މޮރިޝަސްގައި ސިއްރު އަސްކަރީ މަރުކަޒު އަޅަނީ ތިލަފުށި ބުރިޖު އަޅާ އިންޑިއާ ކުންފުނިން

ތިލަމާލެ ބްރިޖުގެ ތްރީޑީ ރެންޑަރިންއެއް: ޕްރީކޮލިފައިކުރި ކުންފުނިތަކުގެ ތެރެއިން ބްރިޖުގެ މަސައްކަތް ހަވާލުކުރަން އުޅެނީ އިންޑިއާގެ އެފްކޮންއާ. -- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ތިލަމާލެ ބްރިޖުގެ ތްރީޑީ ރެންޑަރިންއެއް: ޕްރީކޮލިފައިކުރި ކުންފުނިތަކުގެ ތެރެއިން ބްރިޖުގެ މަސައްކަތް ހަވާލުކުރަން އުޅެނީ އިންޑިއާގެ އެފްކޮންއާ. -- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

މޮރިޝަސްގެ އަގަލޭގާ އައިލެންޑްގައި އިންޑިއާއިން ސިއްރު އަސްކަރީ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދަނީ މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖް ހަވާލުކުރަން ނިންމާފައި ވަނީ އިންޑިއާގެ އެފްކޮން އިންފްރަސްޓްރަކްޗާ ލިމިޓެޑުން ކަން ހާމަވެއްޖެ އެވެ.

އަލް ޖަޒީރާއިން ހޯދި ހެކިތައް ދިރާސާކުރި އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެފައި ވަނީ ކުޑަކުޑަ އާބާދީއެއް އޮންނަ އެ ރަށުގައި ހަދަމުންދާ އެއާސްޓްރިޕް ބޭނުން ކުރާނީ އިންޑިއާ ކަނޑުގެ ސިފައިންގެ މެރިޓައިމް ޕެޓްރޯލް މިޝަންތަކަށް ކަން ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށެވެ.

އެގޮތުން، އެ އަސްކަރީ މަރުކަޒު ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެފްކޮން ކުންފުންޏާ 250 މިލިއަން އެމެރިކާ ޑޮލަރަށްކަން އަލްޖަޒީރާއިން ހޯދި ބައެއް ލިޔެކިޔުންތަކުން ދައްކަ އެވެ.

ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"، އެފްކޮންސްއާ ހަވާލުކުރުމުގެ ހުއްދައަށް އެގްޒިމް ބޭންކަށް ފޮނުވާފައިވާ ކަން "އަދަދު"އަށް ވަނީ ކަށަވަރުވެފަ އެވެ. އެކަމަކު ރަސްމީ އެއްވެސް އިދާރާއަކުން އަދި މިކަން ހާމައެއްނުކުރެ އެވެ.

ބްރިޖު ޕްރޮޖެކްޓު ހިންގަން ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ. މިއީ ޕްރޮޖެކްޓު ނިމޭތާ ފަސް އަހަރު ފަހުން އަނބުރާ ދައްކަން ފަށަންޖެހޭ ލޯނެކެވެ.

އެފްކޮން ކުންފުންޏާ ބްރިޖް މަޝްރޫއު ހަވާކުރަން ނިންމީ އެނގިފައިވާ ގޮތުގައި، މި މަޝްރޫއުގައި ވާދަކުރި އިންޑިއާގެ އަނެއް ދެ ކުންފުންޏާ ވާދަކޮށެވެ. އެއީ، އަޝޯކާ ބިލްޑްކޮން އާއި ލާސެން އެންޑް ޓުއަބްރޯ ލިމިޑެޓާ އެވެ.

މި ބީލަމުގެ ޓެކްނިކަލް އިވެލުއޭޝަން ޓީމަށް މި މަޝްރޫއުގެ ކޮންސަލްޓަންސީ މަސައްކަތް ކުރަން ސަރުކާރުން ކަނޑައަޅާފައިވާ "އެމްއެސް އަރޫޕް" އިން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

މި ބްރިޖު އެޅުމުގެ ސާވޭގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ނެދަލެންޑްސްގެ ކުންފުންޏަކަށް 15 މިލިއަން ޑޮލަރަށެވެ.

ބްރިޖް މަޝްރޫއުގައި، މާލެ އިން ގުޅީފަޅަށް 67 ކިލޯމީޓަރު ބްރިޖް އަދި ކޯޒްވޭއެއް ގާއިމްކުރާނެ އެވެ.

އެފްކޮންއަކީ އައްޑޫގެ މަގުތައް ހެދުމާއި ފެން ހިންދުމުގެ ނިޒާމު ގާއިމްކުރަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ.

މީގެ ދެ އަހަރު ކުރިން ފެށި އެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއަން އެގްޒިމް ބޭންކުގެ ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ (އެލްއޯސީ) ދަށުންނެވެ.

އަގަލޭގާ އައިލެންޑްގައި އެ މަސައްކަތް ކުރަން ފެށީ 2015 ވަނަ އަހަރު އިންޑިއާ އާއި މޮރިޝަސްގެ ސަރުކާރާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ. ދެ ގައުމުން އެއްބަސްވީ އެރަށުގެ ކަނޑާއި ވައިގެ ދަތުރުތަކާ ގުޅޭ އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް ފުޅާ ކުރުމަށެވެ. އޭގެ ބޭނުމަކީ އެ ރަށުގެ ރަށްވެހިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުން ކަމަށް ބުނެފައިވެ އެވެ.

އަގަލޭގެ މަޝްރޫއަކީ އަސްކަރީ ބޭނުމަކަށް ހިންގާ މަޝްރޫއެއް ނޫން ކަމަށް، މޮރިޝަސްގެ ބޮޑު ވަޒީރު ޕްރަވިންދް ޖަގްނައުތު މި އަހަރުގެ މޭ މަހު މޮރިޝަސްގެ މަޖިލިސް ޖަލްސާއެއްގައި ވިދާޅުވެފައިވެ އެވެ. އަދި އަގަލޭގާ އައިލެންޑްގައި އަސްކަރީ މަރުކަޒެއް އެޅުމަށް އިންޑިއާއާއެކު އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެފްކޯންއާ ހަވާލުކޮށްގެން މޮރިޝަސްގައި އަސްކަރީ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު، އިންޑިއާގެ އެހީގައި ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ހިންގަނީ ދިވެހި ފަސްގަނޑުގައި އިންޑިއާ ސިފައިން ބޭތިއްބުމުގެ ބޭނުމުގައި ކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ.

އެގޮތުން، އައްޑޫގައި ޕޮލިސް އެކޭޑެމީއެއް އެޅުން ފަދަ މަޝްރޫއުތަކުގެއިތުރުން އިންޑިއާގެ ކޮންސިޔުލޭޓެއް އަޅަނީ އެ ބޭނުމުގައި ކަމަށް ބުނެ އެ އަތޮޅުގެ ރައްޔިތުން ވެސް ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

އަދި އުތުރުތިލަފަޅުގައި ދިވެހި ކޯސްޓްގާޑަށް ޑޮކްޔާޑަކާއި ބަނދަރެއް އިންޑިއާ ސަރުކާރުން އަޅައިދެނީ ހަތިޔާރާއެކު އިންޑިއާ ސިފައިން އެތަނުގައި ތިބެވޭ ގޮތަށް ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

އޭގެ އިތުރުން، ހދ. ހަނިމާދޫގެ އެއާޕޯޓު ތަރައްގީކުރާއިރު އެތަނުގައި އިންޑިއާގެ ވައިގެ ސިފައިން ތިބޭނެ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

ނަމަވެސް، އެ ތުހުމަތުތައް ސަރުކާރުގެ އިތުރުން އެމްއެންޑީއެފުން ވެސް ވަނީ ދޮގުކޮށްފަ އެވެ.

އަދި ބޭރު އެއްވެސް ގައުމެއްގެ ސިފައިން ދާއިމީކޮށް ދިވެހި ފަސްގަނޑުގައި ނުތިބޭނެ ކަމުގެ ޔަގީންކަން ވެސް ދީފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox