އެސްޓީއޯއިން ކޯނޭ އެސްކަލޭޓާ ތައާރަފުކޮށްފި

ހުޅުމާލޭގައި ހަދާ އެސްޖޭ މޯލްގައި ކޯނޭ އެސްކަލޭޓަ ހަރުކުރުމަށް އެ ކުންފުންޏާއި އެސްޓީއޯއާ ދެމެދު މިއަދު ސޮއިކުރުމަށް ފަހު، ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: އެސްޓީއޯ

ހުޅުމާލޭގައި ހަދާ އެސްޖޭ މޯލްގައި ކޯނޭ އެސްކަލޭޓަ ހަރުކުރުމަށް އެ ކުންފުންޏާއި އެސްޓީއޯއާ ދެމެދު މިއަދު ސޮއިކުރުމަށް ފަހު، ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: އެސްޓީއޯ

ލިފްޓް އަދި އެސްކެލޭޓާ މާކެޓުގައި ދުނިޔޭގެ އެންމެ މަގްބޫލު އެއް ބްރޭންޑްކަމުގައިވާ "ކޯނޭ" ލިފްޓު ރާއްޖޭގެ މާކެޓުގައި ބޮޑު މަގްބޫލު ކަމެއް ހޯދުމަށްފަހު، އެ ބްރޭންޑުގެ އެސްކެލޭޓަ ވެސް އެސްޓީއޯއިން ތައާރަފުކޮށްފިއެވެ.

ކޯނޭ އެސްކެލޭޓާ އެންމެ ފުރަތަމަ ހަރުކުރާނީ އެސްޖޭ ކޮންސްޓްރަކްޝަންއިން ހުޅުމާލޭގައި ހަދަމުންގެންދާ އެސްޖޭ ޝޮޕިން މޯލްގައި ކަމަށާއި އެކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކުރެވިފައިވާ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމަންއެވެ. އެސްޖޭ ކޮންސްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރު ޝިހާދު އިބްރާހިމްއެވެ.

ފިންލޭންޑްގެ އުފެއްދުމެއްކަމަށްވާ "ކޯނޭ" އެސްކެލޭޓާއަކީ ރައްކާތެރި އަދި ތިމާވެއްޓާއި ރަހުމަތްތެރި އުފެއްދުމެކެވެ. 2020 ވަނަ އަހަރު "ފޯބްސް"އިން ހޮވާ އެންމެ ވަރުގަދަ ކުންފުނިތަކުގެ ތެރޭގައި ހިމެނިފައިވާ "ކޯނޭ"ގެ ޕްރޮޑަކްޓްތަކަކީ ރާއްޖޭގެ ގިނަ ކޮންޓްރެކްޓަރުންނާއި އިންޖިނިއަރުންގެ އިތުބާރު ލިބިފައިވާ އުފެއްދުންތަކެކެވެ. މިޕްރޮޑަކްޓަކީ ISO 14001 ސޭފްޓީ މިންގަނޑުތަކުގައި ހިމެނުމުގެ އިތުރުން، އެންޓި ރައިޑް / އެންޓި ސާފް ބެރިޔަ އަދި ބަލުސްޓްރޭޑް އެކްސްޓެންޑްކޮށް، ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ އުފެއްދުމެއްވެސް މެއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ގްރީން އެވޯޑްތަކެއް ހޯދާފައިވާ "ކޯނޭ" ބްރޭންޑްގެ އެސްކެލޭޓާގައި ހިމެނޭ ތިމާވެއްޓާ ރަހުމަތްތެރި ކަންތައްތަކުގެ ތެރޭގައި ހައި-ސްޕީޑް މޯޓަ ބޭނުންކޮށް ފުލް ސްޕީޑުގައި ކަރަންޓް ބޭނުންކުރެވޭ މިންވަރު ކުޑަ ކޮށްދިނުމާއި، ލުބްރިކޭޝަން-ފްރީ ސްޓެޕް ޗެއިން ބޭނުންކުރުމުގެ އިޚްތިޔާރު ލިބި، ތެޔޮ ބޭނުން ނުކޮށް އެސްކަލޭޓާ ސާފުކުރެވި، ފަސޭފައިން މެއިންޓެއިންކުރުމަށް މަގުފަހި ކުރެވުން ހިމެނެއެވެ. ދެމެހެއްޓެނިވި ލެޑް ލައިޓް އިން 80 ޕަސެންޓާ ހަމައަށް ކަރަންޓު ހަރަދު ކުޑަކޮށްދެއެވެ. މީގެ އިތުރުން އީކޯ-އެފިޝަންޓް އޮޕަރޭޝަނަލް މޯޑުގައި އެސްކަލޭޓާ އޮޕަރޭޓްކުރެވުންވެސް ހިމެނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox