ލޯ މެޑަލް މެޗުން ބަލިވިއިރު ޖޮކޮވިޗްގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ

Jul 31, 2021, 4:44 PM
ލޯ މެޑަލް މެޗުން ބަލިވިއިރު ޖޮކޮވިޗްގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ

ޓޯކިޔޯ (ޖުލައި 31) - އޮލިމްޕިކްސް ޓެނިސް އިވެންޓްގެ ލޯ މެޑަލް މެޗުގައި މިއަދު ދުނިޔޭގެ އެއް ވަނަ ފިރިހެން ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް ބަލިވިއިރު، މެޗުގެ މެދުން ހިތްހަމަނުޖެހިގެން އޭނާ ގެންގުޅުނު ރެކެޓް ހަލާކުކޮށްލައިފި އެވެ.

މި ފަހަރުގެ އޮލިމްޕިކްްސް އަށް ޖޮކޮވިޗް ކުރިމަތިލިއިރު، މި އަހަރުގެ މިހާތަނަށް ބޭއްވި ތިން ގްރޭންޑް ސްލޭމް މުބާރާތުގެ ޗެމްޕިއަނަކީ އޭނާ އެވެ. ޖޮކޮވިޗްގެ އަމާޒުހުރީ މި ފަހަރުގެ އޮލިމްޕިކްސް އިން ރަން މެޑަލެއް ހޯދައި ކުރިއަށް އޮތް ޔޫއެސް އޯޕަން ކާމިޔާބުކޮށް ރަން ކާމިޔާބެއް ހޯދާށެވެ.

އެކަމަކު، އިއްޔެ ސެމީ ފައިނަލުން ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް އަތުން ބަލިވެ، ކެޓީ އެވެ. އެ ނަތީޖާއާ އެކު އެއް އަހަރެއްގެ ހަތަރު ގްރޭންޑް ސްލޭމް އާއި އޮލިމްޕިކްސްގެ ރެކޯޑް ހަދައި، ރަން ކާމިޔާބެއް ހޯދަން ޖޮކޮވިޗް ދެކުނު ހުވަފެނަށް ނިމުން އައީ އެވެ. ހަތަރު ގްރޭންޑް ސްލޭމާއި އޮލިމްޕިކް ރަން މެޑަލް އެއް އަހަރު ތެރޭ ހޯދުމުގެ ރެކޯޑް މިހާތަނަށް ހާސިލްކުރީ 1988 ވަނަ އަހަރު ޖަރުމަނުގެ ސްޓެފީ ގްރާފް އެވެ.

Advertisement

މިއަދު ކުޅުނު ތިން ވަނަ ހޮވާ މެޗުގައި ސްޕެއިނުގެ ޕަބްލޯ ކާރޭނިއޯ އަތުން ޖޮކޮވިޗް ބަލިވިއިރު، މެޗުގެ މެދުން ޖޮކޮވިޗް ވަނީ ހިތްހަމަނުޖެހިގެން ދެ ފަހަރެއްގެ މަތިން ވަނީ ރެކެޓް އެއްލާލައިފަ އެެވެ. ދެ ވަނަ ފަހަރު ރެކެޓް އެއްލާލުމުން ރެކެޓް ހަލާކުވެސްވި އެވެ. އެކަމަކު އަމްޕަޔަރު ޖޮކޮވިޗްގެ ޕޮއިންޓް އުނިކުރަން ނުނިންމުމުން ކާރޭނިއޯ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެެވެ.

ޖޮކޮވިޗް ދެ ވަނަ ފަހަރަށް ރެކެޓް އެއްލާލަނީ.-- ފޮޓޯ: އޭއެފްޕީ

ތަފާތު މޮޅު ކުޅުމެއް ދައްކައި ކާރޭނިއޯ މެޗުން މޮޅުވިއިރު، ސެޓުތައް ދިޔައީ 6-4 6-7 (6-8) 6-3 އިންނެވެ.

މިއީ ކާރޭނިއޯއާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން ޖޮކޮވިޗްގެ ފަރާތުން މި ފަދަ އަމަލެއް ފެނުނު ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ޔޫއެސް އޯޕަންގެ މެޗެއްގެ ތެރެއިން ކަރޭނިއޯއާ ދެކޮޅަށ ބަލިވެފައި އޮއްވައި ޖޮކޮވިޗް ޖީބުން ބޯޅަ ނެގުމަށް ފަހު ހިތްހަމަނުޖެހިފައި ހުރެ، އޭނާ ބޭރަށް ފޮނުވާލި ބޯޅަ އަމާޒުވީ އަންހެން ލައިން ޖަޖެއްގެ ކަރަށެވެ. ގިނައިރުތަކެއް ވަންދެން އަމްޕަޔަރުން މި މައްސަލައިގައި މަޝްވަރާ ކުރުމަށް ފަހު ނިންމީ ޖޮކޮވިޗް މުބާރާތުން ޑިސްކޮލިފައި ކުރުމަށެވެ.

މިއަދުގެ މެޗުގައި ޖޮކޮވިޗްގެ ފަރާތުން ފެނުނު ކަންތައްތަކާ ބެހޭގޮތުން އޭނާ ބުނީ ޖަޒުބާތުގައި ޖެހިގެން އެ ފަދަ ކަންކަން މީގެ ކުރިން ވެސް ކުރެވިފައި އެބަހުރި ކަމަށެވެ. އަދި މިއަދުގެ މެޗުގައި ވެސް އެގޮތަށް ދިމާވީ ކަމަށް ބުންޏެވެ.

"އަހަރެމެންނަކީ އިންސާނުން އެހެންވީމަ މި ކަހަލަ ކަންކަން ކުރެވޭނެ. މިއީ އަހަރެން މި ގޮތަށް ދައްކަން ބޭނުންވާ ވާހަކައެއް ނޫން. އެކަމަކު މި ފަދަ ކަމެއް މިހެންވީމަ މައާފަށް އެދެން،" ޖޮކޮވިޗް ބުންޏެވެ.

ޖޮކޮވިޗް ވަނީ މިއަދު އޭނާ ކުޅެން އޮތް މިކްސް ޑަބަލްސްގެ ލޯ މެޑަލް މެޗުން ވަކިވެފަ އެވެ. އެއީ ވާތު ކޮނޑަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ. އެހެންވެ، މި ފަހަރުގެ އޮލިމްޕިކްސް ޖޮކޮވިޗަށް ނިމުނީ އެއްވެސް މެޑަލެއް ނުލިބި އެވެ.

އުމުރުން 33 އަހަރުގެ ޖޮކޮވިޗް ބުނީ މެޑަލެއް ނުހޯދައި އެނބުރި ގައުމަށް ދާން ޖެހުމަކީ ހިތާމައެއް ކަމަށާއި އެކަމަކު އޮލިމްޕިކްގައި ކުޅެވުމަކީ އަބަދުވެސް އޭނާ އަށް ފަހުރެއް ކަމަށެވެ.

"އިއްޔެ އާއި މިއަދު މި ފެނުނީ އަހަރެންގެ އެންމެ ރަނގަޅު ޓެނިހެއް ނޫން. މިއީ ވަރުބަލިވެގެން ދިމާވި ކަމެއް. މެންޓަލީ އަދި ފިޒިކަލީ ވަރަށް އުނދަގޫ ޗެލެންޖެއް މިއީ،" ޖޮކޮވިޗް ބުންޏެވެ.

"އަހަރެންގެ އުއްމީދަކީ ތިން އަހަރު ފަހުން ޕެރިހުގައި ބާއްވާ އޮލިމްޕިކްސްގައި ވާދަކުރުން. ގައުމަށްޓަކައި މެޑަލެއް ހޯދުމުގެ މަސައްކަތް އަބަދު ވެސް ކުރަން. މި ފަަހަރު އެކަން ނުވީތީ ގައުމުގެ ސަޕޯޓަރުން ކިބައިން މައާފަށް އެދެން،"

އޮލިމްޕިކްސްގައި މިހާތަނަށް ޖޮކޮވިޗްގެ ކާމިޔާބީ އަކީ 2008 ވަަނަ އަހަރު ބެއިޖިންގައި ބޭއްވި އޮލިމްޕިކްސްގެ ފިރިހެން ސިންގަލްސް އިން ލޯ މެޑަލެއް ހާސިލްކުރެވުމެވެ. އޭގެ ފަހުން ލަންޑަންގައި 2012 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގެ ސެމީގައި ސްކޮޓްލެންޑްގެ އެންޑީ މަރީ އަތުން ބަލިވެ، ލޯ މެޑަލް މެޗުން އާޖެންޓީނާގެ ހުއާން މާޓިން ޑެލް ޕޮޓްރޯ އަތުން ވެސް ޖޮކޮވިޗަށް ޖެހުނީ ނާކާމިޔާބީއާ ކުރިމަތިލާށެވެ. މީގެ ފަސް އަހަރު ކުރިން 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ބޭއްވި އޮލިމްޕިކްސް އިން ވެސް ޖޮކޮވިޗް ކެޓީ ޑެލް ޕޮޓްރޯ އަތުންނެވެ. އެއީ ފުރަތަމަ ބުރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox