އިޒްރޭލް ބޯޓަށް ދިން ހަމަލާއާ ގުޅިގެން އިރާނަށް ފިޔަވަޅު އަޅަން އދ. އަށް ބާރު އަޅަނީ

އެމެރިކާ އަދި ފްރާންސްގެ އަސްކަރީ ބޯޓުތައް އަރަބި ކަނޑުގައި.-- ފޮޓޯ: އޭއެފްޕީ

އެމެރިކާ އަދި ފްރާންސްގެ އަސްކަރީ ބޯޓުތައް އަރަބި ކަނޑުގައި.-- ފޮޓޯ: އޭއެފްޕީ

ގުދުސް (ޖުލައި 31) - އިޒްރޭލުގެ ބިލިއަނަރަކު މެނޭޖު ކުރާ ބޯޓަކަށް ދިން ޑްރޯން ހަމަލާގެ ފަހަތުގައި ވަނީ އިރާން ކަމަށް ތުހުމަތުކޮށް އދ. އިން އެ ގައުމާ މެދު ފިޔަވަޅު އަޅަން އިޒްރޭލުން ބާރު އަޅަން ފަށައިފި އެވެ.

އެމްޓީ މާސާ ސްޓްރީޓް ޓޭންކަރު ބޯޓަށް ހަމަލާ ދިނީ މިދިޔަ ބުރާސްފަތި ދުވަހު އުތުރު އިންޑިއާ ކަނޑުގައި އޮއްވަ އެވެ. ހަމަލާގައި ދެ ކްރޫ މެމްބަރަކު މަރުވި އެވެ. އެމެރިކާއިން ބުނެފައި ވަނީ އެއީ "ޑްރޯން ސްޓައިލް" ހަމަލާއެއް ކަމަށެވެ.

ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން މިހާތަނަށް އުފުލާފައެއް ނުވެ އެވެ. ނަމަވެސް މެރިޓައިމް އިންޑަސްޓްރީގެ އެނެލިސްޓް، ޑްރަޔަޑް ގްލޯބަލް ކުންފުނިން ބުނީ މި ހަމަލާގައި އިޒްރޭލާއި އިރާނުގެ "ހިޔަނި ހަނގުރާމައިގެ" ނިޝާންތައް ވާ ކަމަށެވެ.

ހުކުރު ދުވަހު އިޒްރޭލުގެ ފޮރިން މިނިސްޓަރު ޔެއާ ލެޕިދް ވިދާޅުވީ "އިރާނުގެ ޓެރަރިޒަމާ ދެކޮޅަށް އދ. މެދުވެރިކޮށް ފިޔަވަޅު އެޅުމަށް ޔަހޫދީ ޑިޕްލޮމެޓުން މަސައްކަތް ފަށައިފި" ކަމަށެވެ.

"ވޮޝިންޓަނާއި ލަންޑަން އަދި އދ. ގައި ހުންނަ އެމްބަސީއަށް އަޅުގަނޑު އަންގައިފިން އދ. ގެ މައި އޮފީހުގެ ކަމާ ގުޅޭ ވަފުދުތަކާ އެކު މި މައްސަލައިގެ މަސައްކަތް ކުރަން،" ޓްވިޓާ މެދުވެރިކޮށް އޭނާ ވިދާޅުވި އެވެ.

"އިރާނަކީ ހަމައެކަނި އިޒްރޭލަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫން. އެކަމަކު އެއީ ޓެރަރިޒަމާއި ހަމަނުޖެހުން އެކްސްޕޯޓުކޮށް ހުރިހާ އެންމެންނަށް ގެއްލުންދެމުންދާ ގައުމެއް."

ލެޕިދް ވިދާޅުވީ އިނގިރޭސި ފޮރިން މިނިސްޓަރު ޑޮމިނިކް ރާބް އާއެކު މަޝްވަރާ ކުރެއްވި ކަމަށެވެ. ބޯޓަށް ދިން ހަމަލާގައި މަރުވި ދެ މީހުންގެ ތެރެއިން އެކަކަކީ އިނގިރޭސި ރައްޔިތެކެވެ.

ލަންޑަނުގައި ހުރެގެން ބޯޓު އޮޕަރޭޓް ކުރާ ޒޯޑިއެކް މެރީޓައިމް ކުންފުނިން ބުނީ ދެން މަރުވީ ރޫމޭނިއާގެ ރައްޔިތެއް ކަމަށެވެ. ބޯޓު އޮޕަރޭޓް ކުރާ ކުންފުނީގެ ވެރިޔާއަކީ އިޒްރޭލުގެ ބިލިއަނަރު އިޔާލް އޯފާ އެވެ.

މާސާ ސްޓްރީޓް ބޯޓަކީ ތެލު އުފެއްދުންތައް ބަރުކޮށްގެން ދަތުރު ކުރާ ޓޭންކަރެކެވެ. ހަމަލާ ދިން އިރު އޭތި ދަތުރު ކުރަމުން ދިޔެއީ ޓެންޒޭނިއާގެ ދާރުއްސަލާމުން ޔޫއޭއީގެ ފުޖައިރާ އަށެވެ. ނަމަވެސް އޭރު އޭގައި އެއްވެސް މުދަލެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox