުކާރުން ތައްޔާރުވެފައިވާ މިންވަރާ މެދު ސުވާލުކޮށް، އަލިފާންގަނޑު ކޮންޓްރޯލް ކުރަން ކުރާ މަސައްކަތާ މެދު ސުވާލު ކުރާތީ ފާޑުވިދާޅުވެފަ އެވެ.

"ދުނިޔޭގެ އެހެން ހުރިހާ ގައުމެއް ފަދައިން، އަޅުގަނޑުމެންގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑުތައް ވެސް މާ ބޮޑުވެފައި ވަރުގަދަ. ސިޔާސީ ވާން މި ދަނޑިވަޅުގައި ޖާގައެއް ނެތް,"

ތުރުކީގެ މީޑިއާތައް މޮނީޓާ ކުރާ އިދާރާއިން މިދިޔަ އަންގާރަ ދުވަހު ވަނީ އަލިފާންގަނޑުގެ ލައިވް ފުޓޭޖާއި މީހުން ސަލާމާތްވާން ދުވާ މަންޒަރު ޓީވީތަކުން ދައްކާ ނަމަ ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ފިނިހޫނުމިނުގެ އާ ރިކޯޑެއް

އިދިކޮޅު ލީޑަރުން ސަރުކާރަށް ކިޔާފައިވާ ފާޑުކިޔުންތަކުގެ ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި ބޭރު ގައުމުގެ އެހީ ހޯދުން ލަސްކުރުން ހިމެނެ އެވެ. އެގޮތުން ގްރީސްގެ އެހީ ބަލައިގަތީ މާ ލަހުން ކަމަށާއި ތުރުކީގެ އަލިފާން ނިއްވާ ވައިގެ އުޅަނދުތައް މެއިންޓެއިންކޮށްފައި ނުވާ ކަމަށް ބުންޏެވެ.

އަލިފާންގަނޑުން ސަލާމަތްވާން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ
އަލިފާންގަނޑުން ސަލާމަތްވާން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އަލިފާންގަނޑުން ސަލާމަތްވާން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ނަމަވެސް ގިނަ އޮފިޝަލުން ދެކޭ ގޮތުގައި މި އަލިފާންގަނޑު ކޮންޓްރޯލް ކުރަން އުނދަގޫވެގެން އުޅެނީ އާދަޔާ ހިލާފަށް ހޫނުގަދަވެ ކުރިމަތިވި "ހީޓްވޭވް" ގެ ސަބަބުންނެވެ. އެ ހީޓްވޭވްގައި ބައެއް ކޯރުތައް ހިކި، ގުދުރަތީ ގޮތުން އަލިފާން ރޯވާން އެންމެ އެކަށޭނަ މާހައުލު ތުރުކީގެ އެންމެ ދެކުނުގައި އުފެދުނެވެ.

އެގްރިކަލްޗާ އެންޑް ފޮރެސްޓްރީ މިނިސްޓަރު ބެކިރް ޕަކްޑެމިރްލީ ވިދާޅުވީ އެއިޖިއަން ކަނޑުގެ އައްސޭރި ފަށުގައިވާ މާމަރިސް ސިޓީގެ ފިނިހޫނުމިން ރިކޯޑް މިންވަރަށް 45.5 ޑިގްރީ ސެލްސިއަސް އަށް މި ހަފްތާގައި މައްޗަށް ދިޔަ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox