ޖޮކޮވިޗްގެ ރަން ކާމިޔާބީގެ ހުވަފެން ނިމުމަކަށް

Jul 30, 2021, 12:22 PM
އޮލިމްޕިކްސް މެޗުގެ ތެރެއިން ޖޮކޮވިޗް.-- ފޮޓޯ: އޭއެފްޕީ

އޮލިމްޕިކްސް މެޗުގެ ތެރެއިން ޖޮކޮވިޗް.-- ފޮޓޯ: އޭއެފްޕީ

ޓޯކިޔޯ (ޖުލައި 31) - ޖަޕާނުގެ ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ޓެނިސް އިވެންޓްގެ ފިރިހެން ސިންގަލްސް ސެމީ ފައިނަލުން ކަޓައި ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް، މި ފަހަރުގެ ޓެނިސް ސީޒަނުގައި ރަން ކާމިޔާބީ ހޯދަން ދެކެމުން އައި ހުވަފެން ނިމުމަކަށް އަތުވެއްޖެ އެވެ.

ޓެނިސް ކަލަންޑަރުގައި މިހާތަނަށް މި އަހަރުގެ މިހާތަނަށް ތިން ގްރޭންޑް ސްލޭމް ތަށި ވެސް ކާމިޔާބުކުރީ ޖޮކޮވިޗް އެވެ. ގްރޭންޑް ސްލޭމްގެ ފުރިހަމަ ރެކޯޑާ އެކު ޖޮކޮވިޗް މި ފަހަރުގެ އޮލިމްޕިކްސް އަށް ނުކުތީ އެއް އަހަރެއްގެ ހަތަރު ގްރޭންޑް ސްލޭމް އާއި އޮލިމްޕިކްސްގެ ރެކޯޑް ހަދާށެވެ. އެ ރެކޯޑް މިހާތަނަށް ހާސިލްކުރީ 1988 ވަނަ އަހަރު ޖަރުމަނުގެ ސްޓެފީ ގްރާފް އެވެ.

މި ފަަހަރުގެ އޮލިމްޕިކްސްގެ ފިރިހެން ސިންގަލްސް އިވެންޓްގެ ސެމީ ފައިނަލުގައި މިއަދު ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް އަތުން ބަލިވެ، ޖޮކޮވިޗްގެ ރަން ކާމިޔާބީގެ ހުވަފެނަށް ނިމުން އައީ އެވެ. ޒްވެރެވް އަތުން ޖޮކޮވިޗް ފުރަތަމަ ސެޓު ގެންދިޔަ އެވެ. އެކަމަކު ފަހަތުން އަރައި ޒްވެރެވް މޮޅުވީ މޮޅު ކުޅުމެއް ދައްކައިގެންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 1-6 6-3 6-1 އިންނެވެ.

Advertisement

އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި ޒްވެރެވް ނުކުންނާނީ ރަޝިއާގެ ކޭރެން ކަޗަނޯފާ ދެކޮޅަށެވެ. ޒްވެރެވް އަކީ 2000 ވަނަ އަހަރަށް ފަހު އޮލިމްޕިކްސްގެ ޓެނިސް ފައިނަލުގައި ކުޅޭނެ ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާ އެވެ.

ލޯ މެޑަލް މެޗުގައި ޖޮކޮވިޗް ބައްދަލުކުރާނީ ސްޕެއިނުގެ ޕަބްލޯ ކާރޭނިއޯއާ އެވެ. އޮލިމްޕިކްސްގައި މިހާތަނަށް ޖޮކޮވިޗްގެ ކާމިޔާބީ އަކީ 2008 ވަަނަ އަހަރު ބެއިޖިންގައި ބޭއްވި އޮލިމްޕިކްސްގެ ފިރިހެން ސިންގަލްސް އިން ލޯ މެޑަލެއް ހާސިލްކުރެވުމެވެ.

ދެން އޮލިމްޕިކްސްގައި ޖޮކޮވިޗްގެ ރެކޯޑަށް ބަލާއިރު، ލަންޑަންގައި 2012 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގެ ސެމީގައި ސްކޮޓްލެންޑްގެ އެންޑީ މަރީ އަތުން ބަލިވެ، ލޯ މެޑަލް މެޗުން އާޖެންޓީނާގެ ހުއާން މާޓިން ޑެލް ޕޮޓްރޯ އަތުން ވެސް ޖޮކޮވިޗަށް ޖެހުނީ ނާކާމިޔާބީއާ ކުރިމަތިލާށެވެ. މީގެ ފަސް އަހަރު ކުރިން 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ބޭއްވި އޮލިމްޕިކްސް އިން ވެސް ޖޮކޮވިޗް ކެޓީ ޑެލް ޕޮޓްރޯ އަތުންނެވެ. އެއީ ފުރަތަމަ ބުރުގަ އެވެ.

މި ފަހަރުގެ އޮލިމްޕިކްސްގެ މިކްސް ޑަބަލްސް ބައިން ރަން މެޑަލް ހޯދުމުގެ ފުރުސަތު ޖޮކޮވިޗަށް އެބައޮތެވެ. ޖޮކޮވިޗާއި ސާބިއާގެ ނީނާ ސްޓޮޔަނޯވިކްގެ ޕެެއާ ކުޅޭ ސެމީ ފައިނަލް މެޗު މިއަދު އޮންނާނެ އެވެ.

ފިރިހެން ސިންގަލްސްގައި ދެން ޖޮކޮވިޗަށް އޮންނާނެ މުބާރާތަކީ އަންނަ މަހުގެ 30 ވަނަ ދުވަހު ފަށާ ޔޫއެސް އޯޕަން މުބާރާތެވެ. މިއީ ގްރޭންޑް ސްލޭމް މުބާރާތެކެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ޖޮކޮވިޗް ހޯދައިިފިނަމަ އޭނާ އަށް ގްރޭންޑް ސްލޭމްގެ ބޮޑު ރެކޯޑް މުގުރާލެވޭނެ އެވެ.

ޓެނިހުގެ އެންމެ މަޝްހޫރު ތިން ކުޅުންތެރިން ކަމަށްވާ ސްޕެއިނުގެ ރަފައެލް ނަޑާލް އާއި ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ އާއި ޖޮކޮވިޗް، ކޮންމެ ކުޅުންތެރިއަކު ވަނީ މިހާތަނަށް ޓެނިހުގެ 20 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox