ކޯޓުގެ ނިންމުމާ އެކު ސުޕަ ލީގަށް އުއްމީދެއް

Jul 30, 2021, 6:32 PM
ސްޕެނިޝް ލީގުގެ ކުރީގެ މެޗެއްގެ ތެރެއިން ބާސެލޯނާގެ ރައީސް ލަޕޯޓާ (ވ) އާއި ރެއާލްގެ ރައީސް ޕެރޭޒް.-- ފޮޓޯ: އޭއެފްޕީ

ސްޕެނިޝް ލީގުގެ ކުރީގެ މެޗެއްގެ ތެރެއިން ބާސެލޯނާގެ ރައީސް ލަޕޯޓާ (ވ) އާއި ރެއާލްގެ ރައީސް ޕެރޭޒް.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (ޖުލައި 30) - މެޑްރިޑްގެ ކޯޓަކުން ޔޫރަޕިއަން ސުޕަ ލީގުގެ ފައުންޑަ ކްލަބްތަކާ އެއްކޮޅަށް ނިންމި ނިންމުމާ އެކު މި ވަގުތު އެ ލީގުގައި އޮތް ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ޔުވެންޓަސް އިން ސުޕަ ލީގުގެ މަސައްކަތް ދިފާއުކޮށް ބަޔާނެއް ނެރެފި އެވެ.

މިދިޔަ އޭޕްރީލް މަހު 18 ވަަނަ ދުވަހު 12 ކްލަބާ އެކު ސުޕަ ލީގު އިއުލާނުކުރި ނަމަވެސް އެކި ފިއްތުންތަކާ ހުރެ 72 ގަޑިއިރު ވެސް ނުވަނީސް އޭގެ ތެެރެއިން ނުވަ ޓީމެއް ވަނީ އެ ލީގުން ވަކިވެފަ އެވެ.

ސުޕަ ލީގުން ވަކިވި ކްލަބްތަކަކީ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ، ލިވަޕޫލް، އާސެނަލް، ޓޮޓެންހަމް، ޗެލްސީ އިޓަލީގެ އޭސީ މިލާނާއި އިންޓަ މިލާން އަދި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އެވެ. ލީގުން ވަކިނުވާން ސާބިތުކަންމަތީ ދެމި އޮތީ ރެއާލާއި ބާސެލޯނާ އަދި ޔުވެންޓަސް އެވެ.

މެޑްރިޑްގެ ކޯޓުން ސުޕަ ލީގުގެ ކްލަބްތަކާ އެއްކޮޅަށް މިއަދު ނެރުނު އަމުރާ އެކު ޔުވެންޓަސް އާއި ބާސެލޯނާ އަދި ރެއާލުން ނެރުނު ބަޔާންތަކުގައި ހިމެނެނީ ގާތްގަނޑަކަށް އެއް ވާހަކަތަކެކެވެ. ރަސްމީ އިދާރާތަކާ ގުޅިގެން ސުޕަ ލީގު ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަށެވެ. އަދި މިއީ ފުޓްބޯޅައިގެ ހުރިހާ ސްޓޭކްހޯލްޑަރުންގެ (ހިއްސާދާރުންގެ) ރުހުމާ އެކު ފުޓްބޯޅައިގެ މުސްތަގުބަލަށްޓަކައި ކުރިއަށް ގެންދަން ޖެހޭ މުބާރާތެއް ކަމަށް އެ ކްލަބްތަކުން ވަނީ ބުނެފަ އެވެ.

މެޑްރިޑް ކޯޓުން ސުޕަ ލީގުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށް ނިންމި ނިންމުން އިތުރަށް ރިވިއުކުރާނީ ލަކްސުމްބާގްގައި ހުންނަ ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސް އިންނެވެ. އެ ކޯޓުން ގޮތެއް ނިންމުމުގައި މިކަމާ ބެހޭގޮތުން ވަރަށް ފުޅާދާއިރާއެއްގައި ދިރާސާކުރާނެ އެވެ. އަދި އެ އަށް ފަހު އެ ކޯޓުގެ ނިންމުން ޔުއެފާ އަށް ހިއްސާކުރާނެ އެވެ.

ސުޕަ ލީގާ ދެކޮޅަށް އެންމެ ފުރަަތަމަ ފިޔަވަޅު އެޅީ ޔުއެފާ އިންނެވެ. ޔުއެފާ އިން ދިން އަދަބަކީ ސުޕަ ލީގުން ވަކިވި ހުރިހާ ޓީމެއް އެކުވެގެން 13.4 މިލިއަން ޕައުންޑްގެ ޖޫރިމަނާއެއް ދެއްކުމެވެ. އޭގެ އިތުރުން އެއް ސީޒަން ވަންދެން މި ކްލަބްތަކަށް ޔުއެފާ މެދުވެރިކޮށް ލިބޭ ފައިސާގެ ފަސް ޕަސެންޓް ޔުއެފާ އަށް ނެގުމެވެ. އަދި މުސްތަގުބަލުގައި މި ފަދަ ޔުއެފާގެ އުސޫލާ ހިލާފު ޕްރޮޖެކްޓްތަކުގައި ބައިވެރިވެއްޖެނަމަ 100 މިލިއަން ޕައުންޑްގެ ޖޫރިމަނާއެއް އަންނާނެކަން އަންގާފައިވެ އެވެ.

އޭގެ ފަހުން ސުޕަ ލީގުގައި ބައިވެރިވި އިނގިރޭސި ހަ ޓީމަށް ވެސް ވަނީ އަދަބު ދީފަ އެވެ. އިނގިރޭސި އެފްއޭ އިން އެ ގައުމުގެ ހަ ކްލަބަށް ދިން އަދަބަކީ ހުރިހާ ކްލަބެއް އެކުވެގެން 21 މިލިއަން ޕައުންޑް ދެއްކުމަށެވެ. އެއީ ކޮންމެ ކްލަބަކުން 3.5 މިލިއަން ޕައުންޑެވެ.

ސުޕަ ލީގުގައި ދެމި އޮތް ތިން ޓީމަށް ޔުއެފާ އާއި އެ ގައުމުތަކުުގެ ފުޓްބޯޅަ ލީގުތަކުގެ ބޯޑުން ތަކުރާރުކޮށް އިންޒާރުތައް ދިން ނަމަވެސް މަސައްކަތް ހުއްޓާނުލާނެކަން ވަނީ އަންގައިފަ އެވެ. އެގޮތުން ޔުވެންޓަސް އިޓާލިއަން ލީގުން ވަކިކުރުމުގެ އިންޒާރާއި ބާސެލޯނާ އާއި ރެއާލް ލަލީގާ އިން ވަކިކުރާން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުނެެވެ.

ސުޕަ ލީގުގެ ދިފާއުގައި އެ ލީގުގެ ޗެއާމަން އަދި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ގިނަ އިންޓަވިއުތަކެއް ދެއްވައިފަ އެވެ. އަދި ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ވެސް ވަނީ ސުޕަ ލީގަކީ މުސްތަގުބަލަށް ބަލާއިރު، ރަނގަޅު ޕްރޮޖެކްޓަކަށް ވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ސްޕެއިނުގެ ރޭޑިއޯ އަކަށް ޕެރޭޒް މީގެ ކުރިން ވިދާޅުވީ ސުޕަ ލީގުން ވަކިވި ކަމަށް އިއުލާނުކުރި ނުވަ ޓީމު އެ ޕްރޮކެޓް ފަށާއިރު އަލުން ބައިވެރިވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ފްރާންސްގެ ލެކިއުޕޭ ނޫހަށް ދިން އިންޓަވިއުއެއްގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ޔުއެފާ އާއި ފީފާއާ ދެކޮޅަށް ފަށަން އުޅުނު ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވި ޓީމުތަކަށް އަދަބު ދިނުމަކީ ހައްލެއް ނޫން ކަމަށެވެ. އެއީ ކްލަބަށް އަދަބު ދިނުމަކީ އެ ޓީމެއްގެ ކުޅުންތެރިންނާއި ސްޓާފުން އަދި ސަޕޯޓަރުންނަށް ވެސް ދެވޭ އަދަބެއް ކަމަށާއި އެހެންވެ، މީގެ އެންމެ ރަނގަޅު ގޮތަކީ ހުރިހާ ފަރާތެއް މަޝްވަރާކޮށްގެން ހައްލެއް ހޯދުން ކަމަށް އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox