ހަނިމާދޫގައި ސިފައިންގެ މަރުކަޒު އަޅަން ދަނޑުބިންތަކެއް ހުސްކުރަން އަންގައިފި

ހަނިމާދޫގެ ހިތްފަސޭހަ ސަރަހައްދެއްގައި އަންހެނުންތަކެއް މަޑުކޮށްލައިގެން: އެ ރަށުގައި ސިފައިންގެ މަރުކަޒު އެޅުމަށް ދަނޑުބިންތަކެއް ހުސްކުރަން ވަނީ އަންގައިފައި--

ހަނިމާދޫގެ ހިތްފަސޭހަ ސަރަހައްދެއްގައި އަންހެނުންތަކެއް މަޑުކޮށްލައިގެން: އެ ރަށުގައި ސިފައިންގެ މަރުކަޒު އެޅުމަށް ދަނޑުބިންތަކެއް ހުސްކުރަން ވަނީ އަންގައިފައި--

ހދ. ހަނިމާދޫގައި އެމްއެންޑީއެފްގެ ނޮދަން އޭރިޔާގެ ހެޑްކުއާޓާޒް އެޅުމަށް އެ ރަށުގެ އެއާޕޯޓާ ކައިރިން ގިނަ ދަނޑުބިންތަކެއް ހުސްކުރަން ރަށު ކައުންސިލުން އަންގައިފި އެވެ.

އަންނަ މަހުގެ ނިޔަލަށް ހުސްކުރަން އަންގާފައިވަނީ އެރަށު އަރާމަގާއި ރަންވޭމަގާއި ވަޑައިގެންނެވިމަގުން ކަސްޓަމު އިރުން ދޫކޮށްފައިވާ ދަނޑުތަކެވެ. އެއީ 420،316 އަކަފޫޓުގެ ބިމެކެވެ.

ހަނިމާދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އިބްރާހިމް އަލީ ވިދާޅުވިގޮތުގައި އެ ދަނޑުބިންތަކަކީ 2017 ވަނަ އަހަރު ދެ އަހަރުގެ މުއްދަތަށް މޫސުމީ ދަނޑުވެރިކަން ކުރަން ދޫކުރި ސަރަހައްދެއް ކަމަށާއި އެ ބިންތަކުގައި މިހާރު ދަނޑުވެރިކަން ކުރަމުން ދަނީ އެގްރިމެންޓެއް ނެތި ކަމަށެވެ.

"އަސްލު ހުސްކުރަން އަންގަން ވެސް ނުޖެހޭ. އެއީ މިހާރު އެ ބިމަކީ ހަވާލު ކުރި މުއްދަތު ހަމަވެފައިވާ ތަނެއް. އެހެންވީމައި ބަދަލުގައި އެހެން ބިމެއް ވެސް ދޭކަށް ނުޖެހޭނެ ނޫންތޯ،" އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެ ބިމުގައި މިހާރު ދަނޑުވެރިކަން ކުރަނީވެސް ހައެއްކަ މީހުންނެވެ. އެގްރިމެންޓްގެ މުއްދަތު ހަމަވުމުން ގިނަ މީހުން ވަނީ ދަނޑުވެރިކަން ކުރުން ހުއްޓާލައިފަ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން ސަރުކާރުން ބޭނުންވި ވަރުގެ ބޮޑު ބިމެއް ދޭން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ބަލައި, ކުޑަ ބިމަކަށް ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. އެގޮތަށް އެއްބަސްވީ މިފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެރަށަށް ވަޑައިގެން ރައްޔިތުންނާއި ކައުންސިލްގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހުގަ އެވެ.

ސަރުކާރުން އެދުނީ ސިފައިންގެ މައި މަރުކަޒު އެޅުމަށާއި ސިޓީ ހޮޓަލެއް އެޅުމަށް އެއާޕޯޓާ ދިމާލުން އެރަށު އިރުމަތި ފަރާތު ގޮނޑުދޮށް ހިމެނޭގޮތަށް 853،937 އަކަފޫޓުގެ ބިމެއް ހަމަޖައްސައި ދިނުމަށެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު ފަހުން އެއްބަސްވީ އެ ރަށު އެއާޕޯޓް ސަރަހައްދުން ކަސްޓަމްސްއާ ޖެހިގެން 420،316 އަކަފޫޓުގެ ބިމެއް ރަށު ތެރެއިން ދިނުމަށެވެ.

މިދިޔަ މާޗް މަހު ޕްލޭނިން މިނިސްޓްރީން އެ ރަށު ކައުންސިލަށް ފޮނުވި ސިޓީއެއްގައި އެދިފައިވަނީ އެއާޕޯޓަށް އިތުރު ކުރާ ބިމުގައި ސިފައިންގެ ނޯދާން އޭރިޔާ ހެޑްކުއާޓާސް ވެސް އަޅަން ހަމަޖައްސާފައިވާތީ އެރަށުން 853،937 އަކަފޫޓުގެ ބިމެއް ހަމަޖައްސައި ދިނުމަށެވެ. އެއާއެކު ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ޕެޓިޝަންތައް ހުށަހެޅި އެވެ.

އެހާ ބޮޑު ބިމެއް އެއާޕޯޓް ތަރައްގީކުރަން ދޫކޮށްލާކަށް ރައްޔިތުންނާއި ކައުންސިލުން ބޭނުމެއް ނުވެ އެވެ.

ހަނިމާދޫން ބޮޑު ބިމެއް ހޯދަނީ އިންޑިއާ ސިފައިން ތިބެން ކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކޮށް ބޭރު ގައުމެއްގެ ސިފައިން އެ ރަށުގައި ނުބައިތިއްބާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފަ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އަޕްގްރޭޑް މަސައްކަތް ނިމުމުން އުތުރުގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.

މި މަޝްރޫއަކީ މިހާތަނަށް އުތުރުގެ އަތޮޅެއްގައި އެންމެ ބޮޑު ހޭދައެއް ކޮށްގެން ހިންގާ މަޝްރޫއެވެ. އަދި މި އެއާޕޯޓް ތަރައްގީ ކުރެވުމުން ދިވެހިރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ކުރިމަގު އާރާސްތުކޮށް، ފަތުރުވެރިކަމާއި އިގްތިސާދުގެ މައިދޮރަށް ހަނިމާދު ވެެގެން ދާނެ ކަމަށް ސަރުކާރުން އުއްމީދު ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox